ބޭނުންވާ ތަކެތި (6 ސާވިންސް)

10 އަލުވި

200 ގުރާމް ޗީޒް

2 ބޮޑު ފިޔާ (ކޮށާފައި)

ކޮތަނބިރި ފަތްކޮޅެއް (ކޮރިއަންޑާ)

ރަހަ ލާ ވަރަށް ލޮނުކޮޅެއް

½ ސައި ސަމުސާ ތެޅި މިރުސް / މުގުރި މިރުސް

½ ސައި ސަމުސާ ގަރަމް މަސާލާ

ތެޔޮ (ތެލުލުމަށް)

½ ޖޯޑު ފާރޮށި ކުނޑި

ބޭނުންވާ ވަރަކަށް ބިސް (ތަޅާފައި)

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ އަލުވިކޮޅުގެ ތޮށި މަށާލުމަށްފަހު ފެނު ކައްކާށެވެ.

އެއަށްފަހު، ޗީޒްކޮޅު ގާނާލާށެވެ. އަދި، ބޮޑު ތައްޓެއްގެ ތެރެއަށް ޗީޒްކޮޅާއި، ލޮނު، ތެޅި މިރުސް، ގަރަމް މަސާލާ، ފިޔާ އަދި ކޮތަނބިރި ފަތްކޮޅު އަޅާލާށެވެ. ދެން، އޭގެ ތެރެއަށް އަލުވިކޮޅު އަޅާލުމަށްފަހު ރަނގަޅަށް މޮޑެލާށެވެ.

ދެން، އޭގެން ބޯޅަ ހެދުމަށްފަހު، ބިސް ތަޅާފައިވާ ތައްޓެއްގެ ތެރެއަށް ލުމަށްފަހު ނަގާ ފާރޮށި ކުނޑު ހާކާށެވެ. ދެން، ތެޔޮ ތާހުގެ ތެރެއަށް ލުމަށްފަހު ރަނގަޅަށް ތެލުލާށެވެ.