ސުޝާންތު ސިންގ ރާޖްޕުތްގެ މަރަށް ފަހު ފެންމަތިވި މަސްތުވާތަކެތީގެ މައްސަލާގައި އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ކުރިއަށް ގެންދާ ހާއްސަ ތަހުގީގުގެ ތެރެއިން ބޮލީވުޑްގެ މަޝްހޫރު ތިން ތަރިން ކަމަށްވާ ދިޕިކާ ޕަދުކޯން އާއި، ޝްރަދާ ކަޕޫރް އަދި ސާރާ އަލީ ހާންގެ ފޯނު ހިފަހައްޓައިފިއެވެ.
އިއްޔެ މި ތިން ތަރިންވެސް ވަނީ އެންސީބީ އަށް ހާޒިރުކޮށް އިއްޔެ ސުވާލުކޮށްފައެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދިޕިކާ އާއި ސަރާ އަދި ޝްރަދާވެސް ވަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ. އެމީހުން ވަނީ ބައެއް ފިލްމުތަކުގެ ޝޫޓިންގައި ސުޝާންތު މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ވެސް ހެކި ދީފައެވެ.
އެންސީބީ އަށް ވަނީ އެ ތިން ތަރިންނަކީވެސް މަސްތުވާތަކެތި ބޭނުންކުރާ ތިން ތަރިން ކަމަށް ސުޝާންތުގެ ލޯބިވެރިއާ ރިއާ ޗަކްރަބޯތީ މައުލޫމާތު ދީފައެވެ. ރިއާ މިހާރު ހައްޔަރުކޮށްފައި ވާއިރު، އޭނާ ހައްޔަރުކުރުމުގެ ކުރިން ދިން ބަޔާނުގައި ވަނީ މިފަދަ ސުވާލު އުފެދޭ އެތައް ވާހަކަތަކެއް ދައްކާފައެވެ.
އިންޑިއާގެ ނޫސްތައް ބުނާގޮތުގައި، މި ތިން ތަރިންނާއި ވެސް މިހާރު ސުވާލުކޮށްފައިވާއިރު އެމީހުންގެ ފޯނުތައް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ވަނީ ތަހުގީގަށް އަތުލާފައެވެ. އަދި މިކަމާއި ގުޅުންހުރި އިތުރު މީހުންނާއި ސުވާލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.
މިހާތަނަށް ތަހިގީގަށް ފޯނު އަތުލާފައި ވަނީ މި ތިން ތަރިންގެ އިތުރުން ސުޝާންތުގެ ކުރީގެ މެނޭޖަރު ޝަހާ އާއި، ފެޝަން ޑިޒައިނަރ ސިމޯން ހަމްބަތާގެ އެވެ.
މި ހުރިހާ ފޯނެއްވެސް މިހާރު ވަނީ ޑިލީޓުކޮށްފައިވާ މެސެޖުތަކާއި އެހެނިހެން ހެކިތައް ހޯދުމަށް ފޮރިންސިކް ތަހުގީގު ޓީމަށް ފޮނުވާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދިޕިކާ ޝްރަދާ އަދި ސާރާ މިހާތަނަށް އެއްވެސް މަސްތުވާތަކެތީގެ މުއާމަލާތެއް ކޮށްފައިވާކަމެއް އަދި އެންސީބީ އަށް ހޯދިފައެއް ނުވެއެވެ. ރިއާގެ ބަސް ނޫން އިތުރު އެއްވެސް ހެއްކެއް އެމީހުންނާއި ދެކޮޅަށް އަދި ހޯދިފައެއް ނެތް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ތިން ތަރިންގެ ތެރެއިން އެންސީބީ އިން އެންމެ ގިނަ އިރު ވަންދެއް ސުވާލުކޮށްފައި ވަނީ ދިޕިކާ އާއި އެވެ. ދިޕިކާ އާއި ހަ ގަޑިއިރު ވަންދެއް އެމީހުން ސުވާލުކުރި އިރު ދެން ކޮންމެ މީހަކުވެސް އެންސީބީގައި ހޭދަކޮށްފައި ވަނީ ހަތަރު ގަޑިއިރެވެ.
ސްރަދާ އިސް ސޯ ބިއުޓިފުލް ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް