މެކްސިކޯއަށް ވާރޭވެހި ފެން ބޮޑުވާން ފެށުމާއި ގުޅިގެން ފެން ބޮޑުވާން ފެށުމުން ފެން ހިންދާ ނިޒާމުތަކަށް ޖެހިފައިވާ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން ދިޔަ ބަޔަކަށް އިންސާނަކަށްވުރެ ވެސް ބޮޑު މީދަލެއް ފެނިއްޖެއެވެ.

ބޯޑަރ ރިޕޯޓާއި ހަވާލާދީ "އެންޑީޓީވީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މެކްސިކޯގެ ފެން ހިންދުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން މިހާތަނަށް 22 ޓަނަށްވުރެ ގިނަ ފެން ސާފުކޮށްފައި ވެއެވެ. އެމީހުންނާއި ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވާގޮތުން، ފެން ނުހިނދޭ މައްސަލަ ބޮޑުވެ، އެކަން ހައްލު ނުވެ ގޮސްފައި ވަނީދ، އެ މީދާ ފެން ހިންދާ ޓަނަލްގައި ތާށިވެފައި އޮތުމުގެ ސަބަބުންނެވެ.

ޓަނަލްގައި ތާށިވެފައި އޮތް މީދަލަކީ ވަރަށް އަސްލާ އެއްގޮތަށް ހަދާފައި އޮތް މީދަލެއް ކަމަށާއި، އެއީ ހެލޮވީން ފާހަގަ ކުރުމަށް ބަޔަކު ހަދާފައި އޮތް މީދަލެއް ކަމަށް ބެލެވޭ ކަމަށް އެ މީދާ ފެނުނު މީހުން ބުނެއެވެ. މިހާރު އެ މީދާ ފެންނަ ވިޑިއޯއެއްވެސް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެތައް ބުރަ މަސައްކަތުން މީދާ ނެގި ނަމަވެސް މިއީ މަޖާ ކަމަކަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

މިހާރު މި މީދަލުގެ ވެރިފަރާތްވެސް ވަނީ ހޯދިފައެވެ. އެލްވިން ލޮޕޭޒް ނަމަކަށް ކިޔާ އެ އަންހެން މީހާ ބުނެފައިވާ ގޮތުގައި އެ މީދަލަކީ މީގެ އަހަރުތަކެއް ކުރިން އެކި ފާޑުފާޑުގެ ފޮރި ބޭނުންކޮށްގެން ހެލޮވީން އަށް އޭނާ ހެދި މީދަލަކެވެ. އަދި އޭނާގެ ގޭގައި އޮއްވައި ބަޔަކު އޭތި ގެންދިޔައީ ކަމަށާއި، އެއީ މީގެ އަހަރެއްހާ ދުވަސް ކުރިން ކަމަށް އެލްވިން ވަނީ ބުނެފައެވެ.

އޭނާ ބުނި ގޮތުގައި އެ މީދާ ހޯދުމަށް ވެސް އޭނާ މަސައްކަތް ކޮށްފައި ވެއެވެ. އެހެން ނަމަވެސް އެއްވެސް މީހަކު އޭނާ އަށް އެހީތެރި ނުވުމުން އެކަން ހުއްޓާލީ ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިންސާނެއް

    މަ ސުރުހީ ކިޔާފަ ބިރުން ހަލާކު ނުވީ ކިރިޔާ. އެކަމަކު މިކިޔާ ނިމުނު އިރު ބޮޑު ޖޯކެއް. ކިހާ ހެއްވާ.....

    97
    2
  2. ސާބަސް

    މީހަކު ދުޅަނުވިޔާ ރަގަޅު

    71
    3
  3. ބޮޑު މީދާ

    މައިކާލޯ!!! މަ ހީކުރީ ސުރުހީ ކީ އިރު އަސްލު ކަމައް!!
    ކަލޭ މެން އޮޅުވާލާނަން މަވެސް ކޮއްމެވެސް ދުވަހަކުން

    53
    2
  4. ހޫ

    އެކަމަކުވާ އަހަރެން ހީކުރީ ނަޖިސްކައިގެން ބިޔަވީ ކަމަށް.

    56
    1
  5. ފޫހިކޮށްލީތި

    😒

    14
    1