ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން (ކައި) ދިރިއުޅޭ އެޕާޓްމަންޓްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ސަލްޓަން ޕާކް ކައިރީގައި ހުންނަ އެޕާޓްމަންޓްގައި ދިރިއުޅެމުން އައީ ކައިޒީން އާއި އޭނާގެ އާއިލާގެ މެމްބަރުންނެވެ. މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެ އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ.

މިފަދަ ހިތާމަވެރި ކަމެއް ކައިޒީންއަށް ދިމާވުމުން އޭނާގެ ސަޕޯޓަރުން ވަނީ އޭނާ އާއި އެކު ތިބިކަން ހާމަކޮށް މީސްމީޑިއާގައި ޝުޢޫރުފާޅުކޮށްފައެވެ. އެހެންނަމަވެސް ބައެއް މީހުން ވަނީ އޭނާ އަށް ނިސްބަތްކޮށް ވަރަށް ހުތުރުކޮށް ވާހަކަދައްކާފައި ވެއެވެ. އެގޮތުން އޭނާގެ އެޕާޓްމެންޓުގައި ރޯވުން އެއީ ރަނގަޅަށް ވީކަމެއް ކަމަށް ސިފަކޮށް، އޭނާ އަށް ނަފްރަތުގެ ބަސްތައް ރައްދުކުރި އެތައް ބަޔަކުވެސް ތިއްބެވެ.

މިފަދަ މީހުންނަށް ކައި މިވަނީ ވަރުގަދަ ރައްދެއް ދީފައެެވެ. ކައިޒީންގެ އިންސްޓަގްރާމް ސްޓޯރީގައި އޭނާ ވަނީ މީހުން އޭނާ އަށް ދިން ލޮތްބަށްޓަކާ ޝުކުރު އަދާކޮށްފައެވެ. އަދި މީހުން އޭނާ އާއި އެކު ތިބިކަން އެނގުމަކީ ލިބުނު އުފަލެއްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

" ފޭކް އެކައުންޓްތައް ހަދައިގެން، އަހަރެންނަށް ވީ ހަމަ ވާންވީ ގޮތަށް ކަމަށް ބުނެ ކޮމެންޓްކުރަން ކެރުނު މީހުންނަށް ބުނެލަން އޮތީ އަމިއްލަ އިންސާނިއްޔަތު ކަން ހުރީ ކިހާމިނެއްގައިތޯ ބަލާލާށޭ އެހެންމީހުންނަށް ދެރަގޮތް ވާން އެދެމުންދާއިރު." އޭނާ ބުންޏެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ފުރަތަމަ ރޯވެފައި ވަނީ ކައިޒީން ދިރިއުޅޭ އެޕާޓްމަންޓްގައި ހުރި ޕެނަލް ބޯޑެއްގައެވެ. އަދި އަލިފާން ގަނޑު ފެތުރި، ސިޓީން ރޫމްގެ ބައެއް އަނދާފައިވާ ކަން އެނގިފައިވެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަ އިބްރާހިމް އާޒިމް އެ އަލިފާނުގެ ހާދިސާ އާ ގުޅޭގޮތުން ވިދާޅުވެފައި ވަނީ، ގަލޮޅު ގެއެއްގައި ހުރި ޕެނަލް ބޯޑެއްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް މިއަދު 8:30 ހާއިރު ލިބުނު ކަމަށެވެ.

އަދި ގާތްގަނޑަކަށް ފަސް މިނެޓެއް ހާއިރު، ތެރޭގައި އެ ގޭގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ މޮޑެލުންގެ ތެރެއިން ކައިޒީން އަކީ މިހާރު ރާއްޖޭގައި ހުރި މީސް މީޑީއާގެ ޕްލެޓްފޯމްގައި އެންމެ ފޭން ބޭސް ބޮޑު ފަރާތެވެ. ރާއްޖޭގައި މަޝްހޫރު ބްރޭންޑްތަކުގެ އެމްބެސެޑަރުކަންވެސް އޭނާ ކުރަމުންދާކަން ފާހަގަކޮށްލަން ޖެހެެެއެވެ.

