365 ޑޭޒްގެ ދެވަނަ ބައިގެ ވާހަކަ މިދުވަސްވަރު މީޑިއާގައި ވަނީ ވަރަށް ބޮޑަށް ފޯރި ހިފާފައެވެ. 365 ޑޭސްގެ ފުރަތަމަ ބައިން އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދީ ފިލްމްގެ ބަތަލް މައިކެލް މޮރޯންއެވެ. ފިލްމްގެ ސީކުއެލްގެ ތައްޔާރީތައް ކުރިއަށްދާ ވާހަކައާއި އެކު ފޭނުންގެ ސުވާލުތައް މައިކަލް އަށް ވަނީ އޮއްސާލާފައެވެ.

މައިކަލް އިއްޔެ ކުރި އިންސްޓަގްރާމް ލައިވްއެއްގައި ބުނީ 365 ޑޭޒްގެ ސަބަބުން ނިދާ ހޭލި އިރު އޭނާގެ ދުނިޔެ ބަދަލުވެފައިވާ ކަމަށެވެ.

"ބިރުން ހުރީ ފިލްމު ނުހިނގަފާނެތީ. އެކަމު ގަބޫލު ނުކުރިޔަސް މީހުން ރީއްޗޭ ބުނުމަށް ވުރެ އުފާވޭ އޭގެ ލަވަ ރީތިވެގެން ބުނީމަ. އެއީ އޮންސްކްރީނުގައި ކެރެކްޓަރ އަށް ހަޑިވެގެން ހުންނަން އަހަރެން ލަދެއް ނުގަނޭ. ނިދާ ހޭލި އިރު ދުނިޔެ ބަދަލުވެއްޖެ. މިހާރު ހުރިހާ ކަމެއްވެސް ހީވަނީ ބަދަލުހެން. ހުވަފެނެއް ހަގީގަތަކަށްވި ކަހަލަ. މިދިޔަ އަަހަރު އަހަރެންގެ އެކައްޗެއް ވެސް ނެތް. ގާތް މީހަކުވެސް ނެތް. މިހާރު ބަލާބަ." އޭނާ ބުންޏެވެ.

365 ޑޭސްގެ ދެވަނަ ބަޔާއި އެކު އޭނާއަށް އެކި ބްރޭންޑުތަކުގެ އެމްބެސެޑަރުކަން ކުރުމަށް ދަނީ ފުރުސަތު ލިބެމުންނެވެ. އަދި އިތުރު ފިލްމުތަކުން ވެސް އޭނާ އަށް ހުށަހެޅުންތައް އަންނަ ކަމަށް އޭނާ ބުނެއެވެ.

https://www.instagram.com/p/CFSSSbSC8LW/

މައިކަލް ވަނީ އޭނާ އާ ޕްރޮޖެކްޓެއް ފަށަން އުޅޭކަން އިންސްޓަގްރާމްގައި މީގެ ދުވަސްކޮޅެއް ކުރިން އިއުލާންކޮށްފައެވެ.

365 ޑޭސްއަކީ ސިސިލިއަން މާފިއާގެ އިސް މީހެއް ކަމަށްވާ މާސީމޯ، ސޭލްސް ޑިރެކްޓަރަކަށް އުޅޭ އަންހެން ކުއްޖަކު ކިޑްނެޕްކޮށް، އޭނާ ލޯބި ހޯދުމަށް މަސައްކަތް ކުރާ ވާހަކައަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމުގައި މާސީމޯ އެ އަންހެން ކުއްޖާ ހައްޔަރުކޮށް، 365 ދުވަސް ވަންދެން އޭނާ އާއި އެކު އުޅުމަށާ، އެ ދުވަސްތަކުގެ ތެރޭގައި އޭނާދެކެ އެ އަންހެން ކުއްޖާ ލޯބި ނުވެއްޖެ ނަމަ ދޫކޮށްލާނެކަމަށް ބުނެއެވެ.

އިޓަލީއަށް ނިސްބަތްވާ މި ބަތަލަކީ ޕޮލިޝް ފިލްމް 365 ޑޭސްގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯތަކުގެ ސަބަބުން އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ ފަންނާނެކެވެ.

ގިނަ ބަޔަކަށް އޭނާ ރީތިވެގެން އެ ވާހަކަދައްކަމުން ދާއިރު، ކޮންމެވެސް ވަރަކަށް ލަވަވެސް ކިޔާ މައިކެލްގެ އަޑު ކަމުދާ އެތައް ބަޔަކު އެބަތިއްބެވެ.

އެގޮތުން އޭނާ ކިޔާފައިވާ ކަވަރ ލަވަ ފީލް އިޓް/ ހަރޑް ފޯރ މީ/ވޭޑައުން އަށް އެތައް ހާސް ވިއުސްއެއް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެންޓި ފެމިނިޒަމް 🤬

    މިފަދަ ނުބައި މީހުންގެ ވާހަކަ ނުގެނެސްދިނުން އެދެން 😡

    22
    5
  2. Anonymous

    ފާހިޝް ފިލްމުތައް ކުޅޭ ބޭރު އެކްޓަރުންގެ ހަބަރުތައް ފަށުވި އިބާރާތްތަކުން ގެނެސްދީފަ ދިވެހި ފަންނާނުން ވީމަ ބަދުނާމު ކުރާފަދަ ގޮތަކަށް ހަބަރުތައް ގެނެސްދިނުން. ވަރަށް ދެރަ ކަމެއް!!!!