ޖަރާސީމުގެ ޒަރިއްޔާއިން ޖެހޭ ނުރައްކާތެރި ބައްޔެއް ޖެހިގެން މިމަސްތެރޭ 34 އެތް މަރުވެފައިވާކަމަށް ޒިމްބާބްވޭގެ ޕާކް އެންޑް ވައިލްޑްލައިފް މެނޭޖްމެންޓް އޮތޯރިޓީން ބުނެފި އެވެ.

އެ އޮތޯރިޓީގެ އޮފިޝަލުން ބުނީ އެތްތައް މަރުވެފައިވާކަމަށް ބެލެވެނީ ޖަރާސީމުގެ ބައްޔެއް ޖެހިގެން ކަމަށާއި ބަޔަކު އެތްތަކަށް ހަމަލާދީފައިވާތަން އެއްތަކުގެ ބޭރުން ފެންނަން ނެތް ކަމަށެވެ. މިފަދައިން އޮފިޝަލުން ބުނީ އެޤައުމުގައި އެތް ތަކުގެ ގުނަވަންތައް ނެގުމަށް ޝިކާރަކޮށް އެތްތައް މަރާތީ އެވެ.

މިއަހަރުގެ ކުރީކޮޅު އެޤައުމުގެ ބޮޓްސްވަނަ އިން ވަނީ އެތައް ސަތޭކަ އެތެއް މަރުވެފަ އެވެ. އޭރުވެސް އެތްތައް މަރުވެފައި ވަނީ މިފަދަ ބައްޔެއް ޖެހިގެން ކަމަށް ބެލެވުނެވެ. މިފަހަރު މަރުވެފައި ވަނިކޮށް ފެނިފައިވާ އެތްތައް ފެނިފައި ވަނީ ހަވަންގް ނެޝެނަލް ޕާކް ސަރަހައްދުންނާއި ވިކްޓޯރިޔާ ޕާކް ސަރަހައްދުންނެވެ. ބައެއް އެތްތަކުގެ ޕޯސްޓްމޯޓަމްވެސް މިހާރު ހަދާފައިވާއިރު އެތްތަކުގެ އެތެރެހަށީގެ ގުނަވަންތައް އިމްފްލޭން ވެފައިވާކަމަށް ޕޯސްޓްމޯޓަމް ރިޕޯޓް ދައްކަ އެވެ.

ވައިލްޑްލައިފް އޮފިޝަލުން ބުނާ ގޮތުގައި އެތްތަކަށް ޖަރާސީމުގެ އަސަރު ކުރަނީ އެތަކެތި ފެންބޯ ތަންތަނުގައި އަލްގޭ އުފެދިފައިވާތީ ކަމަށާއި އަލްގޭއިން އުފެދޭ ޓޮކްސިންސްގެ ސަބަބުން އެތްތަކުގެ އެތެރެހަށީގެ ގުނަވަންތަކަށް އަސަރު ކޮށްގެން ކަމަށެވެ. ޒިމް ޕާކުގެ ބައެއް އެތްތައްވެސް މަރުވެފައިވާއިރު އެތަނުގެ އޮފިޝަލުން ވިއޯން ނޫހަށް މައުލޫމާތު ދެމުން ބުނީ އެންމެ ގިނައިން މަރުވެފައި ވަނީ ކުޑަ އެތްތައް ކަމަށެވެ. އަދި އެންމެ ބޮޑު އެތަކަށް މަރުވެފައި ވަނީ 18 އަހަރުގެ އެތެއް ކަމަށްވެސް ބުނެފައި ވެއެވެ.

ޒިމްބާބްވޭގެ އޮފިޝަލުންނާއި ހަވާލާދީ ބައެއް މީޑިޔާތަކުގައި ބުނެފައި ވަނީ އެޤައުމުން އެތްތައް މަރުވާ މައިގަނޑު އެއް ސަބަބަކީ ހޫނު ވުމާއި ވާރޭނުވެހި ގިނަ ދުވަސްތައް ވުމުން ބަނޑުހައިހޫނުކަމުގެ ސަބަބުން ކަމަށެވެ.