އިންޑިއާގެ ގުޖްރާތް ސްޓޭޓްގައި އުމުރުން 31 އަހަރުގެ މީހަކު ފުލުހަކަށް ހެދިގެން ފައިސާ ހޯދަމުން ދަނިކޮށް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައި ވަނީ ކިރިތް އަމީން ނަމަކަށް ކިޔާ އެ މީހާ ފާއިތުވެދިޔަ ތިން އަހަރު ތެރޭގައި 35 ފަހަރެއްގެ މަތިން މީހުން އަތުން ފޭރުނުކަމަށެވެ. އަދި އެ މަސައްކަތުން އޭނާ 1.30 ކްރޯޑް ރުޕީސް މިހާތަަނަށް ހޯދާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، އަމީން ހައްޔަރު ކުރިފަހުން އޭނާ ވަނީ، އެ ވައްކަންތަކުގައި އޭނާގެ އަންހެނުންނާއި، އިތުރު ފަސް މީހަކު ބައިވެރިވާ ކަމަށެވެ.

އަދި މީހުންގެ އަތުން އޭނާ ފޭރެނީ މީހުންނަށް ހެޔޮ އަގުގައި ރަނާއި، އިންވެސްޓްމެންޓް ސްކީމް ތަކުގެ މައުލޫމާތު ދީ، އެ މީހުން ގެނެސްގެންނެވެ. އެގޮތުން އެ މީހުން ފައިސާ ހިފައިގެން އައުމުން، އަމީން ފުލުހެއް ކަމަށް ހެދިގެން، އޭނާގެ ގޭންގާއެކު އެ މީހުން އަތުން ފައިސާ ފޭރެނީ އެވެ. އަދި ފައިސާތައް ފޭރުމަށްފަހު ފިލަނީއެވެ.

ފުލުހުން އަމީން ހުއްޓުވާފައި ވަނީ، އެފަދަ މިޝަންއެއްގައި އުޅެމުން ދަނިކޮށެވެ. ފުލުހުން އަމީން ހުއްޓުވުމުން އޭނާ ބުނެފައި ވަނީ، އޭނާއަކީ އަމްރާވާދީ ޕޮލިސްގެ ސަބް އިންސްޕެކްޓަރއެއް ކަމަށެވެ. އަދި އޭނާ ވަނީ އެ މީހުންނަށް އޭނާގެ ކާޑުވެސް ދައްކާފައެވެ. ނަމަވެސް، ފުލުހުންނަށް ވަނީ އެއީ ފޯރޖް ކޮށްފައިވާ ސޮއެއް ކަން އެނގިފައެވެ. ފުލުހުން ވަގުތުން އޭނާ އާއެކު އިތުރު މީހުންވެސް ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޯން

    ޜާއްޖޭގައި ފުލުހަކަށް ހެދިގެން ފައިސާ ނެގިވާކަކަ ފުލުސްއޮފީހައް ހުށަހެޅީމާ ކުއްވެރިވީ މައްސަލަ ހުށަހެޅިމީހާ.

    2
    1