ލަވަ ކިޔުމަކީ ހުނަރެއް ނަމަވެސް، އެ ހުނަރު ކުރިއެރުވުމަށް ތަފާތު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ގިނަ ލަވަކިޔުންތެރިން ބުނެއެވެ. ބައެއް ފަހަރު މި ކަމަށް ދެތިން އަހަރުވެސް ވާ ކަމަށް މަޝްހޫރް ގިނަ ލަވަކިޔުންތެރިން ބުނެއެވެ. މިފަހަރުވެސް މިއޮތީ މިފަދަ އާދަޔާޚިލާފު ހުނަރުވެރި ލަވަކިޔުންތެރިއެއްގެ ވާހަކައެވެ. ނުގުނޑާ ފަދަ ވަރުގަދަ އަޒުމެއްގައި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުމުންވެސް މަސައްކަތްކުރި އަޅުގަނޑުމެން އެންމެގެ ހިތުގައި ހާއްސަ މަޤާމެއް ދެވިފައިވާ "ޗައިވާލާ" ގެ ވާހަކައެވެ.

"ޗައިވާލާ" އަކީ އިންޑިއާ އާއި ޕާކިސްތާންގެ މަގުމަތީގައި ސައި ވިއްކަން އުޅޭ މީހުންނަށް ކިޔާ ނަމެއް ނަމަވެސް ދިވެހިންގެ ޗައިވާލާ އަކީ ސައި ވިއްކުމާއި އެއްވެސް ގުޅުމެއް ހުރި މީހެއް ނޫނެވެ. ދިވެހިންގެ ޗައިވާލާ އާއި އަކީ މޯލްޑިވިއަން އައިޑޮލް އިން އެންމެންގެ ހިތްތަކުން ޖާގަ ހޯދި އިބްރާހިމް ޝަމީލް އެވެ.

ސ.ފުރަތަމަ އަމިއްލަ ތައާރަފެއް ދީބަލަ؟

"މިއީ އިބްރާހިމް ޝަމީލް. ކ.މާފުށި. 20 އަހަރު. އުފަންދުވަހަކީ 16 މެއި 1997. އެންމެ ރީތީ ކަޅުކުލަ"

ސ.އައިޑޮލްއިން ވަކިވުމަށްފަހު މިހާރު ކުރަމުން ތި އަންނަކީ ކޮންކަމެއް؟

"އައިޑޮލް ނިންމި ގޮތަށް އަސްލު މި ޕްލޭން ކުރަނީ މާލެ ބަދަލުވެފަ މި ކޮޅުން ޖޮބެއް ނަގައިގެން މި ކޮޅުގަ މިއުޒިކް ސްޓާޓްކުރަން. ދެން މިހާރު މާލެ ބަދަލުވީ މި."

ސ.އައިޑޮލްގެ ކުރިން ދިރިއުޅުނީ ރަށުގަ؟

"ހުމްމް.. އައިޑޮލްގެ ކުރިން އުޅުނީ "އެރީނާ ބީޗް ހޮޓެލް" ގެ ރިސެޕްޝަނިސްޓަކަށް. ދެން އެ ޖޮބުން ކެނޑިގެން އައިޑޮލްއަށް އައީ."

ސ.މިހާރުގެ ޓާރގެޓަކީ ކޮބާ؟

"މާލެއަށް މިބަދަލުވީ މިއުޒިކްގެ ދާއިރާގަ ސީދާ އެކަމަށް ފޯކަސްވެގެން އުޅޭކަށް ނޫން. މި ކޮޅުން ޖޮބަކަށް ވަދެ ކޯސް ފައްޓަން މިއުޅެނީ. ދެން މެއިން ޓާގެޓަކީ މަންމަމެން ރަށުގަ ހުންނަ އިރު، ލާރި އަމިއްލައަށް ހޯދާފަ މަންމަމެންނަށް އެހީއެއް ވުން.

