ޒަމާނަށް އައި ބަދަލުތަކާއި އެކު ތަފާތު އެތައް ރަހަތަކެއް ދިވެހީންގެ ސުފުރާމަތިންވެސް ދަނީ ފެންނަމުންނެވެ. އެކި ޤައުމުތަކުގެ ރަހަތައް ފަސޭހަ ކަމާއި އެކު ދިވެހިންނަށް ލިބެން ހުރި ނަމަވެސް މިހާރުވެސް ދިވެހިންނަށް އެންމެ ކަމުދާ، އެންމެ މީރު ރަހައަކީ ދިވެހި ރަހަތަކެެވެ. ދިވެހި އުފެއްދުންތަކާއި، ދިވެހި ބާވަތްތަކަށް ދިވެހީންގެ ހިތްތަކުގައި އޮތް ލޯބި އެހެން ދެވަނަ ކެއުމަކަށް ނުލިބޭނެކަން ޔަޤީނެވެ.

ފާތުމަތު ލީޒާއަކީ "ލީޒް ކިޗެން" އާއި އެކު އޭނާގެ ބަދިގެއިން ދިވެހިންގެ މޭޒުމައްޗަށް މި ދިވެހި ރަހަތައް ގެނެސްދޭ، ކުޅަދާނަ ކެއްކުންތެރިއެކެވެ. ލީޒް ބުނާގޮތުން އޭނާ އަށް ކެއްކުމުގެ ހުނަރު ދަސްވީ އޭނާގެ މަންމަގެ ފަރާތުންނާއި، އޭނާގެ ކުރީގެ މެއިޑްގެ ފަރާތުންނެވެ. އަބަދުވެސް ބަދިގެ ތެރޭގެ ކަންކަމަށް ޝައުގުވެރިވާކަން ލީޒް ވަނީ ފާހަގަކޮށްފައެވެ.

https://www.facebook.com/103448104810571/posts/134158615072853/

ލީޒް ކިޗެންއިން ހުތް އަނބު ސަމްބޯލް، ތެލުލި ރިހާކުރު އަދި މަސްމިރުސް ލިބެން އެބަހުއްޓެވެ. މިތަކެތި ޕެކެއްގެ ގޮތުގައި އާއި ވަކިވަކި އައިޓަމްތަކެއް ގޮތުގައިވެސް އޭނާ ވިއްކަމުން ދެއެވެ.

ލީޒް "ވަގުތު"އަށް ކިޔާދިން ގޮތުގައި، އެ މަސައްކަތް އޭނާ ފަށަން ނިންމީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދިމާވި ފުރަބަންދުގެ ހާލަތަށް ފަހުގައެވެ.

" މި މަސައްކަތް ފެށީ ފުރަބަންދަށް ފަހު. ދެން ކުރިން ލަންކާގަ އުޅުނީ. ދެން މިހާރު ދެން އަނބުރާ ދިއުމުގެ ވިސްނުމެއް ނެތުމުން ހިތަށް އެރީ ކޮންމެވެސް ކަމެއް ފަށާނީއޭ. ދެން އިރާދަކުރެއްވީތީ ވަރަށް ފީޑްބެކް ރަނގަޅު. އެހެންވެ ހަމަ ރެޖިސްޓްރީވެސް ކޮށްގެން ލީޒް ކިޗެންގެ ނަމުގައި މި މަސައްކަތް ފެށީ." އޭނާ ބުންޏެވެ.

ލީޒް އުފައްދާ ބާވަތްތަކުގެ ތެރޭގައި އެންމެ ތަފާތު އުފެއްދުމަކީ އަނބު ސަންބޯލްއެވެ. އަނބު ސަމްބޯލް އަކީ ލީޒްގެ އަމިއްލަ ރެސިޕީއަކަށް ތައްޔާރު ކުރާ ޕްރޮޑަކްޓަކަށް ވާއިރު، އެއީ ލީޒް ކިޗެންގެ އެންމެ ޑިމާންޑު ބޮޑު އެއް އުފެއްދުންކަންވެސް ފާހަގަކޮށްލަމެވެ.

މީގެ ކުރިން ބިލިމަނގު ސަމްބޯލް އާއި، ބަށި ސަމްބޯލް އާއި ހިކި މަހު ސަމްބޯލްގެ ވާހަކަ ވާނީ އަޑުއަހާފައެވެ. އެކަމަކު އަނބު ސަމްބޯލްއަކީ ދިވެހިންގެ ތެރޭގައި އެހާ ރައްޓެހި ބާވަތެއް ނޫނެވެ. މި ސަމްބޯލްގެ ޚިޔާލު އައިގޮތް ކިޔާދެމުން ލީޒް "ވަގުތު"އަށް ބުނީ އެ ޚިޔާލު އައީ އޭނާ ލަންކާގައި ދިރިއުޅުނު އިރުކަމަށެވެ.

"ލަންކާގައި ހުންނާނެ އަނބުގަހެއް ތިބި ގޭގައި. ދެން ފްރީކޮށް ލިބޭނެ އަނބު. ހިތަށް އެރީ ބިިލިމަގު ކަހަލައެއްޗެހިން ސަމްބޯލް ހަދައޭ. އަނބުން ސަމްބޯލް ހަދާނީއޭ. ދެން މި ހަދައިގެން ކޭއިރު ވަރަށް މީރުވި. އެއީ މި ސަމްބޯލް އައިގޮތަކީ." އޭނާ ކިޔާދިނެވެ.

