އިންސްޓަގްރާމްއަކީ އެންމެ ނުފޫޒު ގަދަ މީހުން ދިރިއުޅުމުގެ ކަންކަމާއި އެކި މައުލޫމާތުތައް ފޯރުކޮށްދޭން ބޭނުން ކުރާ އެއް ޕްލެޓްފޯމެވެ. އެންމެފަހުން އިންސްޓަގްރާމް ހިލުވާލީ މަޝްހޫރު ކޮމެޑީ ސީރީޒް، ފްރެންޑްސްގައި ރެޗެލް ގްރީންގެ ރޯލު ކުޅުނު ޖެނިފާ އިންސްޓަގްރާމް ބޭނުން ކުރަން ފެށި ޚަބަރާ އެކުގައެވެ.

އިންސްޓަގްރާމްގައި އަނެއްކާވެސް މިވަނީ ރެކޯޑެއް ގާއިމްކޮށްފައެވެ. އިނގިރޭސި ވިލާތަށް ނިސްބަތްވާ 94 އަހަރުގެ ސަ ޑޭވިޑް އެޓެންބޮރޯ މިވަނީ އެންމެ ކުޑަ ވަގުތުކޮޅެއް ތެރޭގައި އެއް މިލިއަން ފޮލޯވަރުން ހޯދުމުގެ ރިކޯޑް މުގުރާލައިފައެވެ.

ނެޗުރަލިސްޓް ޑޭވިޑް އެ ރިކޯޑް މުގުރާލީ އޭނާ އިންސްޓަގްރާމްއާ ގުޅުނުތާ އެންމެ ހަތަރު ގަޑިއިރު ތެރޭގައެވެ.

އޭނާ ޕޯސްޓްކުރި ވީޑިއޯއަކަށް ދެ މިލިއަނަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.

screenshot of david attenborough Instagram account

ޑޭވިޑްއަކީ އާންމުކޮށް މީސްމީޑިއާ ބޭނުން ކުރާ މީހެއް ނޫނެވެ.

އެހެންކަމުން އެނާ އަޕްލޯޑް ކުރި ވީޑިއޯއަކީ އިންސްޓަގްރާމަށް ޚާއްސަކޮށްގެން ރެކޯޑްކުރި މެސެޖެކެވެ.

އޭނާގެ އެކައުންޓް ހިންގަނީ ކޮލިން، ބަޓްފީލްޑް އަދި ޖޯނީ ހިއުޖްސްއެވެ.

ޑޭވިޑްގެ ޕޯސްޓުގައި އޭނާ ވަނީ، ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމްތައް ހުށަހެޅުމުގައި އޭނާ 60 އަހަރު ހޭދަކޮށްފަވާކަން ފާހަގަކޮށްފައެވެ.

އަދި ދުނިޔެވަނީ ނުރައްކަލެއްގެ ތެރޭގައި ކަަމަށް އޭނާގެ އެ ވީޑިއޯގައި ވަނީ އިންޒާރުދީފައެވެ.

https://www.instagram.com/p/CFmR5rmnZ5d/

" ބައްރުތަކުގައި ރޯވަނީ. ގަނޑު ފެންގަނޑު ވިރެނީ. މުރަކަތައް މަރުވަނީ. މަސްތައް ގެއްލެނީ. މި ލިސްޓު ދަނީ ކުރިއަށް" އޭނާގެ ވީޑިއޯގައި ވަނީ ބުނެފައެވެ.

ޖެނިފާ އެއް މިލިއަން ފޮލޯވާސް ހޯދީ ފަސް ގަޑި އިރާއި 16 މިނެޓްގެ ތެރެގައެވެ.

އެއީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

https://www.instagram.com/p/B3o8vWDhlOh/?utm_source=ig_embed

އޭގެ ކުރިން ޑޭވިޑް ބެކަމް ފަދަ ތަރިން ވަނީ މި ރެކޯޑް ހަދައިފައެވެ.