އިންޑިއާގައި ހަތަރު މީހުންގެ ގްރޫޕަކުން އަންހެނަކު ރޭޕްކޮށް އޭނާގެ ދޫ ބުރިކޮށްލައިފިއެވެ.

އެ ގައުމުގެ ފުލުހުންނާއި ހަލަވާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ހުޅަނގު އުއްތަރު ޕްރަދޭޝްއަށް އުފަން އުމުރުން 20 އަހަރުގެ އެ އަންހެން މީހާއަށް ފަރުވާ ދެމުން އަންނަނީ ސަރުކާރު ހޮސްޕިޓަލެއްގެ އައިސީޔޫގައި ކަމަށާއި ލިބިފައިވާ އަނިޔާތައް ސީރިއަށް ކަމަށެވެ.

އެކުއްޖާއަށް ފަރުވާ ދެމުން އަންނަ ޑޮކްޓަރުން ބުނެފައިވަނީ އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުން ގިނަ އަދަދެއްގެ ކަށިތައް ބިންދައިގެން ގޮސްފައިވާ ކަމަށާއި އޭނަގެ ދޫވެސް ބުރިކޮށްފައިވާ ކަމަށެވެ.

ހާލު އިތުރަށް ސީރިއަސް ވާނަމަ އިތުރު ފަރުވާއަށް ދިއްލީގެ ހޮސްޕިޓަލަކަށް ބަދަލު ކުރަން ޖެހިދާނެ ކަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

މި ހާދިސާއާއި ގުޅިގެން ތުހުމަތު ކުރެވޭ ހަތަރު މީހުން މިހާރު ހައްޔަރު ކޮށް މިހާރު ވަނީ ޖަލަށް ލާފައެވެ. އަދި އެމީހުންނަށް ރޭޕް ކުރުމުގެ ދައުވާއާއި މަރުގެ ދައުވާ އުފުލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާއާއި ގުޅިގެން އެ އަންހެން ކުއްޖާގެ އާއިލާއިން ބުނީ، އެ މައްސަލައިގައި ފުލުހުން ފުރަތަމަ އެންމެ އެކަށީގެންވާ ގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށާއި އަމަލު ކުރަން ފަށާފައިވަނީ މައްސަލަ ފެންމަތިވެ ގިނަ ބަޔަކަށް އެނގުނު ހިސާބުން ކަމަށެވެ. އެހެން ނަމަވެސް ފުލުހުން ވަނީ މިކަން އިންކާރު ކޮށްފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، އެ މައްސަލައިގައި ފުލުހުން އަމަލު ކޮށްފައިވަނީ ވަރަށް އަވަސް ތަހުގީގެއް ހިންގުމަށް ކަމަށެވެ.

ހަތަރު މީހުންވެގެން އެ ކުއްޖާ ރޭޕް ކޮށްފައިވަނީ އާއިލާގެ މީހުންނާއި އެކީ ދަނޑުގޮވާން ކޮށަން ވެގެން ގޮސް އުޅެނިކޮށް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރުޅިގަދަ

    ތި އުއްތަރު ޕްރަދޭޝް ގެ ހުރިހާ ފިރިހެނުންތައް ވެެއްޖެ އެއްނު ޖަލަށްލާފަ ބައިތިއްބަން😠

    10
  2. ...

    މިވަރުގެ ބަޔަކާ މިއެން.ޑީޕީން ގުޅިގެން މިއުޅެނީ.