އަހަރެމެން އެންމެންނަށް ވެސް ހަނދަކީ ވަރަށް ރީތި އެއްޗެކެވެ. ހުޅުވި ހަނދެއް ފެނުމަކީ އަހަރެމެން އެންމެންގެ ހިތަށް ވެސް ހިތްހަމަޖެހުން ލިބެއެވެ. މިއޮތީ އާހަނދެއްގެ ވާހަކައެވެ. ދުނިޔެ އަށް "އާހަނދެއް" ފެންނަން އެބައުޅޭ ކަމަށް ސައިންސްވެރިން ބުނެއެވެ. މިއީ އާކަމެއް ނޫނެވެ. މިއީ ފާއިތުވި އެތައް ބިލިއަން އަހަރެއްގެ ތެރޭގައި ވެސް ހިނގާފައިވާ ކަމެކެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ހިނގަހިނގައި ހުންނާނެ ކަމެކެވެ.

ދުނިޔެ އަށް އަލަށް ހަނދެއް ފެންނަ އުޅޭ ކަމަށް ސައިންސްވެރިން ބުނީ އޯބިޓްގެ ތެރެއިން ދުނިޔެ އަށް ފެންނަން މިއުޅޭ އެއްޗެއް އެތައް މަސްތަކެއް ނުވަތަ އަހަރުތަކެއް ވަންދެން ނުގެއްލި ފެންނަން އިންނާނެތީއެވެ. މިހާރު އަހަރެމެންނަށް މިފެންނަ ވަރުގެ ބޮޑު ހަނދަކަށް އަލަށް ފެންނަ ހަނދު ނުވާނެއެވެ. އަދި މިހަނދުގެ ސަބަބުން ދުނިޔެއަށް ބޮޑު އަލިކަމެއް ވެސް ލިބިގެންނެއް ނުދާނެއެވެ.

މިފަދަ ހަނދެއް އެންމެ ފަހުން ދުނިޔެ އަށް ފެނިފައި ވަނީ 2006 ވަނަ އަހަރާއި 2007 ވަނަ އަހަރާއި ދެމެދުއެވެ. މިހާރު އަލަށް ފެންނަން މިއުޅޭ ކަމަށް ބުނާ ހަނދު 2021 ވަނަ އަހަރުގެ މެއި މަހާއި ހަމައަށް ދުނިޔޭގެ އޯބިޓްގެ ތެރޭގައި ފެންނަން އިންނާނެ ކަމަށް ބެލެވެއެވެ. ހަނދުން ފެންނަން ފަށާނެ ކަމަށް ބެލެވެނީ އަންނަ އޮކްޓޯބަރ މަހުއެވެ.

ނަމަވެސް ބައެއް ސައިންސްވެރިން ވަނީ އަލަށް ފެންނަން އުޅޭ ހަނދަކީ އެސްޓްރޮއިޑެއް ނޫން ކަމާއި އެއީ އިންސާނުން ޖައްވަށް ދޫކޮށްލި ކުނިގަނޑެއް ކަމަށް ވެސް ބުނެފައެވެ. އެއީ ކުނިގަނޑެއް ކަމަށް ބައެއް ސައިންސްވެރިން ބުނަނީ ދުނިޔެ އާއި ކައިރިވަމުން އަންނަ "ހަނދުގެ" ވެލޯސިޓީ އެސްޓްރޮއިޑެއްގައި ވެލޯސިޓީ ހުންނަ މިންވަރަށް ވުރެ ދަށްކަމަށް ފާހަގަ ކުރެވޭތީއެވެ.

ފެންނަން އުޅެނީ އެސްޓްރޮއިޑެއްތޯ ނުވަތަ އިންސާނުން ޖައްވަށް ދޫކޮށްލި ކުނިގަނޑެއްތޯ މުޅިން ކަށަވަރު ކަމާއި އެކު ބުނަން އެނގޭނީ އަދި އިތުރު ފޮޓޯ އާއި މައުލޫމާތު ލިބިގެން ކަމަށް ނާސާ އިން ބުނެއެވެ. އެއީ ކޮންމެ އެއްޗެއް ކަމަށް ވީނަމަވެސް ދިއްލިފައިވާ ހަނދެއްގެ ގޮތުގައި އެއެއްޗެއް ދުނިޔެ އަށް ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޮކި

    އެއީ ވީދާލި ހަނދުގެ ބަޔަކަށް ވެދާނެ

    17
    31
    • 🤭

      އަސްތަޤްފިރުﷲ. އެކަލާނގެ ކުޅަދުންވަންތަކަމުން ތީ ނުވާ ކަމެއް. ބިރުވެތިވޭ ތިފަދަ ބަސްތަށް ފަތުރާއިރު. އެންމެ ބަހަކުންވެސް ދުނިޔެއާއި އާޙިރަތް ބަރުބާދުވެދާނެ އެއީ ހައްދުފަހަނަ އަޅައިފިނަމަ

      39
      2
  2. ނަޒާހާ

    މަ ކައިރީ މީހަވު މި ވާހަކަ 2017 ގަ ބުނި

    23
    1
  3. މުހަންމަދު

    ސްޓާލިންކުގެ ކުނިކޮޅެއް ކަންނޭންގެ

    13
    2
  4. ކަމަނަ

    އެހެންވީމާ މިއުޅޭ ޖައްވީ ސައިންސިސްޓުން ޖައްވަށް ކުނިވެސް އަޅަނީތާ ދޯ؟ އެވެސް ބޮޑެތި ހަނދު ވަރުގެ މާސިންގާ ކުނިގަނޑު ގަނޑު ދޯ؟ ލަދުން ބޯ ހަލާކު........... ސައިންސްވެރިން މޫދަށް ކުނި ނާޅާށޭ ކިޔާފަ އެމީހުން ކުނިއަޅަނީ ޖައްވައް....

    18
  5. ފައްޔާޒު

    އެއީ އަންނި ގޭގެ ފާނަ ތަށީގެ މަތިގަނޑު.

    10