ކާއްޓަކީ ދިވެހިންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުން ކުރެވޭ އެއްޗެކެވެ. ތަފާތު އެކި އެއްޗެހި ތައްޔާރުކުރުމުގައި ކާށި ހުނި، ކާށި ކިރު އަދި ކާށީގެ ބޭނުން ކުރެވެއެވެ.

ކާއްޓަކީ ސިއްޙީގޮތުންވެސް ގިނަ ފައިދާތަކެއް ލިބިދޭ އެއްޗެކެވެ. މިގޮތުން ކާށިން ލިބޭ ބައެއް ސިއްޙީ ފައިދާތަކަށް ބަލާލާނަމެވެ.

ކަށިތައް ވަރުގަދަކުރުން

ކާށި ކިރަކީ އޭގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް ހިމެނޭ އެއްޗެކެވެ. މިހެން ވުމުގެ ސަބަބުން ކަށިތައް ވަރުގަދަ ކުރުމަށް އެހީތެރިވެދެއެވެ.

މަސްތަކާއި ނާރުތަކަށް

މަސްތައް ގުޅަކައި، މަސްތކުގައި ރިއްސާނަމަ ކާށިކިރާއެކު ކޮންމެވެސް ކާއެއްޗެއް ބޭނުންކުރާށެވެ. ކާށި ކިރުގައި ހިމެނޭ މެގްނީޒިއަމް އަކީ މިދެންނެވި މައްސަލަ ހައްލުކޮށްދޭނެ މާއްދާ އެކެވެ. މެގްނީޒިއަމް އަކީ ވަރަށް ގިނަ ނާރުގެ ސެލްތަކުގެ ދޮރާށި ބަންދުކޮށްލަދޭ އެއްޗެކެވެ. މެގްނީޒިއަމް މަދުވެއްޖެނަމަ، ނާރު ސެލްތައް ވަރަށް ހީވާގިވާނެ އެވެ. އެއީ ކެލްސިއަމް ނާރުތައް ހީވާގިކޮށް މުރާލިކުރުވާތީ އެވެ. ނާރުތައް އާދަޔާ ޚިލާފަށް ހީވާގިވެ، ހަރަކާތްތެރިވާން ފެށުމުން މަސްތައް ކުރުގެޅި، ވާޅުވާގޮތް ވާނެއެވެ.

ބަރުދަން ކޮންޓްރޯލްކުރުން

ކާށި ކިރުގައި ހިމެނޭ ފައިބަރުގެ ސަބަބުން ކާށި ކިރު ބުއިމުން ފުރިފައި ހުންނަ އިހްސާސް ކުރެވޭނެ އެވެ. ނަތީޖާއެއްގެ ގޮތުން ކެވޭ މިންވަރު މަދުވެ، ބަރުދަން ލުއިވުމަށް އެހީތެރިވެދޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު