މިއީ ދެކުނު އަތޮޅެއްގެ ރިސޯޓެއްގައި މަސައްކަތް ކުރަމުން ދިޔަ އަންހެނެއްގެ ވާހަކަ އެވެ. މި ހާދިސާ ގެނެސްދީފައި މި ވަނީ، އެ އަންހެން މީހާ އާއި އެއް ރިސޯޓެއްގައި މަސައްކަތް ކުރި މީހަކު "ވަގުތު" އަށް ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް މި ލިޔުމުގައި އަސްލު ނަންތައް ބޭނުންކޮށްފައި ނުވާނެއެވެ.
އެއީ މީގެ ފަސް ވަރަކަށް އަހަރު ކުރިއެވެ. މަރީނާ (އަސްލު ނަމެއް ނޫން) މަސައްކަތް ކުރަމުން ދިޔައީ ދެކުނުގެ އަތޮޅެއްގެ ރިސޯޓެއްގައެވެ. ދިވެހިންގެ ތެރޭގައި އަންހެނުން ރިސޯޓުތަކުގައި މަސައްކަތް ކުރުން އޭރު އާންމު ކަމަކަށް ނުވުމުން އެ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔައީ އޭނާ އާއި އިތުރު ހަތަރު ދިވެހި އަންހެނެކެވެ.
ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތުދިން މީހާ ބުނިގޮތުގައި މަރީނާ އަކީ މަސައްކަތަށް ފަރުވާތެރި އެންމެންނާއިވެސް ވަރަށް ގުޅޭ ރަހުމަތްތެރިއެކެވެ. އޭނާގެ ޑިއުޓީ ނިމުމަށްފަހު ރިސޯޓުގެ ސްޓާފް އޭރިއާގައި މުވައްޒަފުން އެއްވެ އިށީންދެ ތިބުމަށް ހާއްސަކޮށް އޮންނަ ޖޯލިފަތިތަކަށް ގޮސް އުޅެއެވެ. މިހެން ގޮސް އުޅުމުގެ ތެރޭގައި ވަރަށް "ފޮނިވާހަކަ ވެސް ދައްކާ" ކަމަށް އޭނާ ބުންޏެވެ.
"މަރީނާ އެއްދުވަހު ބުނީ އޭނާގެ ހުރެޔޯ ތިން ލޯބިވެރިން. އަހަރެން ފުރަތަމަ ޤަބޫލެއްވެސް ނުކުރަން. އެކަމަކު އޭނާ ވަރަށް ސީރިއަސްކޮށް އެ ވާހަކަ ކިޔާދިން އިތުރަށް. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފަ" މައުލޫމާތު ދިން މީހާ ބުންޏެވެ.
މަރީނާ ބުނެފައިވާ ގޮތުގައި އޭނާ ފުރަތަމަ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެން މީހާ އަކީ ރާއްޖެއިން ބޭރު މީހެކެވެ. އޭނާ އާއި ދިމާވީ 10 ވަރަކަށް އަހަރު ކުރިން ލަންކާގައި އާއިލާއާއިއެކު ކިޔަވަން އުޅުމުގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ. އެއް އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެދެމީހުން ދިރިއުޅުނީވެސް އެކީގައި ކަމަށް މަރީނާ ބުނެފައިވެއެވެ. އޭނާ ބުނިގޮތުގައި މަރީނާ އެދެމީހުން އެކުގައި ނަގާފައިވާ ފޮޓޯވެސް ދައްކާފައެވެ.
ދެން ދެވަނަ އަށް ރައްޓެހިވެގެން އުޅޭ މީހާކަމަށް ބުނާ މީހާއަކީ މާލެ މީހެކެވެ. އެއީ މުއްސަންޖެއް ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް އެއީ އުމުރުން ވަރަށް ދުވަސްވީ މީހެއް ކަމަށާއި، އަދި އެއީ ސައިޑް ބިޓެއް ކަމަށް މަރީނާ ކިޔާދިނެވެ. މަރީނާ ކިޔާދިން ގޮތުގައި އެ ފިރިހެން މީހާ އޮންނަނީ މަރީނާއަށް އޭނާގެ މުދަލުގެ ދެބައިކުޅަ އެއްބައި ދޭން ނިންމާފައެވެ. އަދި މާލެދާ ކޮންމެ ފަހަރަކު އެދެމީހުން ދިމާވާ ކަމަށް މަރީނާ ބުނާ ކަމަށް އޭނާ ބުންޏެވެ.
