މީގެ އެތައް އަހަރެއް ކުރިން ދެކުނު އަތޮޅަކަށް ނިސްބަތްވާ މީހަކު ޖިންނިއެއް ގެންގުޅުނުކަމަށް ވެއެވެ. އޭނާއަކީ ފަންޑިތައިގެ ކަންތައް ކޮންމެވެސް ވަރަކަށް ދަންނަ މީހެކެވެ. އެ ޖިންނިއަކީ އޭނާ ދިޔަ ފަޅުރަށަކުން ގެނައި ޖިންނިއެއްކަމަށް ބުނެ އުޅުނެވެ. އޭނާ އުފަން ރަށަށް އެ ޖިންނި ގެނައީ ވަރަށް ކުޑަކުޑައިރެވެ.

އެ ޖިންނި ރަށުގައި އުޅޭތާ ގިނަ ދުވަސްވީ ނަމަވެސް އެއްވެސް މީހަކަށް އުނދަގުލެއް އެއާއިހެދި ކުރިމަތިވެފައެއް ނުވެއެވެ. އަދި މީހުން ބިރުގަންނަވަންވެެސް މަސައްކަތްކޮށްފައެއް ނުވެއެވެ. އެ އަވަަށުގައި ދިރިއުޅޭ މީހުންނަށްވެސް އެ ޖިންނި ފެނިގެން އެވާހަކަ ދައްކައި އުުނެވެ.

އެ ޖިންނިއަކީ އަންހެން ޖިންނިއެވެ. ޖިންނި އުޅޭކަމަށް ބުނަނީ އެގޭގެ ވެރިމީހާގެ ގޭގައި ހުންނަ ހިރުނދު ގަހެއްގައެވެ. އެ ގަހުގައި ޖިންނި އިންނައިރު، ބައެއް ފަހަރު އަޑުއަޑު ލައްވާކަަމަށްވެސް ވެއެވެ. އެ މީހާ ޖިންނި ގެންގުޅުނީ އެއަށް ނަމެއްވެސް ދީގެންނެވެ. އެ ނަމުން އެ ޖިންނި މުހާތަބް ކުރާކަމަށްވެސް ވެއެވެ. މިއީ މިކަންކަން ފެނުނުކަމަށް ބުނާ ފަރާތްތަކުން ދައްކާދައިވާ ވާހަކައެވެ. ސީދާ އެ ޖިންނި ގެންގުޅުނުކަމަށް ބުނާ އާއިލާ މީހުންގެ ބަޔަކާއި ދިމާވާ ގޮތެއް ނުވިއެވެ.

އެ ވާހަކަ ކިޔާދިން މީހަކު ބުނީ، އެ ޖިންނި ކުޑައިރުއްސުރެ އެގޭގައި އުޅޭއިރު ފަސޭހަކޮށްދިނުމުގެ ގޮތުން ވަރަށް ގިނަ ކަންކަން ކޮށްދޭ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ހެނދުނު ހޭލާއިރު ގޭގައި ހުންނަނީ ކުނި ކަހާފައެވެ. އަދި ގޭތެރެ ސާފް ކުރުމާއި، ގެއަށް މަސް ގެންނަ ދުވަހަކު މަސްތައް ކެނޑުމާއި، ގޭގެ ތެލިތަށި ދޮންނަ ކަމަށް ވެއެވެ.

މިގޮތަށް އެ ޖިންނި ވަރަށް ބޮޑުވަންދެން އެ އާއިލާއަށް އެހީތެރިވަމުންދިން ކަމަށް ވެއެވެ.

ނަމަވެސް އެ ޖިންނީގެ ހަބަރެއް ނުވާތާ ގިނަ ދުވަސްވެގެން އެ އަވަށުގެ މީހަކު އެ ޖިންނި ގެންގުޅުނުކަމަށް ބުނާ މީހާ ކައިރިން އެހުމުން ބުނީ، އެރަށު މީހަކު އެ ޖިންނި މަރާލާފައިވާކަަމަށެވެ.

ނޯޓް: މިއީ ދެކުނުގެ އަތޮޅެއްގައި މީހަކު ގެންގުޅުނު ކަމަށް ބުނާ ޖިންނިއެއްގެ ވާހަކައެވެ. މި ވާހަކަ ކިޔާދީފައި ވަނީ އެ ޖިންނި ލޮލަށް ފެނުނު މީހެކެވެ. އަދި އެ ޖިންނި ގެންގުޅޭ މީހާ ދިރިއުޅޭ ހިސާބުގައި އުޅުނު މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަނީ

    ވަރަށް ދެރަ. ޖިންނީގެ ހައްގު ކޮބާ؟ މި ކަންތަ ތަހުގީގު ކުރުމަށް މަރު ކޮމިޝަންގެ ހިޔާލީ ރިޕޯޓް ނެރޭ ސޫދު އަށް ހަވާލުކުރަން ފެނޭ

    114
    13
  2. ާަޕޮގުބާ

    ރަތްލާޖެހި ބޮޑުދޮގެއް ގ. ކެނެރީގެ މުހައް މަދު ނަސީދު ވެސް ތިވަރުގެ ދޮގެއް އަދި ނަހަދަ

    68
    27
  3. ސެންޓި

    ރަސޫލަކު ނުވަތަ ނަބިއްޔަކު ފިޔަވައި އެހެން މީހަކަށް ޖިންނި އެއް އަސްލު ސޫރައިގައި ފެނުނު ކަ މަށް ދައުވާ ކޮށްފިނަ މަ އެހަދަނީ ބުހުތާނު ދޮގެެއް.

    42
    22
    • Anonymous

      ރަސޫލުންނާއި ނަބިއްޔުން ނޫނަސް އެހެން އިންސާނުންނަށް ވެސް ޖިންނިން އަސްލު ސޫރައިގަ އާއި އެހެން ބައެއް ސޫރަތަކުގައި ފެންނާނެ. އަދި އެކަމަކީ ދޮގުކުރެވިގެންވާނެ ކަމެއްނޫން.

      58
      5
      • މޮޔައެނޮނިމަސް

        ކީކޭ ބުނާނީ ގަޅި ކަން. މީ ކޮންތާކުން އައިސްގެން އުޅޭ ބައެއް

        16
        3
  4. ހަސަނު

    އަވައްޓެހި ކުދިން މިކަހަލަ ޖިންނި އައް ކިޔަނީ. ކުރީޒަމާނުގަ ރާއްޖޭގަ އާންމު ކަމެއް މީ.

    41
    1
  5. ހާމޯޝް

    ރައްޔިތުންގެ މަޖިލިސްގެ ތެރެއިންވެސް ތިކަލަ ޒާތްޒާތުގެ އެއްޗެހި ފެންނަމުންދޭ. ލޮލީ ހިއްޕަވައިގެން ތިބޭ ޖިންނިންވެސް އެބަ ފެނޭ މިހާރު

    43
    1