ކައިޒީންއަކީ ރާއްޖޭގެ މޮޑެލުންގެ ތެރޭގައި، އެންމެ ގިނަ ބަޔަކު އިންސްޕިރޭޝަންގެ ގޮތުގައި ބަލާ މޮޑެލްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

 1. ސިނެކް

  މިދުނިޔޭގަ ތިހެން ވަރު ދައްކާފަ އުޅެވިދާނެ

  256
  8
 2. ހުސޭނުބޭ

  އިންސްޕިރޭޝަންއޭ! މައި ފުޓް! ކެމިކަލް ގިނަވީމާ ރޯވާނެ!

  184
  11
  • ލަލަ

   😂😂😂😂

   46
   7
 3. މަ

  އެއްވެސް މީހަކަށް ބަދު ދުޢާ ކޮށްގެން ނުވަތަ އެއްވެސް މީހަކަށް ދެރަގޮތެއް ވާން އެދޭކަށް ނުވާނެ🤗 ހަމައެހެންމެ އިސްލާމެއްނަމަ އުޅެންވާނީ ދީނުގަ އަންގަވާފައިވާ ގޮތައް❤️

  334
  9
 4. ތަކުރުފާނު

  މިއީ ޣައްދާރުންނަށް ހުރި ރަނގަޅު ފިލާވަޅެއް

  137
  9
 5. ގ

  ކައިޒިން ގެންގުޅޭ ހާ ކެމިކަލްތައް ބަންޑުވެ ވީކަމެއް

  119
  6
 6. ވައި

  ކައި މަށާ އިންނާނަންތަ؟ ވިލްޔޫ މެރީމީ؟

  26
  81
  • ކައި

   ލޮލް ކީޕް ޑްރީމިންގް.

   24
   2
 7. Anonymous

  ހެލޯ ކައިޒީ... ވަހަކަ އެއް ބުނެލަން ބޭނުން.... ކައިޒީގެ ފޭނުން ގިނައީ އެއީ ކައިޒީ ދެކެ ލޯބި ވަތީކީ ނޫން އެއީ ކައިޒީގެ ޝަހުވާނީ ފޮޓޯ ބަލާ ހިތުން ގިނަ މީހުން ފޮލޯ ކުރަނީ. އެގިއްޖެތަ އެއްގޮތަކަސްވެސް ހޮޔޮއެދިގެން ނޫން.

  303
  8
  • އައިލް

   ތީ ހަގީގަތް ކަން އެގޭ ވަރަށްވުރެ އެމީހުން މާ ބޮޑަށްވެސް ގަޅީ.. އެމީހުންނަށް ހަމަ އެެއްގޮތަކަށްވެސް ނުވިސްނެ އަހަރެމެން ގިނަ ފިރިހެނުންގެ ވައްތަރެއް.. ހެހެހެ

   89
   5
   • ބޯގަޅި

    އާން ގަޅީ ކާކުކަމެއް އެނގޭނެ ހިލޭ އަންހެނުން ފަރާތުން އުފާ ހޯދަން ބޭންކު އެކައުންޓު ހުސްކުރާ ބައެއް ފިރިހެނުންނަކީ.

    19
 8. ޥަނށ

  ޢަދިވެސް ރައްދުތޯދޭންވީ. ޢިސްލާހުވެދީނުގެމަގަށް ރުޖޫއަވާންވީ.

  201
  7
 9. ކުޑޫ

  ޕްލާސްޓިކު ސާޖަރީ ހަދާ ކައިލީތަ

  63
  5
 10. ރޯސް ވޯޓާރ

  ކައި އުޅެނީ ބަރާ ބަރަށް! މި މީހުން ޖެލެ ސީ ވަނީ ކައި ރީތި ކަމުން ދޯ؟

  7
  129
  • ހެހެ

   ހެހެހެ... އޭނަ ރީތިތަ؟ އާނ ދެން ފުއް ޑަބިޔަލަކަށް އެރިގެެން ތިބޭ މީހުން ރީތީއްޔާ ތިޔަ ކިޔާ ކައިއެއް ވަރަށް ރީތި.