ލޯބީގެ ގޮތުން މަރީނާ ގުޅިގެން އުޅޭ ތިންވަނަ މީހާއަކީ އެއަތޮޅުގެ އެހެން ރިސޯޓެއްގައި މަސައްކަތް ކުރާ، އޭނާގެ ރަށު މީހެކެވެ. މަރީނާ ބުނާގޮތުގައި އެއީ އޭނާ އަސްލު ލޯބިވާ މީހާ ކަމަށް އޭނާ ބުންޏެވެ. އަދި ދެެން ތިބި ދެމީހުންނާއި، "އުޅެން ފަސޭހައަކަށް ގެންގުޅޭ ދެމީހުން" ކަމަށް އޭނާ ބުނެއެވެ.
މައުލޫމާތުދިން ފަރާތުން ބުނީ މާރީނާ މިގޮތަށް ވާހަކަތައް ކިޔާދިން ފަހުން، އޭނާގެ ހަގީގަތް އޭނާގެ އަސްލު ލޯބިވެރިޔާއަށް ފަޅާ އެރިއެވެ.
ހަގީގަތަކީ އެ އެ ހުރިހާ ދޮގުތަކެއްގެ ސަބަބުން މިއަދު އޭނާއަށް އުފަލެއް ނުލިބުމެވެ.
"އޭނާ ތިންވަނައަށް ރައްޓެހިވެގެން އުޅޭ މީހާއަކީ އަހަރުމެން ވަރަށް ދަންނަ މީހެއް. އަހަރުމެން ބެލިން އެއީ ތެެދެއްތޯ އާއި އެއްޗެހިވެސް،". އަސްލު މަރީނާގެ ހަގީގަތް އެނގުމުން ދެރަވެ އެ ވާހަކަތައް ކިޔާދިން މީހާ ބުންޏެވެ.
މަރީނާ އޭނާގެ ރިސޯޓް ރައްޓެހިންނަށް ކިޔާދިން އެ ވާހަަކަތަކާއެކު އޭނާގެ ހަގީގަތް ބަލަން ފެށީ، އޭނާގެ ތިން ވަނަ ލޯބިވެރިޔާ އެވެ. އެއީ މަރީނާގެ ރިސޯޓުގައި އުޅޭ ރަހުމަތްތެރިން އޭނާގެ "އަސްލު ލޯބިވެރިޔާ"އަށް ހަގީގަތް ކިޔާދިނުމުންނެވެ.
އަސްލު ހަގީގަތް ފަޅާ އެރުން!
މަރީނާ ރާއްޖެއިން ބޭރުގައި ކިޔަވަން އުޅުމުގެ ތެރޭގައި ދިމާވި އެކަކީ، ލޫކާއެެވެ. ލޫކާއާއި އޭނާއަކީ ބޭރުގައި ކިޔަވަން އުޅުނުއިރު، އެކުގައި ދިރިއުޅެމުންދިޔަ ބައެއްކަން ފަޅާއެރީއެވެ. ފަސް އަހަރު ވަންދެން އުޅުނީ އެކުގައެވެ. ލޫކާ އާއި މަރީނާގެ ލޯބީގެ ގުޅުން ފަހުންވެސް އޮތްކަން ހާމަވެގެން ދިޔައީ، ލޫކާ ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އައިސް ނަގާފައިވާ ފޮޓޯތައް ފެނުމުންނެވެ. މަރީނާ އާއި ދެމީހުން އެކުގައި ވަރަަށް ގައިގޯޅިކޮށް ނަގާފައިވާ ފޮޓޯތަކެއް ލޫކާގެ ފޭސްބުކް އައިޑީން ފެނިފައި ވެއެވެ.
މަރީނާއަކީ މީސް މީޑިއާއަށް ފޮޓޯލާ މީހަކަށް ނުވުމުން އެއްވެސް މީހަކަށް އޭނާގެ ދިރިއުޅުމުގެ އެތެރެފުށް ނޭނގެއެވެ.
