މީގެ އެތައް އަހަރެއް ކުރިން ދެކުނު އަތޮޅަކަށް ނިސްބަތްވާ މީހަކު ޖިންނިއެއް ގެންގުޅުނުކަމަށް ވެއެވެ. އޭނާއަކީ ފަންޑިތައިގެ ކަންތައް ކޮންމެވެސް ވަރަކަށް ދަންނަ މީހެކެވެ. އެ ޖިންނިއަކީ އޭނާ ދިޔަ ފަޅުރަށަކުން ގެނައި ޖިންނިއެއްކަމަށް ބުނެ އުޅުނެވެ. އޭނާ އުފަން ރަށަށް އެ ޖިންނި ގެނައީ ވަރަށް ކުޑަކުޑައިރެވެ.

އެ ޖިންނި ރަށުގައި އުޅޭތާ ގިނަ ދުވަސްވީ ނަމަވެސް އެއްވެސް މީހަކަށް އުނދަގުލެއް އެއާއިހެދި ކުރިމަތިވެފައެއް ނުވެއެވެ. އަދި މީހުން ބިރުގަންނަވަންވެެސް މަސައްކަތްކޮށްފައެއް ނުވެއެވެ. އެ އަވަަށުގައި ދިރިއުޅޭ މީހުންނަށްވެސް އެ ޖިންނި ފެނިގެން އެވާހަކަ ދައްކައި އުުނެވެ.

އެ ޖިންނިއަކީ އަންހެން ޖިންނިއެވެ. ޖިންނި އުޅޭކަމަށް ބުނަނީ އެގޭގެ ވެރިމީހާގެ ގޭގައި ހުންނަ ހިރުނދު ގަހެއްގައެވެ. އެ ގަހުގައި ޖިންނި އިންނައިރު، ބައެއް ފަހަރު އަޑުއަޑު ލައްވާކަަމަށްވެސް ވެއެވެ. އެ މީހާ ޖިންނި ގެންގުޅުނީ އެއަށް ނަމެއްވެސް ދީގެންނެވެ. އެ ނަމުން އެ ޖިންނި މުހާތަބް ކުރާކަމަށްވެސް ވެއެވެ. މިއީ މިކަންކަން ފެނުނުކަމަށް ބުނާ ފަރާތްތަކުން ދައްކާދައިވާ ވާހަކައެވެ. ސީދާ އެ ޖިންނި ގެންގުޅުނުކަމަށް ބުނާ އާއިލާ މީހުންގެ ބަޔަކާއި ދިމާވާ ގޮތެއް ނުވިއެވެ.

އެ ވާހަކަ ކިޔާދިން މީހަކު ބުނީ، އެ ޖިންނި ކުޑައިރުއްސުރެ އެގޭގައި އުޅޭއިރު ފަސޭހަކޮށްދިނުމުގެ ގޮތުން ވަރަށް ގިނަ ކަންކަން ކޮށްދޭ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ހެނދުނު ހޭލާއިރު ގޭގައި ހުންނަނީ ކުނި ކަހާފައެވެ. އަދި ގޭތެރެ ސާފް ކުރުމާއި، ގެއަށް މަސް ގެންނަ ދުވަހަކު މަސްތައް ކެނޑުމާއި، ގޭގެ ތެލިތަށި ދޮންނަ ކަމަށް ވެއެވެ.

މިގޮތަށް އެ ޖިންނި ވަރަށް ބޮޑުވަންދެން އެ އާއިލާއަށް އެހީތެރިވަމުންދިން ކަމަށް ވެއެވެ.

ނަމަވެސް އެ ޖިންނީގެ ހަބަރެއް ނުވާތާ ގިނަ ދުވަސްވެގެން އެ އަވަށުގެ މީހަކު އެ ޖިންނި ގެންގުޅުނުކަމަށް ބުނާ މީހާ ކައިރިން އެހުމުން ބުނީ، އެރަށު މީހަކު އެ ޖިންނި މަރާލާފައިވާކަަމަށެވެ.

