އިންޑިއާގައި ހަތަރު މީހުންގެ ގްރޫޕަކުން ރޭޕްކޮށް، އަނިޔާ ކުރި އަންހެން މީހާ މަރުވެއްޖެ އެވެ.

އުއްތަރް ޕްރަދޭޝްއަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ އެ އަންހެން މީހާ ރޭޕްކޮށް، އޭނާއަށް އަނިޔާކޮށްފައި ވަނީ މީގެ ތިން ވަރަކަށް ހަފްތާ ކުރިންނެވެ. އެއިރުން ފެށިގެން އޭނާއަށް ފުރަތަމަ ފަރުވާދެމުން ގޮސްފައި ވަނީ އުއްތަރް ޕްރަދޭޝްގެ ހޮސްޕިޓަލެއްގައެވެ. އިއްޔެ ފަހުން އޭނާ ވަނީ ދިއްލީ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

އެންޑީޓީވީގެ ރިޕޯޓްތައް ބުނާގޮތުގައި، ދިއްލީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް، އޭނާ މަރުވީ މިއަދު ހެނދުނު އެވެ.

އެ އަންހެން މީހާއަކީ ރޭޕް ކުރުމަށްފަހު ދިން އަނިޔާތަކުގެ ސަބަބުން ހާލު ވަރަށް ބޮޑަށް ހާލު ދެރެވިއެވެ. އޭނާގެ ހަށިގަނޑުގެ އެތަން މިތަން ބިންދައިގެން ގޮސް، އޭނާގެ ދޫވެސް ވަނީ ބުރިކޮށްލާފައެވެ.

މި މައްސަލައާ ގުޅިގެން މިހާރު އެ ހަތަރު މީހުން ވަނީ ޖަލަށް ލާފައެވެ. އަދި އެ މީހުންގެ މައްޗަށް މިހާރު މީހަކު މަރާލި ކަމުގެ ދައުވާ ކުރާނެއެވެ.

ޑިސްޓްރިކްޓް މެޖިސްޓްރޭޓް ޕަރްވީވް ކުމާރް ލަޒްކަރް ބުނެފައިވާވޮތުގައި، އެ ކުއްޖާގެ ދޫ ބުރީކޮށްލީ ނޫނެވެ. އެހެން ނަމަވެސް އޭނާ މަރާލަން، ރޭޕް ކުރި މީހުން އުޅުމުން، އޭނާ އަމިއްލައަށް ދޫގައި ދަތް އެޅުމުގެ ސަބަބުން ބުރިވީ ކަމަށް އޭނާ ބުނެފައި ވެއެވެ.

މިކަމަކީ 2012 ވަނަ އަހަރު މުޅި އިންޑިއާ ސިއްސުވާލި ނިރްބާޔާ ރޭޕް ކޭސްއާ ވަރަށް އެއްގޮތް ކޭސްއެއްގެ ގޮތުގައި ގިނަބަޔަކު ވަނީ ސިފަކޮށްފައެވެ.

އެ އަންހެން މީހާ ރޭޕްކޮށް،މަރާލަން މަސައްކަތްކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އާއިލާގެ މީހުންނާއި އެކީ ދަނޑުގޮވާން ކޮށަން ވެގެން ގޮސް އުޅެނިކޮށް، އޭނާ ރޭޕްކޮށްލިއިރު، އާއިލާއިން ދަނީ އެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މިލަންދޫ ސޮރު

    އަމިއްލަ ޤައުމުގެ ނިކަމެތި ރައްޔިތުން އެ ޤައުމުގެ ރޭޕިސްޓުން މަރާހުސްކުރާ އިރުވެސް މޯދީ އުޅެނި މި ދިވެހިރާއްޖެ ފަހަތުން ނެއްޓެން ނޭނގިގެން.......ޔާ ﷲ އިންޑިޔާގެ ނުބައި ރޭވުން ބާތިލްކޮށްދެއްވާ އެމީހުންގެ އަޅުވެތި ކަމުން މި ދީނާ ޤައުމު ސަލާމަތްކުރައްވާނދޭވެ. އާމީން

    31
  2. އެމަންޖެ

    آمیـــــــــــــن

  3. 😰😭

    ޔާﷲ