ބުދަ ދުވަހުގެ ރޭ މާލޭގައި ދިން ވަޅީގެ ހަމަލާގައި ޒަހަމްވި ޒުވާނާގެ ފުރާނަ ސަލާމަތްކޮށްދޭން ހޮސްޕިޓަލަށް ގެންގޮސްދިން މީހާއަކީ ކާކުކަން އެނގެން ބޭނުންވާ ކަމަށްބުނެ މިހާދިސާގައި ޒަހަމްވި އަހުމަދު ޝަމާލް ލިއުނު ޕޯސްޓް ފެނިގެން އެމީހާ ހޮސްޕިޓަލަށް ޒިޔާރަތްކޮށްފި އެވެ.

ޝަމާލް ފޭސްބުކްގައި ސްޓޭޓަސް ޖެހުމުން އޭޑީކޭއަށް ގޮސް ޝަމާލް އާއި އެކު އޭނާ ނެގި ފޮޓޯއެއް ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް އޭނާގެ މޫނު ނުފެންނަ ގޮތައް އިމޯޖީއެއް ޖަހާފައި ވުމުން އެއީ ކާކުކަމެއް ނޭނގެއެވެ.

ޝަމާލަށް ހަމަލާ ދިނުމާ އެކު އޭނާ އައިޖީއެމްއެޗަށް ގެންދިޔައީ މަގުމަތިން ދިޔަ އޭނާ ނުދަންނަ މީހެކެވެ.

"އަހަރެންގެ ހާއްސަ ޝުކުރެއް، ސުވާލު ކުރުމެއް ނެތި އަހަރެން އައިޖީއެމްއެޗްއަށް ގެންދިޔަ މީހާއަށް، މިއީ އިންސާނިއްޔަތު ކަމަކީ، އަހަރެންނަށް ތި ފަރާތުގެ ނަމެއްވެސް ނޭނގެ، އަދި ގުޅޭނެ ގޮތެއްވެސް ނޭނގެ. ނަމަވެސް ތި ފަރާތުން އަދާ ކުރި ޒިންމާއިން އަހަރެންގެ ފުރާނަ މި ވަނީ ސަލާމަތްވެފައި". ޝަމާލް ލިޔެފައި ވެއެވެ.

އޭނާއަށް ހަމަލާދީފައި ވަނީ، އުމުރުން 19 އަހަރުގެ ޒުވާނެކެވެ. "ވަގުތު" އަށް އެނގިފައިވާ ގޮތުގައި ވިޔަފާރިވެރިޔާ އަށް ހަމަލާ ދީފައި ވަނީ އޭނާ އާއި ދެބެންދެދަރި މީހެކެވެ. ހަމަލާ ދިން މީހާ ވަނީ ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙަސަނު

    ޙަމަލާ ދިންކަމަށް ޝައްކުކުރެވޭ މީހާ ވަނީ ހައްޔަރު ކުރެވިފަ ފުލުހުންދަނީ މި މައްސަލަ އިތުރަށް ތަޙްޤީޤް ކުރަމުން

    30
  2. ސަމީރު.

    ތިދެ ޒުވާނުންނައްމަރުހަބާ ތިދައްކައަދިނީ ވަރައް ރީތި މިސާލެއް...

    81
  3. ޙަސަން

    މުޖުތަމަޢުގައި އަދިވެސް ރަނގަޅު މީހުން އުޅޭކަމަށްޓަކައި ޝުކުރު ކުރަމެވެ. މިހާރުގެ މުޖުތަމަޢަކީ ވަރަށް ބިރުވެރި އިޙްތިރާމުކުޑަ އެކަކުއަނެކަކާ އަޅާލުންކުޑަ ކޮންމެ މީހަކުވެސް އެމީހަކާ ވެގެން އުޅޭ މުޖުތަމޢެކެވެ. ސިޔާސީ ބައެއް މީހުންގެ ވާހަކަތަކާއި އުޅުންވެސް ހުންނަނީ ވަރަށް ދަށުދަރަޖައުގައެވެ. އެހެންކަމުން ޢާއްމުންނަށްވެސް އެފަދަ އަސަރުތައް ކުރަމުންދެއެވެ. މިއީ ޙަޤީޤަތެވެ.

    89
  4. ރާޖްޕްތު

    މައްސަލަ ދަނީ ފުއްލާ ސްޕީޑުގައި ހުރިހާ ގަލެއް ފަތެއް ފުރޮޅަމުން އިތުރަށްވެސް ބަލަމުން...ވަރަށް ސަލާމް.

    14
    2
  5. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ސްކޫލް ކުދީންގެ ސިލަބަހުގައި ސުލޫކު ގެ ބައި ބޮޑަށް ހިމަނަން ފެނޭ. އަޅުގަޑުމެން ކުޑައިރު މިބައި ވަރަށް ބޮޑަށް އޮވޭ. އެންމެ ފަހުން މާލެ ދެވުނު ފަހަރު އަޅުގަނޑާއި ދިމާވި އޯލެވެލް އިން 3 އޭ ލިބިފައިވާ ޒުވާން ކުއްޖަކާ. އަޅުގަނޑު އަހާލިން، "ފަމަން ޔަޢުމަލް މިސްޤާލަ ޒައްރަތިން ޙައިރަން ޔަރާ، ވަމަން ޔަޢުމަލް މިސްޤާލަ ޒައްރަތިން ޝައްރަން ޔަރާ" މިއާޔަތު ގެ މާނައިނގޭތޯ. އެ ޒުވާން ކުއްޖާ ޖަވާބު ދިނީ ނޭންގޭ ކަމުގައި. (ގިނަފަހަަރަށް ވަޅި ހެރުމާއި މިކަހަލަ ކަންތައް ކުރަނީ ހެއްދެވި ފަރާތަށް އީމާން ތެރިކަން ކުޑަވީމާ).

    35
  6. މުހަންމަދު

    ......ތިގޭންގް ސްޓާރުންގެ ނިޔަތެއް ނޭގޭނެ، ނުފެނި ހުރި ނަމަ މާރަގަޅުވިސް، މާތްﷲ ހުރިހާ ކަމެއް ދެނެވޮޑިގެން ވާނެ.