   32
   2
 11. ހޫ

  އޭނަގެ ކުރިމަތީ ހުރެގެން ކިޔާބަލަ.. ފޭކު އެކައުންޓުންނާއި ކާކުކަން ނޭނގޭގޮތަށް ކޮމެންޓުތަކުން ހޮރުހޮރުގައި ފިލައި ތިބެގެންމި ހޭރެނީ ހާދަ ފިނޑިއޭދޯ.

  14
  90
  • ޚޫ ކެސް

   ކަްޭ އޭ ބުނާ އިރަ ނުޖެހެ. ޢޭނަ ކުރިމަތީ ކިޔާނެ ހެއްދެވި ފަރާތް ގިޔާމަތް ދުވަހު

   36
   3
  • ކައިލީކަލޯ

   ވާނުވާތަ..؟ ކަލޭ ހީކުރީ އޭނަކުރިމަތީ އެއްނޫންކަމައްތަ ކިޔާ އެއްޗެއް އެކިޔަނީ.. ކިޔާއެއްޗިއްސަ ރައްދުދޭވާހަކަތަ ކަލޭ މިހާރުވެސް ތިކިޔަނީ

   12
   1
 12. ސަމްސާދފ

  ރޯވާން ހުރި ތަނެއްގައި ރޯވާނެ.
  ސަބަބު މޮޅަށް ދެނެވޮޑިގެންވާނީ މާތްﷲ.

  97
  2
  • ބިރުގަނޭ

   ތީނަ ގައިގަ ނުރޯވިކަން ނަސީބު ދެންވެސް ތައުބާވެ ރަނގަޅަށް އުޅެވޭތޯ ބަލާ!! މި ޤައުމަށް ކޯފާއެއް އައުން ވަރަށް ގާތް! އިނތިހާއަށް ނުބައި ކަންތައް އާންމު ވެއްޖެ!! އަދި ލަދެއް ހަޔާތެއް ނުގަނެޭ އޮރިޔާން ހެދުން ލައިގެން އުޅެން!! މި ކައިޒީންއަށް އިންސްޓަގްރާމްގަ ފޮލޯ ކުރާ މީހުންނަށް ވެސް މަޙްޝަރުދުވަހުން ސުވާލު ކުރެވޭނެ އަޒާބު ގެ ރަހަ ލިބޭނީ މި ކައިޒީން އަށް އެކަންޏެއް ނޫން މީނައަށް ފޮލޯ ކުރާމީންނަށް ވެސް ލިބޭނެ!!

   37
   1
 13. Anonymous

  Allah ge rahdhu maa boduvegen vey adhi ekalaan ge koafaa ah rahdhu dheveyne evves insaanaku nuhunnaane heyo visnun dhevvumakee varah edhey kameh maruveema model nukureveyne adhi thikuraa model thakah edhuvahu allah ge hazurathuga javaabu dhaaree vaan jeheyne vaguthu ovva
  islaah vun buhdhi veri

  69
  3
 14. ޖޯޑަން

  ފޫހި ގަދައެއް

  41
  4
 15. އަފީ

  މާތްވެގެންވާ އިސްލާމް ދީނުގެ އުސޫލްތަކާ ހިލާފަށް އޮރިޔާމުން އުޅެ މީހުންގެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީތަކަށް ގެނެވުމަކީ ނޫސްތަކަށް ހެދޭ ގޯހެއް.

  77
 16. ދިވެއްސެއް

  ގިނަ މީހުން ކައިޒީންނަށް ބަދު ދުއާ ނޫން ކޮއްފައިނީއެކީ.. ކައިޒީންގެ އުޅުން އިސްލާހު ކޮއްލުމަށް ނަސޭހަތް ތެރިވީ... މީހުންނަށް ރައްދު ދޭނެ ގޮތަކާމެދު ނުވިސްނާ ތައުބާނެ ގޮތަކާ މެދު ވިސްނަބަލަ...