މިކަން ފަޅާއަރައިގެން، މަރީނާގެ ތިން ވަނަ ލޯބިވެރިޔާއާ މައްސަލަ ޖެހުނީވެސް ކައިވެނި ކުރަން ތައްޔާރުވަމުން ދަނިކޮށެވެ. އެ މީހުންގެ ކައިވެނިވެސް ނިމުމަކަށް އައީ އޭނާގެ ދެވަނަ ލޯބިވެރިޔާގެ ހަގީގަތް ހާމަނުވަނީސް އެވެ.
މަރީނާގެ އެކުވެރިޔާ ކިޔާދިން ގޮތުގައި، އޭނާގެ އެ ކަންތައް ފަޅާއެރުމުން، އެ މީހުންނާއި ވަރަށް މައްސަލަ ޖެހުނެވެ. އަދި މަރީނާ ރިސޯޓްގައި އަމިއްލައަށް މަރުވާންވެސް އުޅުނެވެ. އަދި އޭނާގެ އަސްލު ލޯބިވެރިޔާ ރަށު ތެރޭގައި އޭނާ ފަލީހަތް ކޮށްލާފައިވުމުން، އޭނާއަށް ރަށަށް ދާންވެސް ވަނީ ނުކެރިފައެވެ.
މަރީނާގެ ދެވަނަ ލޯބިވެރިޔާ، އަސްލެއްތަ؟
މަރީނާގެ ދެވަނަ ލޯބިވެރިޔާއަކީ ފައިސާ ވެރިއެއްކަން މަރީނާ އޭނާގެ ރަހުމަތްތެރިންނަށް ކިޔާދިން ނަމަވެސް، އޭގެ ހަގީގަތް އެއްވެސް މީހަކަށް ނޭނގުނެވެ. މަރީނާ އެ ރިސޯޓުން ވަކިވެ ރާއްޖެއިން ބޭރަށް ބަދަލުވީވެސް، ރިސޯޓް ތެރޭގައި އާއި ރަށު ތެރޭގައި އޭނާއާ ގުޅޭގޮތުން ދައްކަމުންދިޔަ ވާހަކަތަކެއްގެ ސަބަބުންނެވެ.
މަރީނާގެ ދެވަނަ ލޯބިވެރިޔާއަކީ ހިޔާލީ ވާހަކައަކަށްވުން ގާތީ، އޭނާގެ އާއިލާ މީހަކަށްވެސް އެކަމުގެ ހަގީގަތް ނޭނގޭތީއެވެ.
އާއިލާއާވެސް ގުޅުން ކެނޑި އޭނާއަށް ލޫކާވެސް ގެއްލުނީ، ކުރެވުނު މޮޔަ ކަންތައްތަކުންނެވެ. އޭނާއަށް އެ ވާހަަކަތައް ދެއްކުނީ މާ ރަނގަޅު ބައެއް ކައިރީގައިކަން ނުވުމާއި، އޭނާގެ ގޯސް އުޅުމުގެ ވާހަކަތައް އެހެން މީހުންނަށް ދެއްކުނީއެވެ.
މަރީނާ މުޅި ރަށު ތެރެއަށް ފަލީހަތްވެ، އޭނާއަކީ އިންނަން ރަނގަޅު މީހެއް ނޫންކަމަށް ގިނަބަޔަކު ސިފަކުރަން ފެށިއެވެ.
މަރީނާއަށް މިކަމުން ލިބުނު ފިލާވަޅަކީ މިއީއެވެ. އެއްވެސް މީހަކަށް ދެރައެއް ދީފައި އޭނާއަށްވެސް އުފަލުގައި ނޫޅެވޭނެެ ކަމެވެ. އަދި އޮޅުވާލައިގެން މާގިނަ ދުވަހަކު ނޫޅެވޭނެ ކަމާއި، ރަހުމަތްތެރިންގެ ފެންވަރުވެސް އޭނާއަށް ހާމަވީ އެވެ.
މިއަދު މަރީނާ ރާއްޖެއިން ބޭރުގައި އުޅެމުން ދަނީ އުފާވެރި ދިރިއުޅުމެއްގައި ނޫން ކަމަަށް، އޭނާއާއެކު ރިސޯޓްގައި މަސައްކަތް ކުރި މީހަކު ބުންޏެވެ. އެގޮތުން އޭނާގެ އުމުރުން މިހާރު 30 އަށްވުރެ މައްޗަށް ގޮސްފައިވާއިރު، މީހަކާއި ކައިވެނި ނުކުރާކަަމަށް ވެެެއެވެ.