ސ.މިއުޒިކްގެ ދާއިރާއިން ވެސް އެންމެ އިސްކަން ދެނީ ކޮން ބަޔަކަށް؟

"ރިސޯޓް މިއުޒިކް. އެކަން ކުރެވޭތޯ މި ބަލަނީ. އޭކަން ކާމިޔާބު ވެއްޖެއްޔާ ވަރަށް އުފާވާނެ."

ފޮޓޯ: ޕައިންއާޕޭޗާ

 

ސ.އައިޑޮލް ސިފަކުރަނީ ކިހިނެއް؟

"އަސްލު ދިޔައީ އެއްޗެއް ދަސްކުރަން ވެގެން އައިޑޮލްއަށް. ވަކި ޓާގެޓެއް އިނދެގެން މިސާލަކަށް އެއްވަނަ ހޯދާކަށް ނޫން ދިޔައިކީ. ހަމަ އެއްޗެއް ދަސްކޮށްގެން އޭގެ ބޭނުން ރަނގަޅު ގޮތުގަ ކުރަން ބޭނުންވެގެން ދިޔައީ. އެގޮތުން ވަރަށް ގިނަ އެއްޗެހި ދަސްވެއްޖެ"

ސ.މިސާލަކަށް އައިޑޮލްއިން ދަސްވީ ކޯއްޗެއް؟

"އައިޑޮލްއަށް ދާނީ ސިންގިން އެއްޗެހި ދަސްކުރަންދޯ ބޮޑަށް. ދެން ކޯޗްކަން ކޮށްދިނީ ތޭރަ ސާރ. ތޭރަ ސާރ ކައިރިން ކުރިން ނުވެސް އެނގޭ ލަވަކިޔުމުގެ ވަރަށް ގިނަ އެއްޗެހި ދަސްވި. ދެން އާންމު ދިރިއުޅުގަ ޑިސިޕްލީން ވެގެން އުޅޭނެ ގޮތާއި އެކަހަލަ ބައިވަރު އެއްޗެހި ދަސްވި."

ސ.އައިޑޮލްގެ ސަބަބުން ދިރިއުޅުމަށް ކިހާ ބޮޑު ތަފާތެއް އައި؟

"އަސްލު އައިޑޮލްގަ ބައިވެރިވީމަ އޮޕަޗުނިޓީޒް ލިބޭ ތަންތަނުން. ކުރިން ވެއްޖާ އަޅުގަނޑު އަމިއްލައަށް އިނީޝިއޭޓް ވެގެން ވަރަށް ކަންތައްތައް ކޮށްފަ ހުންނާނެ ޕްރެކްޓިސް ކުރަންވެސް. އެކަމަކު މިހާރު ހަމަ ކުދިން ގުޅާފަވެސް ބުނާނެ ޕްރެކްޓިސްކުރަންށާ ތަންތަނަށް އަރަން. އެގޮތަށް ވަރަށް ގިނަ އޮފާޒްތައް އާދޭ މިހާރު"

ސ.އައިޑޮލްގެ ދުވަސްކޮޅު ރައްޓެހިންނާއި އާއިލާގެ ފަރާތުން ކިހާ ބޮޑު އެއްބާރުލުމެއް ލިބުނު؟

"ފެމިލީ ހަމަ ފުލް ސަޕޯޓްދިން. ދެން މަންމަ ހަމަ ލީޑާއަކަށް ހުރެގެން ވަރަށް ހިންގި މި ކަންތައް. ދެން އަޅުގަނޑުގެ ޓީމްގައި މެއިންކޮށް ތިބޭނީ ހަމަ ކަޒިންސްތަކަކާއި ފެމިލީ މީހުން. ދެން ފްރެންޑްސްވެސް މާފުށިންވެސް ވަރަށް ސަޕޯޓިން"

ސ.އައިޑޮލްއާއި ވަކިވާން ޖެހުމުން އެ ވަގުތު ކުރެވުނީ ކޮން އިހްސާސެއް؟

"އަސްލު އެ ގަނޑީގަ އަނެއްހެން ދެރައެއްވެސް ނުވޭ. އެއީ އަމިއްލައަށް ޤަބޫލުކުރަން ކޮންމެވެސް އެއްބަޔަކުކަން މީގަ ހޮވޭނީ. ވަރަށް އުފާވި ކައިރީގަ ހުރި ޒަރޭ ހޮވުނިމަ. އެ އެންމެންނަކީވެސް ފެމިލީއެއް ކަހަލަ ބައެއް."

