ބޮލުން އިސްތަށި ފޭބުމާއި ބޮލުގެ ތަންތަންކޮޅުގައި އިސްތަށި ނުފަޅާ ތަލަވެފައި ހުންނަ މައްސަލައަކީ މަދުން ނަމަވެސް އަންހެނުންނަށާއި ފިރިހެނުންނަށް ކުރިމަތިވާ ކަމެކެވެ. އެކަމާ މާޔޫސްވެ، އިސްތަށިގަނޑު ވަރުގަދަ ކުރުމަށް އަގު ބޮޑެތި އެތައް ޓްރީޓްމެންޓްތަކެއް ވެސް ކުރެވެއެވެ.

އިސްތަށި ފޭބުމަށް މެދުވެރިވާ އެތައް ސަބަބުތަކެއް ހުންނާނެއެވެ. ވިހެއުމަށް ފަހު ބައެއް އަންހެނުންނަށް މިކަމާއި ކުރިމަތިލާން ޖެހެއެވެ. އަދި މީގެ އިތުރުން މާބޮޑަށް ކަންކަމާއި ހާސްވުމާއި ކެއުމުގައި ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުން ނުކުރެވުމާއި އުޅެންޖެހޭ ބުރަކަމުގެ ސަބަބުން ވެސް ބޮލުން އިސްތަށި ފައިބައެވެ.

ބޮލުން އިސްތަށި ފައިބާ ނަމަ ކުރެވިދާނެ ކަންތައްތައް

އިސްތަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުން

އިސްތަށިގަނޑު ވަރުގަދަކޮށްދީ އިސްތަށި ފެޅުމަށް އެންމެ މުހިންމު އެއް ކަމަކީ ރަނގަޅު ކާނާ ބޭނުން ކުރުމެވެ. ޔޯގަޓް، ބިސް، ސްޕިނެޗް، ބަރަބޯ، ގެރި މަސް، ފަދަ ތަކެތި ކެއުން ރަނގަޅުވާނެއެވެ.

ބޮލުގައި ތެޔޮލުން

ލެވެންޑާ، ޕެޕަމިންޓް، ރޯސްމެރީ، ލެމަންގްރާސް އަދި ތެޔޮ ގަވާއިދުން ބޮލުގައި އުނގުޅާ މަސާޖު ކުރުމުން އިސްތަށިގަނޑު ވަރުގަދަވުމުގެ އިތުރަށް އޮފްކޮށްދޭނެއެވެ.

ފިޔާ ދިޔަ އިސްތަށިގަނޑުގައި އުނގުޅުން

ފިޔަލުގައި ހިމެނޭ އިންފުލެމޭޓަރީ އަދި އެންޓިމައިކްރޮބިއަލް މާއްދާތަކުގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަ ކޮށްދެއެވެ. އަދި ނުރަ ޖެހުން ވެސް މަދުކޮށްދެއެވެ.

ގްރީން ޓީ ބޭނުން ކުރުން

މީގެ ސަބަބުން އިސްތަށި ފެޅުމަށް އެހީތެރިވެދެއެވެ.

ވިޓަމިން ޑީ

ބޮލުގައި އިސްތަށި ނުފަޅާ ތަންކޮޅުކޮޅު ހުންނަ ނަމަ ޑޮކްޓަރަށް ގޮސް ވިޓަމިން ޑީ ހުރި މިންވަރި ބަލައި އެކަމަށް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވިޓަމިން ޑީ ހޯދާށެވެ.

އިސްތަށިގަނޑު ތެތްކޮށް ހުއްޓައި ފުނާ ނޭޅުން

އިސްތަށިގަނޑުގައި ފުނާ އަޅާނީ ހިކުނީމައެވެ. އަދި ބޭނުން ކުރާ ފުނަލުގެ ދަތްތައް ހުންނަންވާނީ ދުރުދުރުގައެވެ.

ލިކްރޮރިސް ޝޭންޕޫ ބޭނުން ކުރުން

ލިކްރޮރިސް ބުރޭންޑުގެ ތަކެއްޗަކީ އިސްތަށިގަނޑަށް އެތައް ކަމެއްގެ ފަރުވާ ލިބޭ އެއްޗެކެވެ.

ބޮލުން އިސްތަށި ފައިބާ، އިސްތަށި ނުފަޅާ ނަމަ މާޔޫސް ނުވާށެވެ. އަވަހަށް މިކަންތައްތައް ކޮށްލާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވާޕް

    ލޮލް