އެކުއޭޑޯއަށް ނިސްބަތްވާ މި ދެމަފިރިންނަކީ މިހާރު ދުނިޔެއިން އެންމެ ގިނަ ދުވަސްވީ ކައިވެނިކޮށްގެން އުޅޭ ދެމަފިރިންނެވެ. އެކަން މިހާރު ގައިނެސް ރެކޯޑް ފޮތުންވެސް ވަނީ ފާހަގަކޮށްފައެވެ.

އުމުރުން 110 އަހަރުގެ ޖޫލިއޯ މޯރާ އާއި 104 އަހަރުގެ ވަލްޑްރަމީނާ ކުއިޓެރޮސް، އުމުރު އެކުގައި ބަލާނަމަ މިހާރު 215 އަހަރުވެއްޖެ އެވެ. މި ދެ މީހުން ކައިވެނިކޮށްފައި ވަނީ 1941 ވަނަ އަހަރު އެވެ. އެއިރުން ފެށިގެން ދެ މީހުން އުޅެމުް ގެންދަނީ އެކުގައެވެ.

ސްޕެއިންގެ ކުއިޓޯގައި އެޅި ފުރަތަމަ ފައްޅީގައި މި މީހުންގެ ކައިވެނިކޮށްފައި ވަނީ 1941 ވަނަ އަހަރުގެ ފެބުރަރީ މަހުގެ ހަތް ވަނަ ދުވަހުއެވެ.

އެ މީހުންގެ ކައިވެންޏަކީ ސިއްރު ކައިވެންޏެކެވެ. ސަބަބެއް ކަަމަށް އެ މީހުން ބުނެފައި ވަނީ، އެ ކައިވެންޏަށް މައިންބަފައިން ނުގަބޫލު ވުމެވެ.

ކުއިޓޯގައި ދިރިއުޅެމުންދާ މި ދެމަފިރިންނަކީ ކުރިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ދެ މީހެކެވެ. ނަމަވެސް މިހާރު އެ މީހުން ވަނީ މަސައްކަތުން ދުރަށް ގޮސްފައެވެ.

މި ދެމަފިރިންގެ ދަރިފުޅު ސެެސިލިއާ ބުނެފައި ވަނީ، އެ މީހުންގެ މައިންބަފައިންނަކީ އެކުގައި ވަރަށް އުފާވެރިކަމާއެކު ދިރިއުޅެމުން އަންނަ ބައެއް ކަމަށެވެ. އެހެން ނަމަވެސް ކޮވިޑް-19ގެ ފުރަބަންދާއެކު ދެމީހުންނަށްވެސް ނަފްސާނީ މައްސަލަތަކާއު ކުރިމަތިވި ކަމަށް އޭނާ ބުނެފައި ވެއެވެ.

"މަހެއްހާ ދުވަސް ތެރޭގައި އެމީހުންގެ ދިރިއުޅުން ވަރަށް ތަފާރު، ވަރަށް ދެރަކޮށް އުލެނީ، ސަބަބަކީ ކޮވިޑް-19އާ ހެދި އާއިލީ ބޮޑެތި ބައްދަލުވުންތައް ނުބޭއްވޭތީ". ސެސިލިއާ ބުންޏެވެ.

އޭނާ ބުނީ، މާރިޗް މަހުން ފެށިގެން އެ މީހުން އެފަދަ އިވެންޓްތައް ބާއްވާފައި ނުވާ ކަމަށެވެ. އަދި އޭނާގެ މައިންބަފައިން އާއިލީ ގުޅުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސް އޭނާ ބުންޏެވެ.

ސެސިއިލާ ބުނީީ، އޭނާގެ ބައްޕަ ވަރަށް ބޮޑަށް ޓީވީ ބެލުމަށް ޝައުގުވެރިކަން ހުންނަ ކަމަށެވެ. އަދި ވަރަށް ބޮޑަށް ކިރު ބޯން ފޯރި ހުންނަ ކަމަށްވެސް ސެސިލިއާ ބުންޏެވެ. އަދި އޭނާގެ މަންމައަކީ ކޮންމެ ދުވަހަކު ހެނދުނު ނޫސް ކިޔާ މީހެއް ކަމަށާއި، މަންމަ ފޮނިއެއްޗެސް ކެއުމަށް ޝައުގުވެރިކަން ހުންނަ ކަމަށް އޭނާ ބުންޏެވެ.

މި ދެމަފިރިންގެ ހަތަރު ދަރިން ތިބެއެވެ. އެ ހަތަރު ދަރިން 11 ތިބެއެވެ. އެ މީހުންގެ 21 ދަރިން ތިބޭއިރު، އޭގެ ތެރެއިން އެކަކަށް ދަރިއަކު ލިބިފައިވާ ކަމަށް ވެއެވެ. އެހެންކަމުން މި ދެމަފިރިންނަށް ކާފަ މާމަ ދަރިންގެ އަދަދު 33 އަށް އަަރައެވެ.