މިހާރު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފެތުރިފައިވާ ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް އެއް މިލިއަނަށްވުރެ ގިނަ މިޔަރު މަރަން ޖެހިދާނެ ކަމަށް ތަޖުރިބާކާރުން ބުނެފިއެވެ.

އެފަރާތްތަކުން އެގޮތަށް ބުނެފައިވަނީ މިޔަރުތަކުގެ ފުރަމޭގައި "ސްކުއަލީން" ނަމަކަށް ކިޔާ ތެލެއް ހުންނާތީއެވެ. "ސްކުއަލީން" އަކީ ބޭހުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. މީގެއިތުރުން ވެކްސިންތަކުގެ ބާރު ގަދަ ކުރުމަށްވެސް "ސްކުއަލީން" ބޭނުން ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮވިޑް-19 އަށް ތައްޔާރު ކުރާ ވެކްސިނަށްވެސް "ސްކުއަލީން" ބޭނުން ކުރަމުން އަންނަ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

"ސްކުއަލީން" ހިމެނޭ ގޮތަށް ތައްޔާރު ކޮށްފައިވާ ބޭހަކީ ރަނގަޅު އެއްޗެއް ކަމަށްވާނަމަ، ދުނިޔޭގެ ހިސާބުތަކަށް ވެކްސިން ފޯރުކޮށްދީ ކޮންމެ މީހަކަށް އެންމެ ޑޯޒެއް ދިނުމަށް 250,000 އެހާކަންހާ މިޔަރު މަރަން ޖެހިދާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ އަންދާޒާ ކޮށްފައެވެ. ވެކްސިންގެ ދެވަނަ ޑޯޒެއް ދޭން ޖެހޭނަމަ މި އަދަދު އިތުރުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ޝާކް އެލައިސްގެ އެކްސްކްލޫސިވް ޑިރެކްޓަރ ސްޓެފަނީ ބްރެންޑް ބުނެފައިވަނީ އެފަދަ ޖަނާވަރުންނަކީ ކުދި ޖަނަވާރުން ގިނަ އަދަދަކަށް ވިހާ އެއްޗެއް ނޫން ކަމަށާއި ޖަނަވާރުންގެ "ސްކުއަލީން"ގެ ބަދަލުގައި އެހެން ކަހަލަ އެއްޗެއް ބޭނުން ކުރުމަށް ވިސްނަން ޖެހޭ ކަމަށެވެ. އަދި އެގޮތަށް އެފަދަ އެއްޗެއް ހުރެއްޖެނަމަ އެކަމަށް ބަރޯސާވުމަށް އޭނާ ވަނީ ގޮވާލާފައެވެ.

އެ ގްރޫޕުން ކޮވިޑް-19ގެ ވެކްސިން އަށް މިޔަރުތައް ބޭނުން ކުރުން ހުއްޓާލުމުގެ ނަމުގައި ޕެޓިޝަނެއް ހުޅުވާލާފައެވެ. އެ ގްރޫޕުން ބުނެފައިވަނީ އަމާޒަކީ 10,000 މީހުން އޭގައި ސޮއި ކުރުން ކަމަށާއި މިހާތަނަށް 9,500 އަށްވުރެ ގިނަ މީހުން ސޮއި ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ެއަލް

    ރާއްޖެ އަށް އާދޭ . ބޯކޮށް އެބައޮތް

    43
    2
  2. މައިނާ

    އަސްތާ މިއޮތީ އަރާދަމާފަ. ރާއްޖޭގެ މަސްކަނޑުތައް މިޔަރުންފުރިފަ. އަވަހަށްއަދޭ ބަލާއާދޭ.

  3. މަށޭ ދެން

    މާތްﷲ އެއްގަމާ ކަނޑުގައި ދިރުން ލެއްވެވީ އިންސާނުންނަށް ޓަކައި.
    ހިމާޔަތޭ ނުކިޔާ ހަމަ ޔޫސް ކުރަންވީ.

  4. މޮޑަން

    އިންސާނުންގެ ބޭނުންތަަކަށް ދުނިޔޭގަ ހުރިހާއެއްޗެއް ލައްވާފަވަނީ މޮޔަނުވޭ މިވަގުތު މިޔަރު ތެލުން ބޮޑުފައިދާއެއް ނެގިދާނެ ރާއްޖެއަށް

  5. އަލިކާ

    ތިޔައިގަ އެންމެ ރުޅިއަންނާނެ މީހަކީ މަނޑޭލާގެ ތޮއްޕެއް އަޅައިގެން އައި އަންސަންސޫކީ އޭނާ ތިޔަމިޔަރުގެ ދައްތައް ބަލާށޯ ގެސްޓުން އަންމަނީކިޔާފަ ހިމާޔައް ކޮއފަ އޮންނަ އެއްޗެއް ތީ މިގައުމުގައި އެސްލުގަ އެކަން ކުރީ އެކަމުން ާމްދަނީ ނަގާ މީހުންގިނަވީމަ އެމީހުންގެ އާމްދަނީ ހިފަހައްތާ އަޅުވެތި ކޮއް ވެރިންނައް ސަލާން ޖެއްސުމުގެ ސަގާފަތއ ދިރުވާ އާލާކުރަން

  6. އަލިކަލޯ / ކައިދާ ގެ

    އާދޭސްކޮއްފަބުނަން ތީގެ އިން 10%ނަމަވެސް މި ގައުމުން ގެންދާގޮތައްހަމަޖައްސަބަލަ ތިޔަކާހުރެ ބޮޑު ވޭނަކަށްވެފަ ވިއްޔަމިއޮތީ