ބޭނުންވާ ތަކެތި (2 ސާވިންސް):

2 ޖޯޑު ކިރު

4 އޮށް ކަދުރު

2 ދޮންކެޔޮވައް (ފިނިކޮށްފައި)

2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ

2 މޭޒުމަތީ ސަމުސާ އާމަންޑް ބަޓަރު

¼ މޭޒުމަތީ ސަމުސާ ފޮނިތޮށި (މުގުރާފައި)

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ މިކްސަރު ތަށީގެ ތެރެއަށް ކިރާއި ކަދުރުކޮޅު އެޅުމަށްފަހު މިކްސަރު ގިރާލާށެވެ. ދެން، އޭގެ ތެރެއަށް ދޮންކެޔޮކޮޅު ފޮތިކޮށް ކޮށާލާފައި އެޅުމަށްފަހު ކޮކޯ ޕައުޑަރު ކޮޅާއި އާމަންށް ބަޓަރުކޮޅު އަދި ފޮނިތޮށިކޮޅު އެޅުމަށްފަހު، ގިރާލާށެވެ. ސްމޫތީ ރަނގަޅަށް އޮލަވަންދެން ގިރަން ސަމާލުކަން ދޭން ވާނެއެވެ.