ނޯޓް: މިއީ ދެކުނުގެ އަތޮޅެއްގައި މީހަކު ގެންގުޅުނު ކަމަށް ބުނާ ޖިންނިއެއްގެ ވާހަކައެވެ. މި ވާހަކަ ކިޔާދީފައި ވަނީ އެ ޖިންނި ލޮލަށް ފެނުނު މީހެކެވެ. އަދި އެ ޖިންނި ގެންގުޅޭ މީހާ ދިރިއުޅޭ ހިސާބުގައި އުޅުނު މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޖިންނި

    އެގޮތަށް ގޭގޭގައި މަސައްކަތް ކުރަންއުޅޭ ޖިންނިއަށް ކިޔަނީ އަވަށްޓެހި ކުދިން...

  2. ރެޓޭ

    ރޯމަރު، ރޯ ބުހުތާން ދޮގު!

  3. ލޮލް.

    ހީވީ ކުޑަ ކުއްޖަކަށް ވާހަކަ އެއް ކިޔައި ދީފަ އޮތް ހެން

    • Anonymous

      ތި ދޮގެއް ނޫން. ނޭގުނަސް ވާނެ ވާހަކަ ދައްކަން ?

    • ޅލ

      ތި ދޮގެއް ނޫން. ނޭގުނަސް ވާނެ ވާހަކަ ދައްކަން ?

  4. އަހަރެން

    ތީ އެއްވެސް ތާކުންތާކު ނުޖޭހޭ ހަގީގަތެއްނެތް ފުލޯކު ވާހަކައެއް..!! ތިނޫނަސް ތިކަހަލަ ބައިވަރު ފުލޯކު ވާހަކަތައް ހުރޭ ރަށް ރަށަށް ނިސްބައިތް ކޮށް މީހުން ދައްކާ..

    • ކިހާ ދެރަ

      ދަންނަ ބޭކަލެއްބާ

  5. ހެހެ

    މަ ފާހާނާ ފްލަޝް ކުރަން އޭލިއަނެއް ގެންގުޅެން. އަދި ކުދިން ސްކޫލަށް ލައިދޭން ޑައިނަސޯ އަކާ ފަންކާ ފޮހެން ޑްރޭގަން އެއްވެސް.

  6. އަލިބިޔާއްކަލޯ

    ތީ ހިތަދު އަށް ނިސްބަށްވާ ސ މަރަދޫ ގައި އުޅުނު ކަތީބު ތުއްތުބެއްޔާގެ ވާހަކަދޯ ؟؟؟؟

  7. ތޮއްޑޫ އަލިބެ

    އަލިބެން ރަށުމީހުން ކަރާވެސް ފަޅާ. ތިޔަވަރުގެ ކަރަލެއް ފަޅާލިތަން ނުދެކެން. މެޓާނުވާނެ އެއްޗަަކަށް

  8. ކުޑަކުއްޖާ

    ޢަރުމެންގެ ގެ ކައިރީގައިވެސް ހުރެ ޖިންނިއެއް މަ ކޮންެމެ ދުވަހަކު 4:30މަ ހޭލާ އިރު ފެންނާނެ. މަގެ ދަރިފުޅު ގޮވައިގެން މިސްކިތަ ދާއިރު ގޭގެ ޓްކި ޖަހާ އަޑު އިވޭ

  9. ނަސީރު

    އެ ޖިންނި މަރާލީ ކީއްވެގެން.. އެއައްވެސް އިހްސާންތެރިވާންޖެހޭ.. އެއީ ހަމަ ހެއްދެވިފަރާތުގެ އަޅުން.. އަހަރެމެން ކަހަލަ..

  10. ޙުސާމު

    މިހާރު ނަޞީދުގެ ހަޤީޤީ ވާހަކައެއް ނެތީތަ؟ ފަހަރެއްގައި ނަސީދު ޖިންނިއަކާ އެކު އުޅެފާނެ ، ފަތުން ފެނިދާނެ ޖިންނިއެއްވެސް ރާފުޅި ފެންނަގޮތތައް

  11. ނުރަބޯ

    ފުރަތަމަ ކަމަކީ ޖިއްނި އެސޮރުމެންގެ ކުދިދަރިން އެގޮތަށް ދޫކޮށްލާފަ ނުތިބޭނެކަން.

  12. މަރީ

    ކޮބާ ސިޑިމަތިން ފެންނަ ކުއްޖާ މި ވާހަކަ...

  13. ރ

    ވަރަށް ރީތި

  14. ރީތި ކަން

    ވަރަށް ރީތި

    • ނިޔާ 1010

      މަވެސް ތިކަހަލަ ޖިންނި އެ ބޭނުމީ ވަރަށް އެކަނިވެރި ކޮށް މިއުޅެނީ