ބޭނުންވާ ތަކެތި:

2 މޭޒުމަތީ ސަމުސާ ތެޔޮ

1 މޭޒުމަތީ ސަމުސާ އިނގުރު މުގުރާފައި

2 ލޮނުމެދު

2 ފިޔާ

2 ގަނޑު ސެލެރީ

2 ކެރެޓް

2 ޒުޗިހިނީ

2 ގްރީން ބެލް ޕެޕާ

250ގ ކެބެޖް

2 ކިޔުބް މެގީ ވެޖެޓަބަލް ސްޓޮކް

1/4 ސައިސަމުސާ އަސޭމިރުސް

1/2 ސައިސަމުސާ ސީސަމީން ސީޑް ތެޔޮ

18 ސީޓް ސްޕްރިންގް ރޯލް ޕޭސްޓްރީ

ތެލުލާނެ ތެޔޮ

 

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ މަސްގަނޑު ތައްޔާރުކޮށްލުމަށް ހުރިހާ ތަރުކާރީތައް ކުދިކޮށް ކޮށާށެވެ. ފިޔާ އަދި ލޮނުމަދު ވެސް ކުދިކޮށްކޮށާށެވެ.

ދެން ތަވަޔަކަށް ތެޔޮ އަޅާފައި ފިޔާ، ލޮނުމެދު، އިނގުރު އަޅާ ފިޔާ މީރުކޮށްލާށެވެ. ފިޔާ މީރުވުމުން ސެލެރީ، ކެރޮޓް، ޒުޗިހިނީ، ގްރީންބެލް އަދި ކެބެޖް އަޅާށެވެ. އަދި މަޑުގިނީގައި ތަރުކާރީތައް މަޑުކޮށްލަމުން މެގީ ކިޔުބް، އަސޭމިރުސް އަދި ސީސަމީން ތެޔޮ އަޅާ އެއްކޮށްލާށެވެ. އިރުކޮޅަކު ހާކާލައިފާ ހިހޫކޮށްލަށް ބަހައްޓާށެވެ.

ޕޭސްޓްރީ ސީޓް މެދުން ކަފާލާށެވެ. އަދި ކޮންމެ ފަޅިއަކަށް 2 ސަމުސާ ތަރުކާރީ އެޅުމަށްފަހު ކައިރިފަށް މަޅާލައިފަ، އޮޅާލާށެވެ. މިގޮތަށް ހުރިހާ އެއްޗެއްގައި ހެދުމަށްފަހު މަތީގައި ބިސް ހޭކުމަށްފަހު ތެލުލާށެވެ.