ވަރަށް އިބުރަތްތެރި ވާހަކައެއް.
ވަޓް އަ ހޯ.
ކައިވެނިކޮއްގެންތަ ތިޔަމީހުން ގަންނަ ގަނޑެއްގަންނަނީ...؟؟؟
ފިރިހެނުން އުޅޭ ގޮތުގެ ވާހަކަ ވެސް ދައްކަބަލަ.އެކަކާއެކީ އުޅޭ ފިރިހެނަކު ވެސް ނޫޅޭނެ،
ޑިސްލައިކްކޮއްފަ އޮތްވަރުންވެސް އެނގޭ އޭގެ މީހުން ގިނަކަން.
ފިރިހެނުންނައް 3 ހުއްދަ އޭގެނާނައަކީ ހަމަހަމަ ވާންޖެހޭނެ އެކަން ކުރަން އޮންނަގޮތައް އެކަންކުރަންވާނީ
ތީ ޙިޔާލީ ވާހަކައަކާ ބޮޑަށް ވައްތަރީ... ހިހިހި
އެހެންވީމަ އަސްލު އޭނަ ފަޟީޙަތްވުން ދޯ މީގަ މައްސަލައަކީ، ކޮންމެގޮތަކަށް އުޅުނަސް ފަޟީޙަތްނުވިނަމަ އިންނަންވެސް ރަނގަޅުވީސް.. މޯރޑިސް
ހައިރާނެއް ނުވޭ ތި މަންޖެ 3 މީހުން ގެންގުޅެގެން. ތިވައްރަށް އުޅޭ ފިރިހެނުން މުޅިންވެސް އުޅެނީ. އަހަރެން 30 އިން މައްޗައް ދާއިރު އިންނަން ކައިރިވެލާނެ މީހަކުވެސް ނުފެނިގެން މި އުޅެނީ.
ތިކަހަލަ މަރީނާތައް ރާއްޖޭގައި ފަހަކައްއައިސް ވަނީ ގިނަވެފައި.. އަންހެނުން ތަރައްގީކުރަށޭ ކިޔާފަ ކުރާ ކަންކަމަކީ ހަގީގަތުގައި ތިޔަ މަރީނާފަދަ އަންހެނުން އުފެއްދުން.. އަންހެނުންނައް ދޭންޖެހޭ ހެޔޮ ތަރުބިއްޔަތާއި އަދަބުވެރިކަން ދަސްކޮއްދެކައް އެކަކުވެސް ގައުމީފެންވަރުގައި ނޫޅޭ.. ނަތީޖާއަކީ އަންހެނުންތައް އަދަބު އަޚުލާގާއި ހެޔޮ ވިސްނުމުން ދުރުވެ ތިޔަ މަރީނާ ކަހަލަ ފާފަވެރި ދިރިއުޅުންތަކާއި ދިމާލައްގޮސް ހަލާކުވުން. ދެން މިފަދަ މީހުންނައް ލިބޭ ދަރީންނައްވާނީ ކިހިނެތްތޯ.؟
ބުނި ބުންޏޭ ކިޔައިގެންވެސް ތިމީހުން ހަމަ ލިޔެލަނީދޯ؟ އަންތަރީސް!
ހަގީގަތުގަ ގިނަބިޓުން ވަގަށް ގެންގުޅެ މީހު އްނަން އޮޅުވާލުމަކީ ހުނަރެ އް، މިކަމުގަ މަރީނާ ޔަށް ގުޅަ އި އޭނަ މީހުންނަށް އޮޅުވާލާގޮތް ދަސްކުރަންވީ، ހަގީގަތު މަރީނާ މީހު އްނަށް ލަަނޑު ދެނީ ހެޔޮނިޔަތުގަ، އަހަރުމެން އެ އްމެންވެސް ގަބޫލް ކުރަންވާނެ ހެޔޮނިޔަތުގަ ކުރާކަމެށް ގޯހެ އްނުވާނެކަން، އެހެންވީމަ އެއ އްމެން މަރީނާ ޔަށް ސާބަސްދޭންވީ.
