މިއީ ބްރައިޓްސައިޑް އިން އާންމު ކުރި ކުރެހުމެކެވެ. ބަލާބެލުމަށް ވަރަށް އާދައިގެ ފޮޓޯ އެއްވެސް މެއެވެ. ނަމަވެސް ބްރައިޓްސައިޑް އިން މި ފޮޓޯ އާންމު ކުރީ މި ފޮޓޯ ގައި 8 މައްސަލަ އެއް ވާކަމަށާއި، އެމައްސަލަތަށް ފޮޓޯ ބަލާމީހުން ހޯދައި ދިނުމަށެވެ. ކަންތަކާ ލައިގަތީ ދޯ އެވެ.  އެއްބަޔަކު މީސްމީޑިއާގައި މި ފޮޓޯ ޝެއާރ ކުރަމުން ދާއިރު، އަނެއްބަޔަކު 8 މައްސަލަ ނުފެނިގެން ރުޅިގަދަ ވަނީ އެވެ.

މި ފޮޓޯ އިން 8 މައްސަލަ ހުރެއްޖެ ކަމުގަ ވަނީނަމަ، އެ ހޯދުމަށް އެމީހަކު އެފްބީއައި ނުވަތަ ޑިޓެކްޓިވް އެޖެންޓްއަކަށް ވާކަށް ވެސް ނުޖެހޭނެ އެވެ. އެހެން ކަމުން މި ފޮޓޯ އިން 8 މައްސަލަ ހޯދަން ވަގުތު ބޭކާރު ކުރާނެ ކަމެއް ނެތެވެ. މިލިއުމުގައި މި ފޮޓޯގައި ހުރި 8 މައްސަލަ ހިމަނާލައިފައި، އެންމެންގެ ވަގުތު ސަލާމަތް ކޮށްދީފާނަމެވެ.

1- ވައި ޖެހި ގަސްތަށް ލެބިގެން ދާ ގޮތް.

ވައި ޖެހޭނީ ކޮންމެ ވެސް އެއްފަޅި އަކަށެވެ. ނަމަވެސް މި ފޮޓޯއިން ފެންނަނީ ގަސްތަށް ލެބިގެން ދަނީ ވަޔާއި އެއްކޮޅަށް ކަމުގައި ވަނީ ނަމަ، ގޭގެ ފުޅައްމަތިން އަރާ ދުން، ވަޔާއި ދެކޮޅަށް ދިޔުމަކީ ވެގެން ވާނެ ކަމެއް ނޫނެވެ.

2- އަހު ގެ މިސްރާބު ހުރި ގޮތް.

މި ފޮޓޯއިން ފެންނަ އަހު ގެ މިސްރާބު ހުރި ދިމާ އިދިކޮޅަށް ކަން ވަރަށް ރަނގަޅަށް އެބަ އިނގެެވެ. އެގޮތުން ކޮންނަމުން ދާ ފަސްގަނޑު ގެ މަތީގައި އަސް ހުރުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.

3- އެންމެ ދިގު ގަހުގަ ގަހާއި ނުގުޅޭ ގޮފިގަނޑެއް.

ފޮޓޯ ގެ ވާތް ފަރާތު މެދެއްހާ ހިސާބުގަ އެހުރީ ދިގު ކަޅުވަކަރު ގަހެކެވެ. މައްސަލަ އެއް ނެތްތާދޯއެވެ. އެހެން ނަމަވެސް އެ ގަހުގެ މެދު އަރިމަތިން ނުކުމެފަ އިން ގޮފިގަނޑަކީ އަޖައިބެއް ހެއްޔެވެ. ދިވެހި ރުއްކެއްގައި ދޮންކެޔޮ އާޅައިފާނެ ހެއްޔެވެ؟ އެވަރުކަމެއްވެސް ވެދާނެއެވެ.

4- އިރުގެ އަލިން އެޅިފަ ހުރި ހިޔަނި

މީއި ވަރަށް ބޮޑު މައްސަލަ އެކެވެ. މިއީ ކުރެހުމެކެވެ. މިއީ މޮޅު ފޮޓޯގްރަޕާ އެއް ނަގާފަހުރި ފެޝަން ޕޯޓްރެއިޓް ފޯޓޯ އެއް ނޫނެވެ. އެހެން ކަމުން އެކި ދިމާލުން ލައިޓް ދީގެން ވެސް ނުވާނެ ތާއެވެ. މި ފޮޓޯއިން ފެންނަ މީހާ އާއި ކުައްތާ ގެ ހިޔަނި ދިމާ ދެފަޅީގައި އިނުމުން ވަރަށް ކަންތަށް ގޯސްވީ އެވެ.

5- ގޭޓް ކައިރިއަށް އެޅިފަހުރި ހިޔަންޏަކީ އެ ގޭޓް ގެ ހިޔަންޏެއް ނޫން.

