ބޭނުންވާ ތަކެތި: (2 ސާވިންސް)

1 ބޮޑު އާފަލު ނޫނީ މެދު ސައިޒުގެ 2 އާފަލު

2 ޖޯޑުގެ ކިރު

2 މޭޒުމަތީ ސަމުސާ ހަކުރު

12 އާމަންޑް ނުވަތަ ކަޖޫ ނަޓް

އައިސް ކިއުބު

ތައްޔާރު ކުރާނެ ގޮތް:

ރަނގަޅަށް އާފަލު ދޮވުމަށްފަހު ތޮށި މަށާށެވެ. އެއަށްފަހު ފޮތިކޮށް ކޮށުމަށްފަހު އެތަކެތި، މިކްސަރު ތަށި ތެރެއަށް އަޅާލާށެވެ. އެއަށްފަހު، ތަށީގެ ތެރެއަށް ކިރު ޖޯޑުގެ ދެބައިކުޅަ އެއްބައި އަޅާށެވެ. އަދި، އެއަށްފަހު ހަކުރާއި އާމަންޑު ނުވަތަ ކަޖޫ ނަޓުކޮޅުވެސް އަޅާލާށެވެ. އެއަށްފަހު، އާފަލުތަކުގެ ދަށާ ހަމައަށް ކިރުފޮދު ފޯރަންދެން މަޑުކުރާށެވެ. ދެން، ބާކީ ހުރި ކިރުފޮދާއި އައިސް ކިއުބުކޮޅު ތަށި ތެރެއަށް އަޅާލުމަށްފަހު، މިކްސަރުން ރަނގަޅަށް ގިރާލާށެވެ.