ސ.ސޯލޯ އަލްބަމަކުން ފެނިދާނެތަ؟

"އާން. މިހާރުވެސް މިއުޅެނީ އަމިއްލަ ރާގު އަލްބަމެއް ނެރެން ވެގެން އެކަމުގަ. މިހާރު ވެސް ޕްރެކްޓިސްކުރަމުން މި ދަނީ. ލަވައަކުން ލަވައަކުން ނެރެވޭތޯ މި ބަލަނީ"

ސ.ލަވަކިޔަން ފެށީ އުމުރުން ކިހާ ހިސާބެއްގައި؟

"މީގެ ފަސްވަރަކަށް އަހަރުކުރިން ސްކޫލްވެސް ނުނިމެނީސް. ރައްޓެއްސެއް ބުނެގެން އަސްލު ބޮޑުބެރަށް ސްޓާޓްކުރީ. އެއީ މާފުށީގަ އޮންނަ "ނާގަބާޑި ބޮޑުބެރު ގްރޫޕް" އަށް ޖޮއިން ވެގެން. ދެން އޭގެފަހުން މިއުޒިކަށް ލަވަކިޔަން ފެށީ"

ސ. މިއުޒިކްގެ ދާއިރާއިން ނުފެނިއްޖެނަމަ، ދެން ފެނުން އެންމެ ގާތީ ކޮން ދާއިރާއަކުން؟

"މިއުޒިކްގެ ދާއިރާއިން ފެންނާނެ ކަމަށް މި ބަލަނީ."

ސ.އެއްވެސް ކަހަލަ ބޭންޑެއް ހެދުމުގެ ހިޔާލު ގެންގުޅެންތަ؟

"ހުމްމް. މިހާރުވެސް މާލޭކޮޅުގަ އިންނާނެ. އޭގެ ޕްރެކްޓިސްތައްވެސް ކުރިއަށް ގެންދަން އެބަ. ޝޯތައް ވެސް ލިބޭ. އެކަމަކު ވަރަށް ތައްޔާރުވެގެން ދާން ބޭނުންވާތީ އެހަށް މަޑުކޮށްލައިގެން މި ހުންނަނީ. އިރާދަކުރެއްވިއްޔާ ފެންނާނެ ވަރަށް އަވަހަށް."

ސ.ޕްރެކްޓިސް ކުރުމަށް ވަކި ހާއްސަ ތަނެއް ހުރޭތަ؟

"މިހާރު މި އުޅޭ ގޭގަ ޕްރެކްޓިސް ކުރަނީ. އެކަމަކު އެބައިން ބޭންޑުންވެސް ލިބިފަ. އަނެއްހެން ދެ ތާންގަ ވެސް ޕްރެކްޓިސް ކުރަން"

ސ. ފިލްމަކުން ފުރުސަތު ލިބިއްޖެ ނަމަ އޭގެ ބޭނުން ކުރާނަން؟

"އެހާ ފިލްމު ކުޅޭ ހިތެއް ނުވޭ އަސްލު. އެކަމަކު ފިލްމެއްގެ ލަވައެއް ކިޔަން ވެއްޖެއްޔާ ކިޔާފާނަން. އަނެއްހެން ފިލްމަކަށް އަރާ ހިތެއް ނުވޭ އެއްވެސް ވަރަކަށް"

ފޮޓޯ: ޕައިންއާޕޭޗާ

 