  66
 17. ގާގާ

  އެހެން ޑްރެސްކުރާ ނަަމަ ދޯ އެންމެން ވެސް. މަށަށް ވަރަށް ރީތި

  6
  36
 18. ގަނޑިޔާ!!!

  ކައިޒީންއަށް ތިހާ ފެންވަރުގެ ފަރަންޖީ ބަހެއް ނޭންގޭނެ, ކޮންމެވެސް މީހަކު ލިޔެދިނީމަ ޕޯސްޓްކޮށްފަ ތިހިރީ. ތިމަންޖެ ދިރިއުޅުނު އަހަރުން ކުރިމަތީ އެހެންވީމަ އެނގޭ އެމަންޖެގެ ގޮތް.

  23
  3
 19. ފަރުދީ ޒިންމާ

  ރައްދު ދެވޭނީ މިދުނީޔޭގައި..

  އަލިފާނުން ވެސް ސަލާމަތް ވެވިދާނެ ސިފައިންގެނަސްގެން..

  މާދަމާ ޔޯ..؟ ގިޔާމަތް ދުވަހު ކާކަށް ރައްދުދޭނީ؟

  38
  1
 20. ތަކުރު

  ކޮއްމެ ކަމެއްވެސް ވާނީ ރަނގަޅަކަށް ދޯ! ތިމާ އަށް ދިމާވާ ކަމަކުން އެވަގުތުގަ ތިމާ އަށް ދެރަ އެއް ނުވަތަ ހިތާމަ އެއް ލިބުން ކަމުގަވީނަމަވެސް އެލިބުން ދެރައަށް ވުރެ މާ ބޮޑު ހެވެއް އެކަމެއްގެ ފަހަތުގައޮންނާނެ އެއީ އެއްވެސް ޝައްކެއް އޮތް ކަމެއްނޫން ، އެކޮއެ ދެރަނުވޭ ތީ އަންނަން އޮތް ބޮޑު އުފާވެރިކަމެއްގެ ސިގްނަލްއެއް! ޙެޔޮ ދުޢާ!

  14
  1
 21. ޙަދީ

  ޤިޔާމަތް ދުވަހު ރައްދު ދެވޭނެބާ! ތިބާ އެކަލާނގެ އަށް އުރެދޭ އިރުވެސް މަތިވެރި ﷲ ގެ އޯގާވެރިވަންތަކަން ނިކަން ދެކިބަލަ! ޢެކަލާނގެ ތިބާ ހަށިގަނޑު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އަންދާލުމަށްވެސް ކުޅަދުންވަންތަ! ނޭނދި ކަމަށްޓަކައި ﷲއަށް ޝުކުރުވެރިވެ ހެޔޮ މަގަށް ރުޖޫޢަވުމަށް މަސައްކަތް ކުރަމާ! ﷲ ހެޔޮވިސްނުން ދެއްވާށި! އާމީން

  35
  2
 22. ނަޖްވާ

  ކައިޒީން ތި ދިމާވި ހިތާމަ ހާދިސާ އިން މީހަކަށް ގެއްލުމެއްނުވެ ސަލާމަތް ވީތީ އެކާމާ ހެއްދެވި ފަރާތަށް ނިހާޔަތަށް ޝުކުރުވެރިވަން! ކައިޒީން އަބަދުވެސް އެދެނީ އުފާފާގަތި ކަމާ އުޖާލާކަން!

  3
  1
 23. Anonymous

  ދިވެހިބަހުން ވާހަކަދައްކަމުން ދާއިރު އިންގިރޭސިބަސް ބޭނުންކުރަންވާނީ އެބަހަކައްދިވެހި ބަހެއްނެތިއްޔާ ހަމައެފަދައިން އިންގިރޭސި ބަހުން ވާހަކަދައްކާ އިރުވެސް މިގޮތައް ކަންތައް ކުރު މަކީ ވަރައްރަގަލު ކަމަކައްވާނެ ކަމެއް ކަމުގައި ދަންނަވަމެވެ

  1
  1
 24. Anonymous

  މިތާގައި އިންސްޕިރޭސަން ނުލިޔެ އޮތްނަމަ ރަގަލުއެވެ

  1
  1