މަ ރައްޓެހިވެގެން އުޅުނިން 6 ކުދިންނާ ފަޅާ ނާރާ
މީހުންނަށް ކުރެވޭ ގޯސް ކަންތައްތައް ފަޅާ އަރުވާ މީހުން ބޭޒާރުކުރުމަކީ އިސްްލާމްދީން ހުއްދަ ކުރާ ކަމެއް ނޫން! މީހުން ތައުބާވެފަ ހުންނަ ފަހުން އެކަންކަމުގެ ވާހަކަ ދައްކާ މީހަޔަށް އެފަދަ ކަމެއް ނުޖެހި ނުދާނެކަމަށް އޮވޭ. މީހަަކަށް ގޯސް ކަމެއް ކުރެވުމުން ދޭންވީ ނަޞޭޙަތް ދޯ! އިތުބާރުކުރާތީ ކިޔާދިނުމުން ނަޞޭޙަތް ނުދީ ބޭޒާރު ނުކުރޭ.
ކޮންމެ މީހަކަށްވެސް ފާފަ ކުރެވޭނެ. އަބަދުވެސް މީހާކަށް ދެރައެއް ދެވޭތޯ ކޮންމެ މީހަކުވެސް ބަލަނީ.. ރިވެތި އަޚުލާޤާ ނުލާ ފުރިހަމަ މުސްލިމަކަށް ވޭތަ؟ މި ބުނަނީ އެކުއްޖާ ކުރީ ރަނގަޅު ކަމެކޭ ނުން. ވިސްނާ ފިކުރު ކޮށްބަލަ ހެޔޮ ނުވާނެ !
އަންހެނެއްގެ ވާހަކަ ވީމަ ވަރަށް ގޯސް ދޯ. ފިރިހެނުންނަށް ހަތަރު އަނބިން ހައްގޭ ކިޔާފަ ނުދައްކާ ވާހަަކައެއް. ހަމަ ހެވެނީ.
ފިރިހެނުންނައް 4 އަނބީން ހުއްދަ. އަންހެނުންނައް ހުއްދައީ ފަހަރަކު ފިރިއެއް. މިއީ ނިކަން ނިންމަވާފައިވާގޮތް.. މިއަކައް ބަދަލެއް ނާންނާނެ މިކަމާއި ހިތްހަމަނުޖެހިގެން ބަޔަކު އެފުއް މިފުށައް ޖެހި އަދި ޖަނަވާރުންނާއި ކައިވެނި ކުރިޔަސް ނުވަތަ އެއްޖިންސުން ކައިވެނި ކުރިޔަސް. ވެރިފަރާތަކީ މާތްﷲ އަދި އެވެރިފަރާތައް ކޮންމެ މީހަކުވެސް ރުޖޫއަކުރެވޭނެ އަދި ހިނގާނީ ހަމައެކަނި އެކަލާނގެ ނިންމަވާފައިވާ ގާނޫން. ދުނިޔެމަތީ އުރެދޭނެވަރަކައް އުރެދުނަސް ހަމަ ނިމިގެން ދާންޖެހޭނީ އެކަލާނގެ ހަޒްރަތައް.
"މަރީނާ އެއްދުވަހު ބުނީ އޭނާގެ ހުރެޔޯ ތިން ލޯބިވެރިން. އަހަރެން ފުރަތަމަ ޤަބޫލެއްވެސް ނުކުރަން. އެކަމަކު އޭނާ ވަރަށް ސީރިއަސްކޮށް އެ ވާހަކަ ކިޔާދިން އިތުރަށް. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފަ"
ކީއްވެޔޯ ޤަބޫލުނުކުރަނީ؟
އަހަރެން ގެންގުޅެން 2 އަންހެން ކުދިން 2 މީހުންްގެ އެއްވެސް މައްސަލައެއްނެތް
ދަންނަ ގޮތްއެގޭ ފިރިހެނުންގެ ތެރެއިން %90 ފިރިހެނުންނަކީ ހިލޭ އަންހެނުން ގެންގުޅޭބައެއް
މިދެން ކޯއްޗެއް...މޫދުގައި އުޅޭ ރޮޑެއްގެ ވާހަކަ ކިޔައިދިންނަމަ މާރީތިވާނެ...
އަދިވެސް ގާސިމަށް ފާޑުކިޔާތި...
ދިރިއުޅުން އުފާވެރިކަން ނުވަތަ ނޫންކަން މިނާ މިންގަނޑަކީ ކައިވެނި ތަ؟