ސޯލްޓް ލައިފް ފިޝިންގް ގްރޫޕަކީ ވަން އެންޑް އޮންލީ ރީތި ރަތް ރިސޯޓުގެ މަސްވެރިކަމަށް ޝައުގު ހުންނަ މުވައްޒަފުން ގުޅިގެން އުފައްދާފައިވާ ގްރޫޕެކެވެ. މިރިސޯޓުގައި މަސްވެރިކަމަކީ ރީކްރިއޭޝަނަލް އެކްޓިވިޓީއެއް ގޮތުގައި މެނޭޖްމެންޓް އިން މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރަމުން އަންނަ ކަމެކެވެ. ސޯލްޓް ލައިފްގެ މަގުސަދަކީ ހޭންޑްލައިންގެ ބަދަލުގައި ސްޕޯޓް ފިޝިންގެ އުކުޅު ބޭނުން ކޮށްގެން މަސްވެރިކަން ކުރުމެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ސޯލްޓް ލައިފް ގްރޫޕުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ނަސްރުﷲ ޝީހާބް ބުނީ މި ގްރޫޕު ނިސްބަތްވަނީ ވަކި މީހަކަށެއް ނޫން ކަމަށާއި، އަދި މިއީ ރިސޯޓުގެ ހުރިހާ ޑިޕާޓްމެންޓެއް ހިމެނޭހެން އެކުލެވޭ ޓީމެއް ކަމަށެވެ. އޭގެ ތެރޭގައި ހައުސް ކީޕިން، ފައިނޭންސް ހިއުމަން ރިސޯސް ޑައިވިން، އެކްސްކާޝާން، ފްރޮންޓް އޮފީސް ސްޕޯޓްސް އެންޑް ރިކްރިއޭޝަން ޑިޕާޓްމެންޓްވެސް ހިމެނެއެވެ.

ސޯލްޓް ލައިފްގެ މެންބަރަކު މަހެއް ހިފައިގެން

މި ގްރޫޕުގެ އަމާޒަކީ މަސްބޭނުމުގައި ސްޕޯޓްސް ފިޝިން އުކުޅު ބޭނުން ކުރުމާއި ފަހުގެ އީޖާދީ ޓްކްނޯލޮޖީ ބޭނުންކުރުން ކަމަށް ނަސްރުﷲ ބުންޏެވެ.

ސޯލްޓް ލައިފްގެ އިންސްޓްގްރާ ޕޭޖެއްވެސް އިނދެއެވެ. މިހާތަނަށް 1،800 އަށްވުރެ ގިނަ މީހުން ވަނީ އެ ޕޭޖް ފޮލޯ ކޮށްފައެވެ.

އެމީހުން ބާނާ މަހަށް ހަދަނީ ކިހިނެއް؟

ނަސްރުﷲ ބުނި ގޮތުގައި މަސް ބޭނުމަށްފަހު ފުރަތަމަވެސް ހަދާ ގޮތަކީ މަހުގެ ބަރުދަން ބެލުމަށްފަހު މަސް ބޭނި ހިސާބާއި ބޭނި މަހަކީ ކޮން ވައްތަރެއްގެ މަހެއްކަން، ބެލުމަށް މަހުގެ ފޮޓޯ އާއި އެކީ އިންސްޓްގްރާމްގައި ހިއްސާކުރުމެވެ.

"އަހަރުމެން ބާނާ މަސް ރިސޯޓަށް ގޮސް ހުރިހާ ސްޓާފުންގެ މެދުގައި ބަހާލަނީ. އެއްވެސް އިރެއްގައެއް މަސް ވިއްކާފައެއް ނުވާނެ" އޭނާ ބުނެފައި ވެއެވެ.

ސޯލްޓް ލައިފްގެ މެންބަރަކު މަހެއް ހިފައިގެން

ކޮވިޑް-19ގެ މި ހާލަތުގައި މި ރިސޯޓުގައި އެއްވެސް ގެސްޓްއެއް ނެތްއިރު، މި ރިސޯޓުގައި ސްޓާފުންވެސް ތާށިވެފައި ތިބުމާއެކު އެންމެ ބޮޑަށް ކޮށް އުޅޭ ކަމަކީ މަސް ބޭނުމެވެ. މިއީ މިހާލަތުގައި ހިންގާ ރިކްރިއޭޝަނަލް ހަރަކާތެކެވެ.

ސޯލްޓް ލައިފްއިން މިހާތަނަށް ބޭނި އެންމެ ބޮޑު މަހަކީ "ސެއިލް ފިޝް" އެކެވެ. މިޓީމުގެ އެންމެ ބޮޑު ހިތްވަރަކީ ޓީމުގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ.

ސޯލްޓް ލައިފްގެ މެންބަރަކު މަހެއް ހިފައިގެން

އެ ގްރޫޕުން ބުނީ އެ ގްރޫޕަށް ހިތްވަރުދީ އެހީތެރިވާ ދެ ފަރާތެއް ކަމުގައިވާ އަސްރަތް (ފެގޯ)، އަދި އަލީ އަފްރާހް މުހައްމަދު އަށް ޝުކުރު ދަންނަވާ ކަމަށެވެ. މިދެމީހުންނަކީވެސް ކުޅާދާނެ "އެންގްލާސް" ކަމަށް އެ ގްރޫޕުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޑައިވިން ދޯނީގެ ކައްޕި އަބްދުﷲ ޖަލީލް އަދި ފަޅުވެރިންނަކީ ސޯލްޓް ލައިފް ބޭނުންވާ އިރެއްގައި އިޖާބަދޭ ބައެއްކަންވެސް ފާހަގަކޮށް ޓީމުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.