ލޯބީގެ ގުޅުމެއް މި އޮންނަނީ ތަފާތު ދެ މީހެއްގެ މެދުގައެވެ. އެހެންކަމުން ހިތްހަމަނުޖެހޭ ކަންތައްތަކާއި ރުޅި އަންނަ ކަންތައްތަކާއި ދެރަވާ ކަންތައްތަކާއި އަދި އުފާވާ އެެތައް ކަމަކާއި ކުރިމަތިލާން ޖެހޭނެއެވެ. މިފަދަ ކަމަކާއި ދިމާވުމުން އެކަމާއި ރަނގަޅަށް ކުރިމަތި ނުލެވިއްޖެނަމަ އެ ގުޅުމެއް ނިމުމަކަށް ވެސް އައިސްދާނެއެވެ.

ބައިވެރިޔާއާއި މެދު ކަމަކާއި ހިތްހަމަ ނުޖެހިގެން ނުވަތަ ރުޅިއައިސްގެން ވިޔަސް އެންމެ އާއްމުކޮށް ކުރެވޭ ކަމަކީ ޝަކުވާ ކުރުމެވެ. ޝަކުވާ ކުރުމަކީ ޝަކުވާަ އަޑުއަހަން ޖެހުމުން އެކަމާއި އެންމެން ވެސް ހިތްހަމަ ނުޖެހޭ ކަމެކެވެ. ނަަމަވެސް ކަމެއް ވާއިރަށް އެންމެ ފުރަތަމަ ކުރެވޭ ކަމަކީ ވެސް ޝަކުވާ ކުރުމެވެ. އެކަމުގެ ސަބަބުން ގުޅުންތައް ހީނަރުވެގެންދެއެވެ.

ތިބާގެ ޝަކުވާތައް ބައިވެރިވާ އަޑުއަހަން ބޭނުންވޭ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ޝަކުވާަ ކުރާއިރު މި ކަންތައްތަކަށް ސަމާަލުކަން ދޭށެވެ.

1- އެންމެ ފުރަތަމަ ވެސް ތިބާގެ އިހްސާސްތައް ނުވަތަ ޝަކުވާތައް ކުރާ ވަގުތު ވާަންވާނީ ތިބާއާއި ބައިވެރިޔާ ވެސް ހުސް ވަގުތަކަށެވެ. ރަނގަޅަށް އެކަމަކާއި މެދު ވާަހަކަ ދައްކައިލެވޭނީ ދެ މީހުން ވެސް އެހެން ކަންކަމުން ދުރުވެ، އެކަމަށް ވަގުތު ދީގެންނެވެ. މިގޮތަށް ވާަހަކަ ދައްކާއިރު ޒުވާބު ނުކުރާށެވެ. ރުޅި އައިސްގެން ވާަހަކަ ދެއްކުމުގެ ބަދަލުގައި މަޑުމައިތިރިކަމާއިއެކު ލޯބިން ވާހަކަ ދައްކާށެވެ.

2- ވާހަކަ ދައްކާައިރު ކޮންމެވެސް އެއް ކަމަކާއި ގުޅޭގޮތުން ވާހަކަ ދައްކާށެވެ. ތާކުންތާކު ނުޖެހޭ ވާަހަކަތައް އެެގަޑީގައި ނުދައްކާށެވެ.

3- އެކަމެއް ހައްލު ކުރެވޭނެ ގޮތާއި ބެހޭގޮތުން ބައިވެރިޔާއާއި ސުވާލު ކުރާށެވެ. އެކަން ހައްލުކޮށްދިނުމަށް ބައިވެރިޔާއަށް ކޮށްދެވޭނެ ކަންތައްތަކާައިމެދު ވާހަކަ ދައްކާށެވެ.

4- މައްސަލަ ހައްލު ކުރުމަށް ތިބާގެ ފަރާތުން ކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ގަބޫލުކޮށް ތިބާ ވެސް އެ ކަންތައްތައް ހައްލު ކުރާނެކަމަށް ބައިވެރިޔާއަށް ޔަގީންކަން ދޭށެވެ. މައްސަލަ ހައްލުވާނީ ދެ ފަރާތުން ވެސް އެކަމަށް މަސައްކަތް ކުރުމުންކަން ދަންނާށެވެ.

5- މައްސަލައެއް ޖެހޭ ކޮންމެ ފަހަރަކު ގުޅުން ހީނަރު ނުކުރާށެވެ. އެކަމަށްޓަކައި ދެ މީހުން ވެސް ގުޅިގެން މަސައްކަތް ކުރާށެވެ.