ކޮލަމްބިއާގެ އަންހެނަކު ގެއްލިގެން އޭނާ އާއިލާ އިން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަތާ ދެއަހަރު ފަހުން މޫދުން އޭނާ އޮޔާ ދަނިކޮށް ފެނިއްޖެއެވެ. ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު އަންހެނަކީ 46 އަހަރުގެ އެންޖެލިކާ ގެއިޓާއެވެ.

އެންޖެލިއާ އޮޔާ ދަނިކޮށް ފެނުނީ ކޮލަމްބިއާގެ ޕްއެޓްރޯ ނަމަކަށް ކިޔާ ސަރަހައްދުގެ މަސްވެރިންތަކަކަށެވެ. އޭނާ ފެނުނީ މިދިޔަ ހުކުރު ދުވަހުއެވެ. އޭނާ ފެނުނުއިރު މޫދުގައި އޮންނަތާ އަށްގަޑިއިރު ވެއްޖެއެވެ. އޭނާގެ ފުރާނައަށް ނުރައްކާ ވާވަރުގެ ކަމެއް ދިމާނުވި ނަމަވެސް ގިނަ އިރުތަކެއް ވަންދެން މޫދުގައި އޮތުމުން އޭރު އޭނާގެ ހާލު ވަނީ ވަރަށް ދެރަވެފައެވެ.

އެންޖެލިކާ ކޮލަމްބިއާގެ މީޑިއާތަކަށް ކިޔައިދިން ގޮތުގައި އާއިލާ އަށް ފިލައިގެން އޭނާ މިހުރިހާ ދުވަހު އުޅުނީ އަނިޔާވެރި ފިރިމީހާގެ ކިބައިން ސަލާމަތް ވާން ވެގެންނެވެ. އޭނާ މޫދަށް އެރުނީ ވެސް އަމިއްލައަށް މަރުވާން ވެގެން ކަމަށް އެންޖެލިއާ ބުނެއެވެ.

"އަހަރެންނަށް ލިބުނު ދެކުދިންގެ ތެރެއިން ފުރަތަމަ ކުއްޖާއަށް ބަލިވެ އިން ދުވަހުން ފެށިގެން ފިރިމީހާގެ އަނިޔާތައް ދިޔައީ ތަހައްމަލް ކުރަމުން." 20 އަހަރުގެ ތަޖުރިބާ ކިޔައި ދެމުން އެންޖެލިކާ ބުންޏެވެ.

އެންޖެލިއާ ބުނާ ގޮތުގައި އޭނާއަށް ޖިސްމާނީ އެތައް އަނިޔާއެއް ކުރުމުގެ އިތުރުން ފިރިމީހާ އޭނާ ގެންގުޅުނީ ވެސް ގެއިން ނިކުތަނުދީ ގޭގައި ތަޅުލައިގެންނެވެ. އަދި ފާހާނާއަށް ވަނުމަށް ވެސް ގިނަ ފަހަރު ހުރަސް އަޅަމުން ގެންދިޔަ ކަމަށާއި ފާހާނާ ކުރަން ޖެހުނީ ވެސް ގޭގެ ގޯތި ތެރެއަށް ކަމަށް އޭނާ ކިޔައި ދިނެވެ.

ފިރިމީހާގެ މައްސަލަ އެތައް ފަހަރަކު ފުލުހުންނަށް ހުށަހެޅި ކަމަށާއި ނަމަވެސް ކޮންމެ ފަހަރަކު ވެސް ފުލުހުން އައިސް ފިރިމީހާ ގެންދިއުމަށް ފަހު 24 ގަޑިއިރު ފަހުން ދޫކޮށްލާ ކަމަށް އެންޖެލިކާ ބުންޏެވެ. "ގެއަށް އައުމާއި އެކު އަނެއްކާ އަނިޔާވެރިކަން ކުރިއަށް ވުރެ ބޮޑުވެގެންދޭ." އެންޖެލިއާ ބުންޏެވެ.

އެންމެ ފަހުން ފިރިމީހާގެ އަތުން މަރުވެދާނެ ކަމަށް ހީވުމުން މީގެ ދެއަހަރު ކުރިން އެންޖެލިކާ ވަނީ ގެއިން ނިކުމެގެން ފިލާފައެވެ. ގެއިން ނިކުމެގެން ގޮސް ހަމަސް ދުވަހު އޭނާ އުޅުނީ މަގުމަތީގައެވެ. އެއަށްފަހު ދެން ދިޔައީ އަންހެނުން ބަލަހައްޓާ ތަނަކަށެވެ. ނަމަވެސް އެތަނުގައި އޭނާ އުޅެނިކޮށް އޭނާގެ ފިރިމީހާ އަށް އޭނާ ފެނި އަނެއްކާ އެސަރަހައްދުގެ މަތުމަތިން އޭނާ އަށް އަނިޔާކޮށް ފުރައްސާރަ ކުރަމުން ގެންދިޔައެވެ.

އެންޖެލިއާ މޫދަށް ފުއްމާލީ އޭނާ ދިރިއުޅެމުން ދިޔަ ތަނުން މިދިޔަ ހުކުރު ދުވަހު އޭނާ ބޭރުކޮށްލުމުންނެވެ.

އެންޖެލިއާގެ ދެދަރިންނަށް މިހާރު އެމީހުންގެ މަންމަގެ މައުލޫމާތު ލިބިގެން މަންމަ އާއި ބައްދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ދެދަރިން ވަނީ އެމީހުންގެ މަންމަ ބެލެހެއްޓުމާއި ހަވާލުވާނެ ކަމަށް މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލިބެއްޔާ

    އަނިޔާ ކުރުމެއް ނެތެވެ. އުޅޭހިތްނުވާނަމަ ރީތި ގޮތުގައި ދޫކޮށްލާށެވެ.

    57
  2. Anonymous

    މަހީކުރީ މޫދުގަ2އަހަރުވީއްޔޭ ސަ

    58
    1
  3. ޖޯން

    ދިވެހިންގެ ތެރޭގައިވެސް އެފަދަ ދައްޖާލު ފިރިހެނުން ވަރަށްގިނަ.

    37
    3
  4. މިވެސްދޯ

    2 އަހަރުވަންދެން މޫދުގައި ހޭދަކުރިގޮތް ވިސްނާ ވިސްނާ ނޭނގުނު. އާޓިކަލް ކިޔާލުމުންސާފުވެއްޖެ. ޝުކުރިއްޔާ

    32
    3