ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް ހަތަރު ވަނަ ކައިވެންޏެއް މީގެ ތިން ދުވަސް ކުރިން ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވަރިކުރެއްވުމަށްފަހު ކަމަށް ބުނެ ފެތުރޭ ވާހަކައަކީ އެއްވެސް ހަޤީޤަތެއް އެކުލެވޭ ވާހަކައެއް ނޫންކަން "ވަގުތު" އަށް ކަށަވަރު ވެއްޖެއެވެ.

މައުލޫމާތު އެނގޭ ބޭފުޅަކު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ މިނިސްޓަރ ނަހުލާ އަދިވެސް އިންނެވީ ގާސިމްގެ އަނބިކަނބަލެއްގެ ގޮތުގައި ކަމަށާއި ގާސިމް، މިނިސްޓަރ ނަހުލާ ވަރިކުރައްވައިފި ކަމަށް ބުނެ ފަތުރަމުން ދަނީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ގާސިމާއި މިނިސްޓަރު ނަހުލާގެ ކައިވެންޏަށް މިހާރު 13 އަހަރު ވެއްޖެއެވެ. ދެކަނބަލުންނަށް ވަނީ ހަބޭފުޅަކު ލިބިވަޑައިގެންފައި ވެއެވެ.

ގާސިމާއި މިނިސްޓަރ ނަހުލާ ވެސް ވަނީ ދެކަނބަލުންގެ ހަޔާތްޕުޅާއި ގުޅޭ ގޮތުން ތަފާތު އެކިފަހަރު މަތިން މީޑިއާ އާއި އަދި އާއްމު ސިޔާސީ އެއްވުންތަކުގައި ވެސް ވާހަކަދައްކަވާފައެވެ. ގާސިމް ފަދަ ދެ ވަނަ "ޖަވާހިރެއް" ނުލިބޭނެ އެ މަނިކުފާނާ ވަކި ނުކުރެވޭނެ ކަމަށް، ނަހުލާ ވަނީ މިދިޔަ އަހަރު މާމިގިލީގައި ބޭއްވި ޖޭޕީގެ ޖަލްސާއެއްގައި ވެސް ވިދާޅުވެފައެވެ.

މާމިގިލީގައި ބޭއްވި ޖަލްސާގައި މިނިސްޓަރ ނަހުލާ ދެއްކެވި ވާހަކަފުޅާއި ގުޅިގެން ނަހުލާގެ ވާހަކަތަކަށް ޝުކުރު އަދާކުރައްވަމުން ގާސިމް ވިދާޅުވީ އައިޝާއާ ދުވަހަކު ވެސް ވަކި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އައިޝާ އާއި އެމަނިކުފާނާ ދޭތެރޭގައި އޮތީ "އިލާހީ ގުޅުމެއް" ކަމަށެވެ.

ގާސިމް ޒުވާން ބޭކަނބަލަކާއި ކައިވެނި ބައްލަވައިގެންނެވުމާއި އެކު މިހާރު ގާސިމްގެ ހަތަރު އަނބިކަނބަލުން އެބަތިއްބެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. Anonymous

  ދެން ކިހިނެތް 4 ވީ

  38
  4
  • ހާލަތު

   ވާގޮތަކީ ނަހޫ ވަރިވާން ހުށަހަޅާއިރަށް ޤާސިމު ނުފޫޒުން ފޯމު ބާތިލުކޮށްލަނީ.. މިއީ ވެސް ވަރިކުރޭތޯ ބަލަން ނަހޫ ވެސް ބާރު އަޅައިގެން ކުރުވިކަމެކޭ ބުނާތީ އަޑުއިވޭ..

   27
   1
 2. ފައްޔާޒު

  ނަހުލާ ކަހަލަ ޕަރީއެއް ދޫކޮއްލާނެ ކަމައް އަންނި ހިތައްވެސް ނާރުވަތި...😡

  31
  15
 3. ނިކް

  ނަހުލާ ބޭނުންވަނީ ވަރިވަން ގާސިމަށް ނުކެރެނީ.. 6 ކުދިން އެބަތިބި.. މާދަމާ މުދާ ބަހާލިޔަސް ބޮޑުބައި އައިޝާއަށް.. އެހެންވީމަ އައިޝާ ނޯ ހާސް..

  81
  4
 4. ކެނެރީ

  މީނަ ހޭކަޑާލާފަޟީހުނާ އިނުމަށްވުރެ ތާހިރުވާނެ މީނަގެ މުވައްޒަފުންނަން ދޭއްޖެހޭ މުސާރަކޮޅު ދިނިއްޔާ

  55
  1
 5. ފުރިސި ޔާނާ

  ހުރިހާ އަނބިންގެ ވެސް އިޒުނާއި އެކު އަދި ލޯބިން އިނީ

  9
  4
 6. މިތުރު

  ރާނިޔާއަކީ ހަނގު އަނބިދޯ ނަހްލާދެން ހުންނަންޖެހޭނީ ބާކީވެފައި

  9
  4
 7. މިތުރު

  މުސްކުޅިއަކަސް ލާރިހުރީމަދޯ ޕިސްޕިސް ތިވަރުނުވޭ

  7
  2
 8. މިތުރު

  ދޮރުފޮތި ކަހާލީމާ ގާސިމްގެ ދެފުއްފެންނާނެ. މިހާރުވެސް މުވައްޒަފުންނަށް މުސާރަނުދީ އެތައް މަހެއް

  14
 9. ޑޑ

  ކޯޓުން ކައިވެނި ކޮށްދޭނި. ޚޯޓަށް އެންގޭނީ 4 ހަމަވީކަން

 10. ޗާލާކީ

  ނަހުލާ ހާސް ވެ ނުލައްވާ.. އަޅުގަނޑު މިހުރީ ކަމަނާއަށްޓަކައި. މާޝާﷲ ކަމަނާގެ ރިވެތިކަމާއެވެ.

  4
  4
 11. ޟޫން

  ނަހުލާ.. މަ މިހިރީ ސޭޓުގެ އަނބިމީހާގެ ފިރިމީހާއަށް ވާން ތައްޔާރައް.. ނަހޫ ހަމަ ބުނެލަންވީ.. އޯކޭ