ލޯބިވެރިޔަކު ހޯދަން 11 އަހަރު ވަންދެން ކުރި މަސައްކަތް ވެސް ކާމިޔާބު ނުވުމުން އެންމެ ފަހުން ފޭސްބުކްގައި މުދާ ވިއްކުމަށް ހާއްސަ "ސޭލްސް" ޕޭޖްގައި މީހަކު އަމިއްލައަށް ލިސްޓް ވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ކެޓެރިން އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އަލަން ކްލޭޓޮން ފޭސްބުކްގައި "ވިކެން" ބޭނުން ވެގެން ލިސްޓް ކުރުމަށް ފަހު "މުދަލުގެ" މައުލޫމާތު ހާމަކޮށް ބުނީ "ހިލޭ" ލިބޭނެ "މި މުދަލަކީ ރަނގަޅު ކޮންޑިޝަނެއްގެ މުދަލެއް" ކަމަށެވެ.

ލޮރީ ޑްރައިވަރެއް ކަމަށްވާ ކްލޭޓޮން ބުނާ ގޮތުގައި އޭނާގެ ހުރިހާ ރަހުމަތްތެރިން ކައިވެނި ކުރަމުން ދާއިރު އޭނާ އަށް ހަޔާތުގެ ބައިވެރިޔަކު ނުލިބި ހުރުމުން ކުރެވޭ އިހްސާސްތަކުން ވަރަށް އަވަހަށް އޭނާ ހަޔާތުގެ ބައިވެރިޔަކު ބޭނުން ވެއެވެ. ކްލޭޓޮން ބުނާ ގޮތުގައި ހަޔާތުގެ ބައިވެރިޔަކު ހޯދަން އޭނާ ވަނީ ޑޭޓިން އެޕްލިކޭޝަންތައް ވެސް ބޭނުން ކޮށްފައެވެ. ނަމަވެސް ނަސީބު އަތުގައި ހިފާ ގޮތެއް ނުވިއެވެ.

ކްލޭޓޮން ބުނާ ގޮތުގައި އޭނާ ބޭނުން ވަނީ ވަރަށް މަޖާ، ކަންކަމާއި މެދު މިނިވަންކޮށް ވިސްނާ އަންހެކެވެ.

ފޭސްބުކްގައި ލޯބިވެރިޔަކު ހޯދަން ކުރި އިއުލާނާއި ގުޅިގެން ކްލޭޓޮން އަށް ވަނީ ސަމާލުކަން ލިބިފައެވެ. އޭނާ އިނގިރޭސިވިލާތުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މިހާރު ވެސް ބައެއް އަންހެނުން ވަނީ ޝައުގުވެރިކަން ފާޅުކޮށް އޭނާ އަށް މެސެޖްތައް ފޮނުވާފައެވެ.

އަދި ހަޔާތުގެ ބައިވެރިޔަކު ހޯދަން ކްލޭޓޮން ކުރަމުން އަންނަ މަސައްކަތާއި ގުޅިގެން ވަރަށް ގިނަ މީހުން ހިތްވަރުދީ ވެސް މަސެޖްތައް ކުރަމުން އެބަގެންދެއެވެ. އެފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ށަވިޔަނި

    ތިކަހަލަ ވިސްނުމެއް އުޅޭ ކަހަލަ