ޗައިނާއަށް ނިސްބަތްވާ ފިރިހެނަކު މާ ރީތިވެގެން އެތައް ބައެއްގެ ސަމާލުކަން މިހާރު ވަނީ ހުއްޓިފައެވެ. އެ މީހާއަކީ ކޮންސިއުމާ ރައިޓްސް ޓީވީ ޕްރޮގްރާމްއިން ފެނިގެން ދިޔަ ޗައިނާގެ ނިންގްބޯއަށް ނިސްބަތްވާ މީހެކެވެ.

ޒަންގް ނަމަކަށް ކިޔާ އެ މީހާއާ ގުޅޭ ވީޑިއޯއަކީ އޭނާގެ ގޭގެ ފާހަނައިގެ ބިއްލޫރި ދޮރު ތަޅައިގެން ދިއުމާއި ގުޅިގެން ޗައިނާ މީޑިއާއަކަށް އޭނާ ދިން އިންޓަވިއު އެވެ.

އެ އިންޓަވިއުގެ ވީޑިއޯ ދައުރުވުމާއެކު ގިނަބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔައީ ޒަންގްގެ މޫނަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އެ ވީޑިއޯ ޓްވީޓަގައި ދައުރުވިތާ 24 ގަޑިއިރު ތެރޭގައި 50 މިލިއަން ވިއުސް ލިބުނު ވެސް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 22 އަހަރުގެ ޒަންގް އިންޓަވިއު ދީފައި ވަނީ ޒެޖިއަންގ ޓެލެވިޒަން އަށެވެ. އޭނާ ބުނެފައިވާގޮތުގައި، އޭނާ ކުއްޔަށް އުޅޭ ގޭގައި އޭނާ ފެންވަރަށް ހުއްޓާ ފާހަނައިގެ ދޮރު ތަޅައިގެން ދިޔައީ ކަަމަށެވެ.

އެ ހާދިސާގައި އޭނާއަށްވެސް އަނިޔާވިއެވެ. އަދި މެޑިކަލް ބިލަށް 9400 ޔުއާން އެރި ކަމަށް އޭނާ ބުންޏެވެ.

އޭނާ އުއްުމީދުކޮށްގެން ހުރީ އެ މައުލޫމާތު މީޑިއާ އާ ހިއްސާ ކުރުމުގައި ބަދަލުގެ ގޮތުގައި އޭނާއަށް ފައިސާ ލިބޭނެ ކަމަށެވެ.

ނަމަވެސް މީސް މީޑިއާގައި ކަންވީ އެހެން ނޫނެވެ. އޭނާއަށް ލިބުނު ގެއްލުމާއި، އަނިޔާއަށް ނުބަލާ، އެންމެންވެސް ބަލާފައިވަނީ އޭނާގެ މޫނަށެވެ.

އެގޮތުން އެކަކު ބުނެފައި ވަނީ، ޒަންގ ދޮގު ހަދާނެ ކަމަށް ނުބެލެވޭ ކަމަށާއި، އެއީ މެނޭޖްމެންޓް އޮފީސްގެ މައްސަލައެއް ކަމަށެވެ. އަދި އޭނާ ވަރަށް ރީތި ކަމަށް އެ މީހާ ބުނެފައި ވެއެވެ.

އިތުރު މީހަކު ބުނީ، ޒަންގގެ ރީތިކަން ފެނިފައި އޭނައަށް ހަބަރަށް މާބޮޑަށް ބަލާނުލެވުނު ކަމަށެވެ. އަދި އިތުރު މީހަކު ވަނީ ޒަންގ ލޯބިވެރިއެއް ހޯދަން ބޭނުންވޭތޯ ސުވާލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ރާއްޖެމީހާ

    މިއަށްވުރެ މާރީތިކުދިން ރާއްޖޭގަ އުޅޭ

    56
    18
    • ލޮލް

      އައްޗީ

      19
      6
    • ކައި

      ހަޤީޤީ ރީއްޗަކީ ބޭރުމަތީގެ ސިފައެއް ނޫން އެތެރޭގަ އޮތް ހިތުގަ ސާފުކަން 🙄 ބަލާލަން ކިތަންމެ ރީތި މީހަކު ވެދާނެ ވަރަށް ކަޑަ މީހަކަށް

      27
  2. ކްލިއޯޕެޓްރާ

    މީނަ އަަށްވުރެ މާ ރީތި މީހުން އުޅޭ ޗައިނާގަވެސް އަދި އެހެން ޤައުމުތަކުގަވެސް. މަޝްހޫރު ނުވަނީ.

    56
    9
  3. މަންޖެ

    އައްޗީ. އެއްވެސް ރީއްޗެއް ނޫން. ނަނި ބޮއްކުރައެއް....

    15
    18
  4. އަންނި

    އޯ މައި ގާރޑް ހާދަ ލޯބި ސޮރެކޭ.

    16
    14
  5. ކައިޒީން

    ތުބުޅިނެތް އަންހެން ކުއްޖެއްނު ތިޔައީ. ކަޑަ

    21
    19
  6. މަހުދީދީ

    އަހަރެން ހީކުރީ އަންހެން ކުއްޖެއްކަމަށް. ކީއްކުރާނީ ކޮރެއާ، ޗަައިނާ ގައި ނޭގެނެވިއްޔާ.

    26
    16
  7. ނނނ

    ޗައިނާ މީހުން ކޮރެއާ މީހުން މަށަށް ޖަހަނީ އެއްވައްތަރެއް ލޮލް.. ބްރޯ ވެސް ދެން ލަވަ ކިޔާ އެކްޓު ކުރަން ފަށަން ވީނު.. ހަބޭހަޖަށް މަޝްހޫރު ނުވާތޯ ބަލަން

    19
    7
  8. ލމއ

    ތީ ދެން އެހާ ރީތި މީހެއްތަ.

    17
    8
  9. މުރަނގަ

    ވަރަށް ރީއްޗެނު ހީވަނީ އޮށްކޮޅު ދަމާލާފަ ހުރި މުރަނގަ ތޮޅި އެންހެން

    8
    4
  10. ޖުމަލް

    ނޯ އޮފެންސް އެކަމަކު ޗައިނާ އެންމެންވެސް ތިބެނީ އެއްގޮތަކަށް އެއްސިފައެއްގަ އެއްކުލައެއްގަ . ރީތި ހަޑި ވަކިކުރަން ވަރަށް ދަތިވާނެ

    12
    2
    • ޭހހހ

      ރީއްޗަށް ބެލީމަ އެނގޭނެ އަސްލު ތަފާތުކަން

      6
      1
  11. ލަކުޑި

    އެސޮރު ފެނިފަ ކުދިން ހިއްހުއްޓިފަ އެތިބީ

    3
    1
  12. އެދުރުބެ

    ކައިޒިން އެސޮރު އެހުރީ ތުނބުޅި ބާލާފަ

    2
    3
  13. އެދުރުބެ

    މިސޮރާހެދި އެކަކު އަނެކަކު ޒުވާބު ނުކުރޭ

    3
    2