އިންޑިޔާގެ ހައިދްރަބާދުގެ ވިޔަފާރިއެއްގެ އަންހެން ދަރިއަކާއި ކައިވެނިކުރި ފިރިހެނަކު މަރައިލައިފިއެވެ. އުމުރުން 28އަހަރުގެ ޗިންތާ ޔޯގާ ހެމަންތަކީ ކުރަހާމީހެކެވެ.

ހެމަންތުއާއި ވިޔަފާރިވެރިއެއްގެ ދަރިއެއްކަމަށްވާ ޑީ އަވަންތީ ރެޑީއާއި ދެމީހުން ކައިވެނިކޮށްފައިވަނީ އާއިލާގެ ނުގަބޫލުގައި ފިލައިގެން ގޮސް ޖޫން މަހުގެ އެގާރަވަނަ ދުވަހުއެވެ. މިކަމުގެ ސަބަބުން އަވަންތީގެ އާއިލާއިން ވަނީ އެެމީހުންނާއި އެއްކޮށް ގުޅުން ކަނޑާލާފައެވެ.

ހެމަންތްއާއި އަވަންތީގެ ކައިވެންޏަށް ތިން މަސް ވީ ފަހުން އަވަންތީގެ އާއިލާއިން ހަތަރު މީހަކަށް ފައިސާދީގެން ހެމަންތު މަރައިލިއެވެ. ހެމަންތު މަރައިލައިފައިވަނީ ދުއްވަމުން ދިޔަ ކާރަކަށް އެމީހުން އަރައި ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެންނެވެ. ހެމަންތު މަރައިލައިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް ހެމަންތުގެ އާއިލާއަށް އެކަން އެނގިފައިވަނީ މިދިޔަ ހުކުރު ދުވަހުއެެވެ.

ހައިދްރައާބާދުގެ ފުލުހުން ބުނެފައިވަނީ އަވަންތީގެ އާއިލާއިން މި ކައިވެންޏަށް އިންކާރުކޮށްފައިވަނީ ހެމަންތުގެ އާއިލާއަކީ ފަގީރު އާއިލާއަކަށް ވާތީއެވެ. ހެމަންތު ވެސް ކުރެހުމުގެ ދާއިރާއާއި ގުޅުނުތާ އަދި ވީ މަދު ދުވަސްކޮޅެކެވެ. ނަމަވެސް އަވަންތީގެ އާއިލާއަކީ ހައިދްރަބާދުގެ އެކި ހިސާބުތަކުގައި އެތަކެއް ބިންތަކާއި މުދާތަކެއްގެ ވެރި ބައެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެމަންތު މަރައިލުމުގެ ކުރިން، އަވަންތީގެ ދެ ބޮޑުބޭބެއެއް ވަނީ އަވަންތީއާއި ހެމަންތު އުޅޭ ގެއަށް އައިސްފައެވެ. އޭނާ މި ވާހަކަ ވަނީ ހެމަންތުގެ މައިންބަފައިންނާއި ދެ ރަހުމަތްތެރިއެއްގެ ގާތު ބުނެފައެވެ.

ހެމަންތުގެ ބައްޕަ ބުނިގޮތުގައި ހެމަންތުއާއި އަވަންތީ ކާރެއްގައި ގެންދިޔައިރު އެ އާއިއެކު އަދި އިތުރު ދެ ކާރެއް ވެސް ދިޔައެވެ. އެ ކާރުތައް ފަހަތުން ހެމަންތު ބައްޕަ ވެސް ކާރެއްގައި ދިޔަ ނަމަވެސް ވަކި ހިސާބަކުން އޭނާއަށް އެ ކާރުތައް ގެއްލުނީއެވެ/

ފުލުހުން ބުނެފައިވާ ގޮތުގައި މިކަމުގައި ޝާމިލުވާ 18 މީހުންގެ ތެރެއިން 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މިކަމުގެ އެންމެ އިސް ރޯލެއް އަދާކޮށްފައިވަނީ އަވަންތީގެ މައިންބަފައިންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު