އިންޑިއާގެ އުމުރުން 90 އަހަރުގެ މާމައަކު ލެޕްޓޮޕް ދޮށުގައި އިން މަންޒަރު ފެންނަ ފޮޓޯއަށް އެތައް ބަައެއްގެ ސަމާލުކަން ލިބިއްޖެއެވެ. އެ ފޮޓޯއިން ފެންނަ އަންހެން މީހާ، މަރީ މެތިވްސް އެ އިނީ ލެޕްޓޮޕް ކައިރީގައި ހަބަރު ކިޔާށެވެ.

އޭނާގެ ފޮޓޯއަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައި ވަނީ، އޭނާއަށް މާމަ ކިޔާ ފިިރިހެން ދަރިފުޅު އަރުން ތޯމަސް ރެޑިޓްގައި އެ ފޮޓޯ އާއްމު ކުރަމުންނެވެ.

މެތިވްއަކީ1930 އަހަރުގައި ވިހެއި މީހެކެވެ. އެއިރު ލެޕްޓޮޕް ވުޖޫދުވެފައެއް ނުވެއެވެ. އެއިރު ހަބަރުތައް ކިޔާ އުޅެނީ ނިއުސް ޕޭޕަރު ނޫނީ މެގަޒިންތަކުންނެވެ.

އެހެން ނަމަވެސް، މިހާރު އުމުރުން 90 އަހަރުގައި އޭނާ އެ ދަނީ ލެޕްޓޮޕް މެދުވެރިކޮށް ހަބަރު ކިޔަން ދަސްކުރަމުންނެވެ.

My grandmother, aged 90, learning to use the laptop to read the e-newspaper. I think her willingness to accept and adapt to change is really appreciable.
by inindia

އޭގެ ފޮޓޯ މީސް މިޑިއާގައި އާއްމު ވުމާއެކު އެތައް ބަޔަކު އޭނާއަށް ތައުރީފްކޮށްފިއެވެ. އަދި އޭނާ އަށް ގިނަބައެއްގެ ލޯބިވެސް ލިބިއްޖެ އެވެ.

"އަހަރެންގެ މާމައަކީ 90 އަހަރުގެ މީހެއް، މާމަ އެ އުޅެނީ އިންޓަނޭޓް މެދުވެރިކޮށް ހަބަރުތައް ބަލާލާ، ކިޔާލާ ހަދަން ދަސް ކުރަން". މާމަގެ ތިން ފޮޓޯއެއް ހިއްސާ ކުރަމުން އަރުން ރެޑިޓްގައި ލިޔެފައި ވެއެވެ.

އެ ފޮޓޯ އާއްމުވުމާއެކު 8000 އަށްވުރެ ގިނަ ވޯޓު އެއަށް ލިބުނެވެ. އަދި އެތައް ހާސް ބަޔަކު އެ ފޮޓޯއަށް ކޮމެންޓްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު