ބޮލީވުޑުގެ މަޝްހޫރު އެކްޓަރ ޓައިގަރ ޝްރޯފަކީ އެކްޓިންއާއި ޑާންސް ކުރުމުގެ އިތުރަށް ލަވަ ކިޔުމުގައި ވެސް ކުޅަދާނަ ފަންނާނެކެވެ. ވަރަށް ފަހުން ޓައިގަރ ޝްރޯފުގެ އަމިއްލަ އަޑުން ކިޔާފައިވާ ''އަންބިލީވަބަލް'' ލަވައިން އޭނާގެ ކިބައިގައި ލަވަ ކިޔުމުގެ ހުނަރު ހުރިކަން ވެސް ސާބިތުކޮށްދީފައެވެ.

މި ވާހަކަ ބާއްވަމާ ހިނގާށެވެ.

ޓައިގާ ޝްރޮފްއަކީ ސައުތު ކޮރެޔާގެ ލަވަކިޔުމުން އެންމެ ފާހަގަކޮށްލެވޭ ކޭ ޕޮޕް ގުރޫޕުކަމުގައިވާ ބީޓީއެސްގެ ބޮޑު ސަޕޯޓަރެއްކަމަށްވާއިރު، އޭނާ އެ ޓީމާއެކު ފެނިގެން ގޮސްދާނެތޯ މިހާރު އެއްބަޔަކު އެބަ ސުވާލު ކުރެއެވެ.

ޓައިގާ ޝްރޮފް މި ވަނީ ބީޓީއެސްގެ އެންމެ ފަހުގެ ލަވަ ކަމަށްވާ ''ޑައިނަމައިޓް''އަށް ޑާންސްކޮށް ޓައިގަރ ވަނީ ސޯޝަލް މީޑިޔާއާއި ހިއްސާކޮށްފައެވެ.

ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނީ ބީޓީއެސްއަށް ޓައިގަރ ޝްރޯފް ކުރާ ތާޢީދުގެ އިތުރުން، އޭނާ ވަރަށް ފަހުން އޭނާގެ އަމިއްލަ އަޑުން ލަވައެއް ކިޔައިފައިވާތީ އެވެ.

ލައިވް ސެޝަންއެއްގައި ވާހަކަ ދައްކަމުންދަނިކޮށް ޓައިގަރގެ ސަޕޯޓަރެއް އޭނާއާއި ބީޓީއެސްއާއިއެކު ލަވައެއްގެ މަސައްކަތް ކުރާނީ ކޮން އިރަކުންތޯ ސުވާލުވެސް ކުރިއެވެ.

މި ސުވާލަށް ޖަވާބުދެމުން ޓައިގަރ ބުނެފައިވަނީ އެފަދަ ބޭންޑަކާއިއެކު މަސައްކަތް ކުރުމުގެ ހައިސިއްޔަތެއް ނުވަތަ ގާބިލުކަމެއް ނެތްކަމަށާއި އެއީ ހުވަފެނުން ވެސް ފެނުން ދުރު ކަމެއް ކަމަށެވެ.

ބީޓީއެސްއަކީ މިހާރު މުޅި ދުނިޔޭގައި ވެސް އެންމެ ފާހަގަ ކޮށްލެވޭ ގުރޫޕުތަކުން އެއް ގުރޫޕުކަމަށާއި އެ މީހުންގެ ''ޑައިނަމައިޓް'' ލަވައަށް ޑާންސްކކޮށްފައިވާނެކަމަށެވެ. ބީޓީއެސްގެ ލަވަތައް މުޅި ދުނިޔޭގައި ވެސް މަޝްހޫރުވެގެން ދަނީ އެމީހުންގެ ލަވަތަކުގައި ބުނާ ވާހަކަތަކާއި ދޭ މެސެޖުތަކުގެ ސަބަބުންނާއި އެ މީހުންގެ ހުނަރުވެރިކަމުން ކަމަށް ވެސް ޓައިގަރ ބުނެފައިވެއެވެ.

''ޑައިނަމައިޓް''އަށް ޓައިގަރ ޑާންސްކޮށްފައިވާ ވީޑިއޯއަށް ޓައިގަރގެ ސަޕޯޓަރުންގެ އިތުރަށް ބީޓީއެސްގެ ސަޕޯޓަރުންގެ ވެސް ތާއީދު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޔަނާ

    ޗީޑި.. ބީޓީއެސް ދަ ވޯސްޓް....

    7
    21
    • މަ

      ނެތްތަ އާވަަކައެއް؟

  2. އާރމީ💜💜💜

    ވާއު!👌އާރމީ ފޯރއެވާ💜 ލަވް ޔޫ ބީޓީއެސް😘

    13
    8
  3. މީހެއް

    ބީޓީއެސް އަށް ހަމަ ސާބަސް އަރމީ ފޯއެވާ💜

    7
    5