ސައުދި އަރަބިއްޔާގައި ކެންސަރު ބަލި ޖެހިފައި އުމުރުން 19 އަހަރުގެ އަންހެނަކު ރޭޕް ކުރުމަށްފަހު މަރާލައިފިއެވެ.

ރޭޕް ކުރުމަށްފަހު މަރާލި އަންހެން މީހާއަކީ އުމުރުން 19 އަހަރުގެ ލަތީފާ މުހައްމަދު އަލް އެނާޒީއެވެ. އޭނާއަދި ސެޕްޓެމްބަރު ދެވަނަ ދުވަހު ގެއްލިގެން ރިޕޯޓް ކުރި މީހެކެވެ. އެ މައްސަލާގައި މިހާރު ސައުދީ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެ މީހުންނަކީ ލަތީފާ ރަހީނުކޮށް، އޭނާ ރޭޕް ކުރުމަށްފަހު މަރާލި މީހުންކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކަމަށް ރިޯތްތައް ބުނެއެވެ.

ލަތީފާ މަރާލާފައި އޮއްވާ ފެނުނީ ސައުދީގެ ސިޓިއެއް ކަމަށްވާ ހައިލްގެ ގެއެއްގެ ތެރެއިންނެވެ. އެއީ ލަތީފާ މަރާލި މައްސަލައިގެ ތުހުމަތު ކުރެވޭ މީހެކެވެ.

އެގެއިން އޭނާ ފެނިގެން ހައިލް ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން އެގެއަށް ގޮސް ވަނީ ބަލާފައެވެ.

"ފުލުހުންނާއި އެމްބިއުލާންސް އަދި ފޮރެންސިކް އެކްސްޕާޓުން އެ ސަރަހައްދަށް ދިޔަ، އަދި އެގެއިން ފުލުހުންނަށް ލަތީފާ ފެނުނުއިރު، އޭނާގެ މުޅި ހަށިގަނޑުގައި ހުރީ ލެޔާއި، އަނިޔާގެ ނިޝާންތައް". ހަލި ޕޮލިސްގެ މީޑިއާ ތަރުޖަމާން ކެޕްޓަން ތާރިގް އަލް ނަސާރް ބުނެފައި ވެއެވެ.

އޭނާ ގެއްލިގެން މި މަހު ކުރީކޮޅު އާއިލާއިންވެސް އާއްމުންގެ އެހީތެރިކަމަށް އެދުނެވެ. އާއިލާއިން ބުނެފައިވާވޮގުން ލަތީފާ އަކީ ވަރަށް ބަލި މީހެކެވެ. އަދި އޭނާ ދިޔައީ ކެންސަރާއި ހަނގުރާމަ ކުރަމުންނެވެ.

ލަތީފާގެ މަރާއި ގުޅިގެން އާއިލާއިން ވަނީ މީސް މީޑިއާ މެދުވެރިކޮށް އެކަމުގައި ޝާމިލްވާ މީހުން ހޯދައި، ހައްގު އަދަބު ދިނުމަށް ގޮވާލާ ވީޑިއޯއެއް އާއްމުކޮށްފައެވެ.

"އަހަރެންނަކީ ކިޑެނެޕް ކުރުމަށްފަހު ރޭޕްކޮށް، މަރާލި ލަތީފާ މުހައްމަދު އަލް އެނާޒީގެ މަންމަ. އަހަރެން އެދެން ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާއި ވަލީއަހުދު އަދި ހަލީގެ ވަލީއަހުދުގެ އަރިހުން، އެ މައްސަލަ ރަނގަޅަށް ބަލައިދިނުމަށް، އަދި އިންސާފު ހޯދައިދިނުމަށް". އޭނާ ބުނެފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯލްޑިވިޔަން

    ހުސްދޮގު. އިސްލާ މުން ބަދުނާ މު ކުރަން ދަ އްކަ ވާހަކަ

    4
    43