ސ.ފެށިގެން އައި ދުވަސްކޮޅުގަ ދިމާވި އެންމެ ދަތިކަމަކީ ކޮބާ؟

"ކުރިން ޖޮބްގަ އުޅުނީމަ ކުޑަކޮށް އުނދަގޫވި. އަސްލު އެއްގޮތަކަށްވެސް މިއުޒިކްއަކަށް ވަގުތެއް ނުދެވޭ. އެހެންވެ ވަރަށް ބޮޑަށް މއުޒިކްއާ ދުރަށް ދިޔަ އޭރު. އެކަމަކު ޖޮބުން ކެނޑިގެން އައިޑޮލްއަށް ރެޑީވި ދުވަސްކޮޅު ވަރަށް ޓްރައި ކޮށްފަ ހުންނާނެ"

ސ.އައިޑޮލްގެ ސީޒަން 3 ގައި ބައިވެރިވީ ކުރިން އޮޑިޝަނުން ކެޓުމުންތަ؟

"އާނ. ސީޒަން 2 ގެ ތިއޭޓާ ރައުންޑްގެ ސޯލޯ ބައިން ކެޓީ. އެހެންވެ މިއަހަރު އަނެއްކަވެސް ތަންކޮޅެއް ދުރަށް ދެވޭތޯ ޓްރައި ކުރީ."

ސ.މިހާތަނަށް ލަވަކިޔުމުގެ ދާއިރާގައި އެންމެ އުފާވި ދުވަހަކީ ކޮބާ؟

"ރަށުގެ ބޮޑުބެރު ޓީމާއެއްކޮށް ކާށިދޫއަށް ދެވުމުން ވަރަށް އުފާވި އެ ރަށު އެންމެންވެސް ވަރަށް ސަޕޯޓިންވީމަ. އެއީ މި ދާއިރާއިން ލިބުނު އެންމެ މެމޯރަބަލް ދަތުރުވެސްމެ."

ސ.މިހާތަނަށް މި ދާއިރާގައި އެންމެ ހަނދާނުން ފުހެލަން ދަތި ދުވަހަކީ ކޮބާ؟

"އަޅުގަނޑު ސީޒަން ދޭއްގަ ބައިވެރިވެގެން ކެޓި ދުވަސް. އެ ދުވަހު މަންމަ އަށް ގުޅާފަ ކެޓި ވާހަކަ ބުނީމަ ޤަބޫލެއް ނުކުރި. އެހެން ގާތްގަނޑަކަށް ތިންވަރަކަށް ފަހަރު ބުނީމަ ޤަބޫލުކުރީވެސް. އެ ގަޑީގަ ވަރަށް ދެރަވި. ކޮންމެހެން ކަޑައިގެނެއް ނޫން ދެރަވީ. މަންމަ ޤަބޫލު ނުކުރީމަ"

ސ."ޗައިވާލާ" މި ވަނަން ކިޔުނީ ކިހިނެއް؟

"އަސްލުވާ ގޮތަކީ ޗައިވާލާއަކީ ޕާކިސްތާނު މީހެއްނު. ދެން ސީޒަން ދޭއްގަ ބައިވެރިވެގެން އެ ފަހަރު ކުރުތާއެއް ލައިގެން އައީމަ އައްފާނު ސާރ އަށް ވައްތަރުވިއްޔޯ ޕާކިސްތާނު މީހަކާ. އެގޮތަށް އެ ނަން އައިސް އެ އިނީ. ދެން ވަރަށް ގިނަމީހުން އޭގެފަހުން ފެނުނީމަ ގޮވާނެ ޗައިވާލާއޭ ކިޔާފަ."

ސ.އެންމެ ގަޔާވާ ނިކް ނޭމަކީ ކޮބާ؟

"އެންމެންވެސް ކިޔާނީ ޝަމިއްކޮ. ކުޑަކުއްޖެއްވިޔަސް ގޮވާނީ ޝަމިއްކޮބޭ އޭ ކިޔާފަ. އެއީ ދެން އައިޑޮލްގެ ކުރިންވެސް އެހެން ކިޔާތީ ގަޔާވާ ނަމަކީ. އެކަމަކު ޗައިވާލާ ކިޔަސް ނޫނީ އަސްލު ނަމުން ގޮވިޔަސް ހަމަ އޯކޭ"

