ލޯބިވެރިޔާއަށް ކައިވެންޏަށް އެދި ހުށަހެޅި ފިރިހެނަކަށް ބޮޑު ލަނޑެއް ލިބިއްޖެއެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި ލޯންޗެއް ތެރޭގައި ހުރި އަންހެނަކަށް ކައިވެނި ހުށަހެޅުމަށް އޭނާގެ ލޯބިވެރިޔާ ދެއެވެ. އޭނާ އަންހެން މީހާ ކައިރިއަށް ގޮސްފައިވަނީ ބަނދުރު ކޮށްފައިވާ ލޯންޗަކަށް އަރައިގެންނެވެ.

އެފިރިހެން މީހާ އަންހެން މީހާ ހުރި ލޯންޗު ތެރެއަށް ނުފައިބާ އޭނާއަށް ކައިވެންޏަށް ހުށަހަޅާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އަދި ކުޑައިރުކޮޅެއް ނުވަނީސް ދެމީހުން ބައްދައިގަތުމުގެ ތެރޭގައި އަންހެން މީހާ ހުރި ލޯންޗު ކުއްލި ގޮތަކަށް ކުރިއަށް ޖެހިލައެވެ.

މިވީޑިއޯ ބަލާފައިވާ ފަރާތްތަކުން ބުނެފައިވަނީ އަންހެން މީހާ އުފާވެފައި ހުރި ވަރުން އޭނާއަށް ލޯންޗުގެ ގިއަރުގައި ޖެހުނީ ކަމަށެވެ.

https://twitter.com/theoshantonas/status/1310241716096643078?s=21

މިހާދިސާގައި ފިރިހެން މީހާ މޫދަށް ވެއްޓުނެވެ. އަދި އަންހެން މީހާ ވެއްޓިފައިވަނީ ލޯންޗުގެ ތެރެއަށެވެ. މިއިން އެއްވެސް މިހާކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މިވީޑިއޯ ޓުވިޓާގައި ދައުރުވާން ފެށުމުން 1.4 ލައްކަ މީހުން ވަނީ ބަލާފައެވެ. އަދި ގިނަ ބަޔަކު ވަނީ އެއީ ފަހުގެ ދުވަހެއްގައިވެސް ފެނުނު އެންމެ މަޖާ ވީޑިއޯ ކަމަށް ބުނެފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ ވީޑިއޯ ކުރަން ހުރި މިހާއަށްވެސް ކޮންމެވެސް ވަރެއްގެ އަނިޔާ އެއް ލިބިފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓްރޫ ސްޓޯރީ

    މަގޭ ފިރިމީހާ މަށަށް ޕުރޮޕޯސް ކުރީ މަ މޮޕުޖަހަން ހުއްޓާ. ވީ އުފަލުން ބައްދައިގަތީމަ ކައްސާލައިގެން މުށިގަނޑު މައްޗަށް ދެ މީހުން އެކީ ގުޅައަކަށް ޖެހުނީ..... ވަގުތު ކުދިން މިވާހަކަ ވެސް ޖަހާލައްޗޭ އިނގޭ......

    11
    1
  2. ޓްރޫ ސްޓޯރީ

    މަގޭ ފިރިމީހާ މަށަށް ޕުރޮޕޯސް ކުރީ މަ މޮޕުޖަހަން ހުއްޓާ. ވީ އުފަލުން ބައްދައިގަތީމަ ކައްސާލައިގެން މުށިގަނޑު މައްޗަށް ދެ މީހުން ގުޅައަކަށް ޖެހުނީ.

    8
    2