ލީޒްސް ކިޗެންގެ ރިހާކުރު ތައްޔާރު ކުރަނީ ލީޒްގެ މަންމަ އޭނާ އަށް ކިޔާދިން ރެސިޕީއަކަށެވެ. އެހެންކަމުން މި ރެސިޕީއަކީ ލޮތްބާއި އެކު ގެނެސްދޭ ރެސިޕީއެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އަދި އޭނާގެ މި އުފެއްދުން އެތައް ބަޔަކަށް ވަނީ ކަމުގޮސްފައެެވެ.

"ވަރަށް ޕޮޒިޓިވް ކޮމެންޓްސް ލިބެނީ އިރާދަކުރެއްވީތީ. ލީޒް އަށް ވުރެ ބޮޑެތި މީހުން އެބަ ހުރިބުނެފަ ތިމަންނަމެންގެ މަންމަމެން ހަދާ ރިހާކުރުގެ ރަހައޭ ލަނީ. އެކަކު ދިން ނެގެޓިވް ކޮމެންޓެއް. އެވެސް ކައުންޓް ކުރަން. އޭނައަށް ކަމު ނުދިޔައީ ޕޭސްޓް އަޅާފަ ހުރީމަ. ޕޭސްޓް އެޑް ކުރީމަ ރޮށި ކަހަލަ އެއްޗެއްސާއެކުވެސް ކެވޭނެ. އެހާ ކުޅި ގަދަައެއް ނުވާނެ. ޕޭސްޓް އެޅިމަ ޖެހޭނެ ފްރިޖުގައި ބަހައްޓަން." އޭނާ ބުންޏެވެ.

ލީޒްގެ އުންމީދަކީ އިތުރު ބައެއް މަސައްކަތްތެރިންނާއި އެކު ލީޒް ކިޗެންގެ މަސައްކަތް ފުޅާކުރުމެވެ. ލީޒް ކިޗެންގެ އައިޓަމްތަކަށް ފޭސްބުކް މެދުވެރިކޮށް އޯޑަރު ކުރެވޭނެ އެވެ.

އޭނާ ވަނީ މެލޭޝިޔާގައި ސްކޫލް ސްޕޯޓްސް އެވެންޓުގައި ވެސް ސްޓޯލް ހިންގާފައެވެ. ލީޒްއަކީ ކެއްކުމުގެ އިތުރުން ވެސް ވަރަށް ގިނަ ހުނަރުތައް ދަސްކޮށްފައިވާ ފަރާތެކެވެ. އެގޮތުން އޭނާ ވަނީ ސޮފްޓް ޓޯއިޒް އުފެއްދުމުގެ ތަޖުރިބާވެސް ހާސިލްކޮށްފައެވެ. ހަމައެހެންމެ ބިއުޓީ އެންޑް ކަލްޗާ ކޯހެއްވެސް އޭނާ ވަނީ ފުރިހަމަކޮށްފައެވެ.

މީގެ އިތުރުން ހުސްވަގުތުގައި ފޮޓޯ ނެގުމަކީވެސް އޭނާ ކޮށްއުޅޭކަމެކެވެ.

https://www.facebook.com/1445114532399094/posts/2711236802453521/

ތައުލީމް ހާސިލްކުރުމަށް އޭނާ ވަނީ 8 އަހަރު ލަންކާގައި ހޭދަކޮށްފައެވެ. އަދި މެލޭޝިއާގައި އޭނާ ވަނީ 7 އަހަރު ހޭދަކޮށްފައެވެ.

ލީޒް ވަނީ އޭނަގެ ފިރިމީހާގެ ފަރާތުން މަސައްކަތުގައި ލިބޭ އެއްބާރުލުން ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    ތި އަޅާފައި ތިހުރި ހެދުމުގެ ވައްރަތު ކިޔާލަދީބަލަ!

    47
    7
    • އެއީ...

      އެއީ ބޮލުން އިސްތައްޓެއް ކައްކާ ތަކެއްޗަށް ވެއްޓިދާނެތީ، އިސްތަށިގަނޑުގައ، ރީތި ގޮތަކަށް އޮޅާލާފައިވާ ސްކާފެކެވެ.

      37
      5
  2. މޯޑު

    ކަލޭ ކިތަންމެ ކަޑަ ވިޔަސް އޭނާ ލާނީ އޭނާ ބޭނުންވާ ހެދުން..

    16
    49
    • ޒާހިދު

      އެމީހަކު ބޭނުން އެއްޗެއް އެމީހަކަށް ލައި، ބޮއި، ކައި ހެދިދާނެ. އަދި ކިތަމެ ގިނައިންވެސް މަދުންވެސް. އެކަމަކު ﷲ ސވޢ، އެންގެވި ގޮތަށް ހެނދުން ނާޅާ މީހާގެ ނިކަމެތިކަމާއި، ނުވިސްނޭކަމާއި، ބޮޑާކަމާއެވެ.

      15
      1
  3. ބޯޑު

    މީހަކު އެއްޗެއް އަހާލިއަސް ތިވަރު ވާކަށް ނުވާނެއެއްނު؟

    12
    2
  4. Anonymous

    އޭނާ އަށް ހެޔޮ ވިސްނުން ދެއްވަވާށި