އުމުރުން 33 އަހަރުގެ ކެވިން ކިނާޑް ހީކުރީ ނެގުނީ ބިއްލޫރި ކޮޅެއް ކަމަށެވެ. އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އާކަންސަސް "ކްރޭޓާ އޮފް ޑައިމަންޑްސް ސްޓޭޓް ޕާކް" އަށް ގޮސް އުޅުމުގެ ތެރޭގައި އޭނާ ނެގި އެ ބިއްލޫރި ކޮޅަކީ އާދައިގެ އެއްޗެއް ނޫނެވެ. އެއީ ޖަވާހިރެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކެވިން އަށް ފެނިފައިވާ އެ ޖަވާހިރަކީ އެ ޕާކުން ފެނިފައިވާ ދެވަނައަށް އެންމެ ބޮޑު އެއް ޖަވާހިރެވެ.

މިކަމާއި ގުޅިގެން ސްޓޭޓް ޕާކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކެވިން އާއި އޭނާގެ ރައްޓެހި އެ ޕާކަށް ގޮސްފައިވަނީ ޖަވާހިރު ފެންނަ ކަހަލަ ތަކެތި ހިފައިގެންނެވެ. އެހެން ނަމަވެސް އޭނާ އެ ޖަވާހިރު ނަގާފައިވަނީ ބިއްލޫރި ކޮޅެއް ކަމަށް ހިތައި ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އޭނާއަށް ފެނިފައިވަނީ 9.07 ކަރެޓްގެ ޑައިމަންޑެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ޕާކުން މިހާތަނަށް ފެނުނު އެންމެ ބޮޑު ޑައިމަންޑުގައި ހުންނަނީ 16 ކަރެޓް ކަމަށް އެ ޕާކުން ވަނީ ބުނެފައެވެ.

އެ ޖަވާހިރަށް މިހާރު ނަމެއް ދީފައިވާއިރު، އޭނާ ވަނީ އެތަނަށް ޖަވާހިރެއް ފެނޭތޯ ޒިޔާރަތް ކުރާ މީހުންނަށްވެސް އެފަދަ ޖަވާހިރެއް ފެނިދާނެ ކަމަށް ބުނެފައެވެ. އެއީ އޭނާ ދުވަހަކުވެސް ހުވަފެނުންވެސް ދުށް މަންޒަރެއް ނޫން ކަމަށާއި އެހެން ނަމަވެސް އެކަމެއް ދިމާވުމުން އުފާ ކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންނި

    ތިޔައް ލާރި ކޮޅެއް ލިބޭގޮތް ވެއްޖެތަ ކާލަން ލާރި ލާރި.