ސ.ރާއްޖޭން އެންމެ ކަމުދާ އާރޓިސްޓަކީ ކޮބާ؟

"ތޭރަ ސާރ. އަސްލު ތޭރަ ސާރއާ ދިމާވީ ސީޒަން ތިނެއްގަ. އެހިސާބުން ފެށިގެން ބޮޑަށް ތޭރަ ސާރ އާ ދިމާވެފަ އިންނާނީ"

ސ.ޝަމީލް ޤަބޫލުކުރާ ގޮތުގައި މޮޅު އާރޓިސްޓެއްގައިގައި ހުންނަ ޖެހޭ ކޮލެޓީސް ތަކަކީ ކޮބާ؟

"ލިބިފަ ހުރި ޢިލްމެއް އެ ދަސްކުރަން ބޭނުން ބަތަކަށް ކިޔައިދޭންވާނެ. އޭރު ސޭމް ރެސްޕެކެޓް އޭނައަށް ލިބޭނެ ސޮސައިޓީ ތެރެއިންވެސް. އެ ކޮލެޓީ ވަރަށް ރަނގަޅަށް ތޭރަ ސާރގެ ފަރާތުން ފެނުނު. މިސާލަކަށް އަމިއްލަ ސެލްފަށް ވުރެ އެހެން އެންމެންނަށް އިސްކަން ދޭ."

ސ. އެންމެ ކަމުދަނީ ކޮން ޖަޖެއް؟

"އައްފާނު ސާރ. އެއީ ވަރަށް ޑައިރެކްޓް ވީމަ.

ސ.މިހާރު ޝަމީލްގެ އެކްސްއެއް ފެނިއްޖެ ނަމަ އަމަލު ކުރާނީ ކިހިނެއް؟

"އޭގެން ކުއްޖަކު ގޮވާލިޔަސް އަޅުގަނޑު ހަމަ ރެސްޕޮންޑް ކުރާނަން ރައްޓެއްސެއް ގޮތަށް. މަޝްހޫރުވި ފަހުން ބޮޑަށް އެ ކުދިން ޓޯކް ކުރޭ. މިސާލަކަށް ފެނުނީމަ ގޮވަލާ ހަދާނެ. އެކަމަކު ނުބަލަން އޭތި މާ ބޮޑު އެއްޗަކަށް ކުރީގަ އެ ވެފަ އިން ކަންތައްތަކަށް. އަސްލު މިހާރު ގޮތަކަށް ބުނާނަމަ ކުރީގެ އެކްސް ތަކުގެ ތެރެއިން އެއްވެސް ކުއްޖަކު ބޭނުމެއް ނޫން"

ސ.ފޭވަރިޓް ފުޑްއަކީ ކޮބާ؟

"ތެއްލި ކެޔޮ. ދެން އަނެއްހެން އަބަދުވެސް އެންމެ ކާން ބޭނުންވާނީ ވަރަށް ކުޅިކޮށް ގިތެޔޮ މިރުހެއް ލައިގެން ތެއްލިފަތާ ރިހާކުރާ ބަތާ."

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަޝީދު

    ލިޔާނެ ޚަބަރެއް ނެތިގެން ، ކުރާނެ ކަމެއް ނޭގިގެން ބޭކާރު ވާހަކަ ވަގުތު ނޫހުގައި ޖަހަނީ

  2. ކަރާބެ

    ހުސްފޮނި ބުރޯ. އެންމެ ހަޑިކޮއް ލަވަކީގޮލާތީ، މާފުށިން މިދިޔަ ދެސީޒަނުގަ ރީތިކޮއް ލަވަކިޔާ ދެމީހުން ބައިވެރިވީމަ ދުނިޔޭގެ ލަދައް ރަށުމީހުންނާ ޖަޖުން ކުޑަކޮއް އެހީވެލީ.އަމަންގެ ކޮކީ އައްވެސް އެހީވިހެން.

  3. މޯ ސޮރު

    މީވެސް ދެން މީހުންތަ؟ މިގައުމުގަ ނެތީތަ ހީވާގި ފިރިހެނުން؟