އައްޑޫ ސިޓީގައި ތަކުރާރުކޮށް ވައްކަން ކުރަމުން ދިޔަ ދިވެއްސަކު، އެންމެ ފަހުން އަތުލައިގަނެވުމުން ވައްކަން ކުރާނެ ގޮތާއި އޭނާ ވައްކަން ކުރި ގޮތް ކެމެރާ ކުރިމަތީ ތަފްސީލުކޮށް ކިޔައި ދީފިއެވެ.

މީސްމީޑީއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއެއްގައި އޭނާ ވަނީ ވައްކަން ކުރުމަށް ކެފޭއަކަށް ވަދެ އުޅުނު ގޮތް ކިޔައި ދީފައެވެ.

އޭނާ ބުނެފައިވަނީ އެންމެ ފުރަތަމަވެސް އެތަނުގެ ކުޑަ ދޮރު ކުޑަކޮށް ތަޅާލީ ކަމަށާއި، ފަހުން އެތަނުގެ މައި ދޮރުގައި އަޅާފައި ހުރި ދެ ތަޅު، ދަގަނޑު ގަނޑެއް ބޭނުން ކޮށްގެން ހަލާކުކޮށްފައިވާ ކަމަށެވެ. އެއީ ތަކުރާރުކޮށް އޭނާ އެތަނަށް ވަދެފައިވާ ގޮތެވެ.

އޭގެ ފަހުން އެތަނުގައި އެއްޗެހި ރައްކާކުރަން ބަހައްޓާފައި ހުންނަ މޭޒުގެ ދެ ދޮރުފަތް ހުޅުވައި ތަކެތި ނަގާފައިވާ ކަމަށާއި، އެންމެ ފަހުން ވަދެ "އެކްސެލް އެނާޖީ ޑްރިންކް" އަކާއި ޕްރޮޖެކްޓަރެއް ނެގި ކަމަށް އޭނާ ވަނީ އެއްބަސް ވެފައެވެ.

އަދި އެ ޕްރޮޖެކްޓަރު ނަގައިގެން ގޮސް ވިއްކާލާފައިވަނީ ކާކަށް ކަމާއި އެ ވިއްކާލާފައިވަނީ 250ރ. އަށް ކަމަށް ވެސް އޭނާ ވަނީ އެއްބަސްވެފައެވެ. މީގެއިތުރުން އޭނާ ވަނީ އެތަނުން މިހާތަނަށް ވައްކަން ކޮށްފައިވާ މީހުންނާއި، ވައްކަން ކުރި ދުވަސްތައް ވެސް ކިޔައި ދީފައެވެ.

ހިތަދޫގައި ހުންނަ މަޝްރޫމް ގާޑެން ނަމަކަށް ކިޔާ ކެފޭއަކީ އެތަކެއް ފަހަރެއް މަތިން ފަޅާލާފައިވާ ތަނެކެވެ. ވައްކަން ކޮށް ނަގާފައިވާ ތަކެތީގެ ތެރޭގައި އެތަނުގައި ގެންގުޅޭ އަވަނާއި، ކުކުޅުތަކުގެ އިތުރުން މަސްވެސް ނަގާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޕުތުރީ

    ސާބަހޭ ދިވެހިން. މީސްމީހުންގެ ދެލޯވެސް ނަގާނެ އަދި

    32
  2. Anonymous

    ވައްކަން ކުރާ މީހާއަށް ދީނުގައި އޮތް އަދަބު ނުދިނީމަ ވާގޮތް

    18
  3. ހެހެހެ 😂

    ވައްކަން ކޮއްފައޭ ވައްކަން ކޮއްފައޭ

  4. ފަނީ

    މަ ލާންގެންގުޅުނު ހެދުންކޮޅު ވަގަށް ނެގީ ހިތަދޫ މީހެއް. މަ ހިތާވެގެން އުޅުނު މަންޖެ ފާއިވާން ވަގަށް ނެގީ ހިތަދޫ އަންހެނެއް. ހިތަދޫ މީހަކު ދިޔަ މަގަކުވެސް ނޯންނާނެ ދެން މީހަކަށް ބޭނުންކޮށްލެވޭނެ އެއްޗެއް. އެމީހުނާއެކު އުޅެފަ ތިބިބަޔަކު މަމިދެއްކި ވާހަކައަށް އިންކާރެއް ނުކުރާނެ. އެހާވެސް ވަގުވާނެ.

    5
    4
  5. ބޮޑު ފަރަންޖީ

    ހުރިހާވެސް މައްސަލަޔަކީ މަޖިލީސް ދެއިރު ކާ ބޭސްގުޅައެއްހެން ހިތުހުރި ގާނޫނެއް ހަދަމުން ފާސްކުރަމުން ދާއިރުވެސް ވައްކަން ކުރާ މީހުންނާ އި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފިޔަވަޅެއް އެޅޭނެ އެއްގޮތެއްވެސް ނޯވޭ. ބުޅައްބޭ ވަރަށް ލޯބި ވާނެ ވަގުންނާ ފަށްބޯ މީހުން ދެކެ

  6. މަރަދޫ ކިޅިބިތިން

    މުޅި އައްޑު އަތޮޅުގައިވެސް އެންމެ ގިނަ ޕާޓޭން އުޅެނީ ހިތަދޫގައި. މިއީ ދެބަސްވެވެން ނެތް ކަމަށް.

    5
    1