އެ ފޮޓޯ އިން ފެންނަ ގޮތުން ނަމަ ގޭޓް ގެ ހުރަހަށް 5 ފަތި ގަނޑު އަޅާފަ އެބަހުއްޓެވެ. އެކަމަކު އޭގެ ހިޔަނީގައި ވަނީ 4 ފަތިގަނޑެވެ. ވިޔަފާރީ ގެ އުސޫލުން ހިޔަންޔަށް ވެސް ޓެކުސް ނެގީ ކަމަށް ވެދާނެއެވެ. އެހެން ނޫނަމަ 5 ފަތިގަނޑު ހަމަވީސް އެވެ.

6- އިސްކޮޅު ދިމާ ނުވުން.

ފޮޓޯގަ ހުރި މީހާ އާއި އެއް ހަމަ އެއްގައި ހުރި ގެއެއް އެ މީހާ އަށް ވުރެ ކުޑަ އެވެ. ގެ ހަމަ ކުޑައީކަމަށް ވެދާނެއެވެ. ނަމަ ވެސް ކަންބަޅި ތަކަށް ވުރެ ކުއްތާ އެއް ބޮޑުވީމަ ހަމަ ހަޤިޤަތުގަވެސް ކަމަކު ނުދެއެވެ.

7- ގޭގެ ކުޑަދޮރު ތަކުގެ ފޮތި އަޅުވާފަ ހުރީ ބޭރުން.

މިފަހަރު މިވީ ގޮތެއްވެސް ނޭންގެ އެވެ. ޖުހާ އަށް ވުރެ ވަކީ ރަނގަޅެއެއް ނުވި އެއްނުން ހެއްޔޭ ވެސް ބުނެވިދާނެވެ. ގޭގެ ކުޑަދޮރުގެ އަޅުވާ ފޮތިތަށް ބޭރުން އެޅުމަކީ ބުއްދި ޤަބޫލްކުރެވޭ ކަމެއްވެސް ނޫނެވެ. އަދި ޓްރެންޑްއެއްވެސް ނޫނެވެ.

7- ގޭގެ މައިދޮރު ނެތް.

ގެއެއް ވެއްޖެއްޔާ މައި ދޮރު ހުންނަން ޖެހެއެވެ. ނަމަވެސް މި ފޮޓޯއިން މައި ދޮރު ނުފެނެއެވެ. ގޭގޭ އަނެއްފަޅިގައި ހުރީކަމަށް ބުނެ ނިންމާލެވޭކަށް ވެސް ނެތެވެ. ގެއަށް ވަންނަން އޮޅިގަނޑު ވެސް އެބައިނެވެ. އެހެން ވީމަ ކޮންމެވެސް ހިކުމަތެއް އެ އޮޅިގަނޑުގަ ވެސް ވާނެއެވެ.

8- މޫދުގެ ލޮނުގަނޑު ހަމަ ބިމަށް ވުރެ އުސް.

އެއީ މޫދަކަސް، ކޯރަކަސް، ލޮނުގަނޑު ނުވަތަ ކޯރު ފެންގަނޑު ބިމަށް ވުރެ މަތިގައި ހުރެއްޖެއްޔާ ދުނިޔޭގެ އަށްވަނަ އަޖައިބަށް ވެދާނެއެވެ. އެހެން ކަމުން އެއީވެސް މި ފޮޓޯގަހުރި މައްސަލަ އެއްކަމަށް ބަލާއިލަމާހިނގާށެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަހަންނައް ފެނޭ 9 ކަންތައް.ގޭގެ ދޮރު ކޮބާ؟

  2. ދުން ނުބާ ކޮޅަކަށްދިއުން 9 ކަންތަށް ފެނޭ

  3. ވާޖެހޭ ކޮޅުނޫން ކޮޅަށް ގެއިން ދުން އެރުން 9 ކަންތަށް ފެނޭ

  4. މިބުރާންތިން ކޮމެންޓުކުރަނީ އެއްކޮންކިޔާނުލާ.
    ދޭބަލަ ނިއުމާޔާއެކީ ޓުވީޓްކުރަން.

  5. މަތީގަ ކޮމެންޓް ކުރި ދެ މީހުުން ހާދަ މޮޅޭދޯ ދެން! ހެހެހޭ ?

  6. ފާރުމަތީގަ ގަ އެގޮތަށް ގަސް ފަޅާފަ ހުރުން

  7. ކުއްތާގެެ މޫނު މީދަލެއްގެ މޫނަކާ ވައްތަރު

  8. ގެއާއި އެންމެ ކައިރީގަ އޮތް ކަންބަޅީގަ އިނީ ކަޅުކުލައިގެ ބުޅާ ނިގުލެއް.ވަގުތު ކީއްވެތަ ފޮނުވާ ކޮމެންޓު ނުޖަހަނީ....

  9. واااااا چرا خطش اینجوریه?????????