"އެވްރީތިންގ ރިޒް ކޭކް"އަކީ މިހާރު ވަރަށް މަޝްހޫރު ޓްރެންޑެކެވެ. މީސް މީޑިއާގައި މިއަހަރު ތެރޭގައި އާއްމުވި މި ޓެރެންޑަށް ބަލާލުމުން، މި އިނގެނީ ދުނިޔޭގެ އެތަން މިތަނުގައި ވަރަށް ކުޅަދާނަ ކޭކެ އަޅާ މީހުން އުޅޭ ކަމެކެވެ.

މި ޓްރެންޑަކީ، ކޮންމެވެސް އެއްޗަކާއި އެއްވަތަރުކޮށް ކޭކެ އެޅުމަށްފަހު މީސް މީޑިއާއަށް ދޫކޮށްލާ ޓްރެންޑެކެވެ. މި ޓެރެންޑުގެ ބައެއް ވީޑިއޯތަކާއި ފޮޓޯތައް ބަލާމުން، މީހުންގެ ކުޅަދާނަކަން ފާހަގަވެއެވެ. މިގޮތަށް ކޭކް އާއްމު ކުރާއިރު، އެ ހެދި ކޭކާއި، އޭގެ އަސްލު ދައްކާލައެވެ. އަދި ކޭކު ފަޅާލުމުގެ ކަންކަންވެސް ކުރިއަށް ދެއެވެ.

މީގެ ތެރެއިންވެސް އެންމެ އަޖައިބުވަނިވި ގޮތަކަށް މި ޓްރެންޑް ކުރިއަށްގެންދިޔަ އެކަކަަށް ވާނީ ޓެކްސަސް އަށް ނިސްބަތްވާ ބޭކާ ނަތާލީ ސައިޑްސާފް އެވެ.

އޭނާ އެޅީ އޭނާއާ ވައްތަރު ކޭކެއެވެ. އެ ކޭކު ބަލާފައި އޭނާއާ ހާދަ ވައްތަރޭ ގިނަބަޔަކު ބުނެފައި ވެއެވެ.

މީގެ ކުރިން އޭނާ މަޝްހޫރު ކަން ހޯދައި ނޫސްތަކަށް ހަބަރު އަރާފައި ވަނީ، އޭނާ އެޅި އަލްފަބެޓް ނޫޑްލްސް ސޫޕް ކޭކާއި އެކުގައެވެ. އެއީ ކޭކެއްކަންވެސް އެއްބަޔަކު ގަބޫލެއް ނުކުރެއެވެ. ނަމަވެސް އޭނާ ވަނީ ޓްރެންޑްގައި ވާގޮތަށް އެ ކޭކް ފަޅާ މަންޒަރުގެ ވީޑިއޯ އާއްމު ކޮށްފައެވެ.

އޭނާ ފަހުން އާއްމު ކުރި އެ ކޭކަަށް ބަލާއިރު، އޭގާއި އޭނާގެ ލޮލާއި، ތުންފަތް ނޭފަތާއި އަދި އޭނާގެ އިސްތަށިގަނޑާއި، ހެދުންވެސް ހުރީ ހަމަ އެއްގޮތަށެވެ. އެހެންކަމުން އޭނާގެ ކުޅަަދާނަ ކަމާއި މެދު ސުވާލުވެސް އުފައްދާކަން ނުޖެހޭނެ އެވެ.

އޭނާ ވަނީ އެ ކޭކާއެކު ހިއްސާ ކުރި ވީޑީއޯގައި އެ ކޭކް ފަޅާފައެވެ. އެއީ މި ޓްރެންޑުގައި ކުރާ އެއް ކަންތަކެެވެ. .

ނަޓަލީ ވަނީ އޭނާ އެ ކޭކެ އެޅި މަންޒަރު ފެންނަ ވީޑިއޯ އޭނާގެ ޔޫޓިއުބް ޗެނަލްގައި ހިއްސާ ކޮށްފައެވެ.