އިންޑިއާގައި ހަތް އަހަރުގެ އަންހެން ކުއްޖަކު ގޭންގް ރޭޕް ކުރި މައްސަލައިގައި ދެ ކުޑަކުދިން ހައްޔަރު ކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ ގޮތުގައި އެ ދެ ފިރިހެން ކުދިންނަށް އެ އަންހެން ކުއްޖާގެ އާއިލާ އިނގޭއިރުވެސް އަހަރެއް ވަންދެން އެކުއްޖާ ވަނީ އެކި ފަހަރު މަތިން ރޭޕް ކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން އެ ދެކުދިން ހައްޔަރު ކޮށް ޖުވެނައިލް ހޯމް އަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ކުޑަކުދިން ކަމަށްވުމުން ފުލުހުން އިތުރު މައުލޫމާތެއް އާންމު ކޮށްފައެއް ނުވެއެވެ.

ރޭޕްގެ ޝިކާރައަކަށްވި ކުއްޖާގެ މަންމަ ވަނީ އެ ދެ ފިރިހެން ކުދިންނާއި ގުޅޭ ގޮތުން ބަޔާން ދީފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އޭނާއަށް އެކުދިން އެނގޭ ކަމަށާއި 2019 ވަނަ އަހަރުން ފެށިގެން އެ ކުދިން އޭނާގެ ދަރިފުޅު ރޭޕް ކުރަމުން އަންނަ ކަމަށެވެ. އަދި އެކުއްޖާއަށް އެކުދިން އިންޒާރު ދިނުމުން ނަފްސާނީވެ، ބިރުވެރިކަމެއްގެ ތެރޭގައި އުޅޭކަންވެސް ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

"އެމީހުން އެކަމެއް ކުރަމުން އަންނަނީ މިދިޔަ އަހަރުން ފެށިގެން. އަދި އެކުއްޖާއަށް ވަނީ އެކި ކަހަލަ އިންޒާރުތައް ދީ ބިރުދައްކާފައި. ދަރިފުޅު އެވާހަކަ އަޅުގަނޑާ ހިއްސާކޮށްފައިވަނީ އިހަަކަށް ދުވަހު" އެކުއްޖާގެ މަންމަ ބުނެފައި ވެއެވެ.