ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބޭނުން ކުރަމުން އަންނަ ބޭސްތައް ދެމުންދާ ގޮތައް ގެނެސްފައިވާ ބަދަލަކާއި އެކު މިހާރު ކޮވިޑް-19 އަށް ފަރުވާއެއް ހޯދިފައިވާ ކަމަށް އެމެރިކާގެ ފްލޮރިޑާގެ އެޑްވެންޓްހެލްތު އޮކާލާ އިން ބުނެފިއެވެ.

އެޑްވެންޓްހެލްތުގެ އޮފިޝަލުން މިއަދު ބުނީ މިހާރު ވެސް ލިބެން ހުރި ބޭސްތައް ބޭނުން ކޮށްގެން އެތަނުން ބަލި މީހުންނަށް ދެމުންދާ ފަރުވާ ކާމިޔާބު ކަމަށެވެ.

"މިހާތަނަށް ލިބިފައި ހުރި މައުލޫމާތައް ބަލާއިރު މިއީ ކޮވިޑް-19 އިން ސަލާމަތް ވުމަށް ލިބުނު އާދަޔާއި ހިލާފު ބޮޑު ކާމިޔާބެއް." އެޑްވެންޓްހެލުގެ ޑިރެކްޓަރ އޮފް ފާމަސީ ޑރ.ޗާލެޓް ވިދާޅުވިއެވެ. ޑރ.ޗާލެޓް ވިދާޅުވީ ފްލޮރިޑާގައި ކޮވިޑް-19 ބަލި މީހުންނަށް ދެމުންދާ ފަރުވާގެ ސަބަބުން އެމީހުންގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދީ ފުއްޕާމޭގެ ހާލަތު ރަނގަޅު ކޮށްދޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ހޮސްޕިޓަލްގައި އެޑްމިޓް ކުރި ބަލި މީހުންގެ ތެރެއިން އެއްވެސް މީހަކު ވެންޓިލޭޓަރަށް ލާކަށް ނުޖެހޭ، ހުރިހާ އެންމެން ވެސް މިދަނީ ބަލިން ރަނގަޅުވެ ދޫކުރަމުން. މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުން ވެސް ހިމެނޭ." ޑރ.ޗާލެޓް ވިދާޅުވިއެވެ.

"ފޮކްސް ނިއުސް" އިން ބުނީ އެޑްވެންޓްހެލްތު އޮކާލާގައި އޭޕްރީލް މަހުން ފެށިގެން މިހާތަނަށް އެޑްމިޓް ކުރި މީހުންގެ ތެރެއިން 96.4 އިންސައްތަ މީހުން ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ.

"މިއީ ގިނަ ބޭސްތަކެއް އެއްކޮށްލައިގެން ދެމުންދާ ފަރުވާއެއް. ކޮވިޑް-19 ޖެހުމުން ދިމާވާ އިތުރު ސިއްހީ މައްސަލަތައް މި ފަރުވާގެ ސަބަބުން ކުރިމައްޗަށް ނުވޭ." ޑރ.ޗާލޮޓް ވިދާޅުވިއެވެ.

ނަމަވެސް މިފަރުވާ ދިރާސާތައް އަދިވެސް ދަނީ ކުރިއަށެވެ. ފަރުވާ ފުޅާ ދާއިރާއެއްގައި ހޮސްޕިޓަލްތަކުގައި ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް ކިހައި ދުވަހެއް ނަގާނެ ކަމެއް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ައަހުމަދު

  އަލްހަމްދުﷲ އިންސާނުންނަށް އޮތީ މަސައްކަތްކުރުން ޝިފާ ދެއްވާ ފަރަތަކީ އާލަމްތަކުގެ ވެރިރަސްކަލާނގެ ﷲސުބުހާނަހޫ ވަތައަލާއެވެ .

  106
 2. އަހުމަދުކަލޯ

  ހޫން ރާއްޖޭގަ މާމޮޅޭ 10000 މީހުންނަށް ޖެހުން އިރު 30 މީހުން ރަނގަޅު ނުވީ މާނައަކީ 10000/30 ގުނަ 100 = މާނައަކީ 99.70% މީހުން ރަނގަޅު ވީ... މިތަނުން ހަމަ ލިބެން ހުރި ބޭސް ދީގެން

  36
  4
 3. ސަކީ

  ފަރުވާއެއް ނެތޭ ބުނަނީ ކީއްވެ؟ ފަރުވާއެއް ނުވާނަމަ ކިހިނެއް ބަލިޖެހުމުން އެ ރަނގަޅުވަނީ. ސިހުރު ހަދައިގެންތަ؟

  24
  3