2000ގެ އަހަރުތަކުގެ ތެރޭގައި އެކްތާ ކަޕޫރުގެ ކަސޯޓީ ޒިންދަގީއަށް ބޮޑު ތަރުޚީބެއް ލިބުނު ނަމަވެސް އެ ތަރުޚީބު ދަމަހައްޓަން ކަސޯޓީ ޒިންދަގީކީ 2 އަށް ވަނީ ނުކުޅެދިފައެެވެ. އެހެންނަމަވެސް މި ޝޯވެސް ހިމެނުނީ ޓީއާރުޕީ ލިސްޓުގެ ކުރީގައެވެ.

މި ޝޯގެ ޝޫޓިން މިދިޔަ ހަފްތާގައި ނިންމާލާފައި ވާއިރު ޝޯގެ ތަރިން ވަނީ ޖަޒުބާތުން ފުރިފައިވާ މެސެޖުތަކެއް މީސްމީޑިއާއަށް ދޫކޮށްލާފައެވެ.

އެގޮތުން ޕްރޭނާގެ ރޯލުން ފެންނަ އެރިކާ ފެނާންޑޭޒް ވަނީ ބަތަލާ ޕޫޖާ މެނެރްޖީ އާއި އެކު ރީތި ފޮޓޯއެއް ހިއްސާކޮށްފައެވެ. އަދި އަނޫރާގްގެ ރޯލުން ފެނުނު ޕާރތް ސަމަތަންވެސް ވަނީ ލޯބިން ފުރިގެންވާ ނޯޓެއް އާއްމުންނާއި ހަމައަށް ދޫކޮށްލާފައެެވެ.

"ކަސޯޓީ އިން އަހަރެން ވީ ރަނގަޅު މީހަކަށް. އަދި ރަނގަޅު އެކްޓަރަކަށް. އަބަދުވެސް ސްޓާޕްލަސް އާއި އެކްތާއަށް ޝުކުރުވެރިވާނަން. އަދި އެކުގައި މަސައްކަތްކޮށްދިން މީހުން ދަސްކޮށްދިން ކަންކަން ދުވަހަކުވެސް ހަނދާން ނުނައްތާނަން. މި ސީރީޒް ނުލިބުނު ނަމަ އަހަރެން މި ހިސާބަކަށް ނާންނާނެ." އޭނާ ވަނީ ލިޔެފައެވެ.

ޕާތް ބުނީ އެހާ ރީތި ސީރީޒްއެއްގައި މަސައްކަތް ކުރަން ލިބުމަކީ އޭނާއަށް ލިބުނު އުފަލެއް ކަމަށެވެ. މީގެ އިތުރުން ކަސޯޓީގައި ހިމެނޭ ސާހިލް އާނަންދުވެސް ވަނީ ޚާއްސަ މެސެޖެއް ހިއްސާކޮށްފައެވެ. އޭނާ ބުނީ މި ޕްރޮޖެކްޓަކީ އުފަލާ މަޖަލުގެ ތެރެއިން ވަރަށް ގިނަ ކަންކަން ދަސްވި ޕްރޮޖެކްޓެއް ކަމަށެވެ.

ކަސޯޓީ 2 ނިންމާލީ އަވަސް އަރުވާލައިގެން ކަމަށް ފޭނުންވެސް ބުނެއެވެ. އަދި އެގޮތަށް އެކްތާ ނިންމީ މިހާރު ބޮލީވުޑްގައި ހިނގާ ނުރަނގަޅު ކަންކަމާއި ގުޅިގެން އެ ޝޯގެ ޕްރޮޑިއުސަރ އެކްތާއަށް ކުރާ ތުހުމަތުތަކައި ގުޅިގެން ކަމަށްވެސް ބައެއް މީހުން ތުހުމަތުކުރެއެވެ.

އެކްތާއަށް ތަފާތު ކުރުމާއި ވަކި ބަޔަކަށް ނާޖާއިޒް މަންފާ ހޯދާ ދިނުމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހިންދީ ޑްރާމާ ސީރީޒް "ކަސައުޓީ ޒިންދަކީ ކޭ" ގެ ސީޒަން ދޭއް ފެށީ 2018 ވަަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ކަސޯޓީ ޒިންދަކީ ކޭ ސިލްސިލާގެ ފުރަތަމަ ސީޒަން ދައްކާފައިވަނީ 2001 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރަށެވެ. އެ މުއްދަތުގައި 1423 އެޕިސޯޑު ދައްކާފައިވެއެވެެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަނީ

    މިހާތަނަށް ބެލުނު ދެވަނަ އަށް އެންމެ ހަޑި އެތި

    2
    1
    • އެސޮރު

      އަސްލުވެސް ކަސޯޓީ 2 ވަރަށް ކަޑަ