ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް އިތުރު ކައިވެންޏެއް މިހަފްތާގައި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެގެން އެކަމަނާގެ ރުހުމާއިއެކު ކަމަށް އެކަމަނާގެ ވަރަށް އަރިސް ބޭފުޅަކު "ވަގުތު" އަށް ކަށަވަރު ކޮށްދެއްވައިފިއެވެ.

މިނިސްޓަރ ނަހުލާގެ ވަރަށް ގާތް އެކުވެރިޔަކު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ ގާސިމް އިތުރު ކައިވެންޏެއް ކުރައްވަން މިނިސްޓަރ ނަހުލާގެ ރުހުމާއި ފުރިހަމަ އެއްބާރުލުން ލިބިވަޑައިގެންނެވި ކަމަށެވެ.

"ނަހުލާ ވަނީ ގާސިމް އިތުރު ކައިވެންޏެއް ކުރައްވަން އެތައް ފަހަރަކު އެދިވަޑައިގެންފައި. އެއީ ނަހުލާއަށް އެކަށީގެންވާ ވަރަކަށް މިހާރު ގާސިމަށް ވަގުތު ނުދެވޭތީ ގާސިމަށް ކެއާ ކުރާނެ ބޭކަނބަލަކުން ހޯއްދަވައި ދެއްވަން ނަހުލާ ބޭނުންފުޅު ވާތީ." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާސިމް އިތުރު ކައިވެންޏެއް ކުރައްވަން ރުހޭކަން ނަހުލާ ވަނީ ކޯޓުގައި ވެސް ހާމަކޮށްދެއްވާފައެވެ.

"ކޯޓުން ވެސް ސާފު ކުރައްވާނެ ފިރިމީހާ އިތުރު ކައިވެންޏެއް ކުރައްވާނަމަ އެހެން އަނބިންގެ ރުހުން އެކަމަށް އޮތްތޯ. އެއުސޫލުން ގާސިމް އިތުރު ކައިވެންޏެއް ކުރައްވަން މިނިސްޓަރ ނަހުލާގެ ރުހުން އޮތްތޯ ވެސް ސާފުކުރި. ނަހުލާ ވަނީ ގާސިމް އިތުރު ކައިވެންޏެއް ކުރެއްވުމަށް ރުހޭކަމަށް ވިދާޅުވެފައި. އަދި އެކައިވެނި ކުރައްވަން ނަހުލާ އެދިވަޑައިގެންނެވި. ނަހުލާއަށް ދެއްވެވެން އޮތް ހުރިހާ އެއްބާރުލުމެއް ގާސިމް އިތުރު ކައިވެންޏެއް ކުރެއްވުމަށް ދެއްވި." އޭނާ ވިދާޅުވިއެވެ.

ގާސިމް އިތުރު ކައިވެންޏެއް ކުރެއްވީ މިނިސްޓަރ ނަހުލާ ވަރިކުރެއްވުމަށްފަހު ފަހުކަމަށް ބައެއް މީޑިއާތަކުން ވެސް ޚަބަރު ފަތުރާފައި ވެއެވެ. ނަމަވެސް މައުލޫމާތު އެނގޭ ފަރާތްތަކުން ރޭ ވެސް ވަނީ އެކަން ދޮގު ކޮށްފައެވެ.

ގާސިމާއި މިނިސްޓަރު ނަހުލާގެ ކައިވެންޏަށް މިހާރު 13 އަހަރު ވެއްޖެއެވެ. ދެކަނބަލުންނަށް ވަނީ ހަބޭފުޅަކު ލިބިވަޑައިގެންފައި ވެއެވެ.

ގާސިމާއި މިނިސްޓަރ ނަހުލާ ވެސް ވަނީ ދެކަނބަލުންގެ ހަޔާތްޕުޅާއި ގުޅޭ ގޮތުން ތަފާތު އެކިފަހަރު މަތިން މީޑިއާ އާއި އަދި އާއްމު ސިޔާސީ އެއްވުންތަކުގައި ވެސް ވާހަކަދައްކަވާފައެވެ. ގާސިމް ފަދަ ދެ ވަނަ "ޖަވާހިރެއް" ނުލިބޭނެ އެ މަނިކުފާނާ ވަކި ނުކުރެވޭނެ ކަމަށް، ނަހުލާ ވަނީ މިދިޔަ އަހަރު މާމިގިލީގައި ބޭއްވި ޖޭޕީގެ ޖަލްސާއެއްގައި ވެސް ވިދާޅުވެފައެވެ.

މާމިގިލީގައި ބޭއްވި ޖަލްސާގައި މިނިސްޓަރ ނަހުލާ ދެއްކެވި ވާހަކަފުޅާއި ގުޅިގެން ނަހުލާގެ ވާހަކަތަކަށް ޝުކުރު އަދާކުރައްވަމުން ގާސިމް ވިދާޅުވީ އައިޝާއާ ދުވަހަކު ވެސް ވަކި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އައިޝާ އާއި އެމަނިކުފާނާ ދޭތެރޭގައި އޮތީ "އިލާހީ ގުޅުމެއް" ކަމަށެވެ.

ގާސިމް ޒުވާން ބޭކަނބަލަކާއި ކައިވެނި ބައްލަވައިގެންނެވުމާއި އެކު މިހާރު ގާސިމްގެ ހަތަރު އަނބިކަނބަލުން އެބަތިއްބެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ހައްޖަ

    އަޅެ މަށާ އިންނަން އުޅެބަލަ ޕުލީސް.....

    75
    11
  2. ޑެސްޕޯ

    ދިވެހި ޒުވާނުން ކީއްތަ ތިކުރަނީ

    69
    6
  3. ތުނިޔަ

    އަޅެ ނަހުލާއަށް ވަގުތު ނުދެވުނަސް އަދި އިތުރު ތިން އަނބިން އެބަތިއްބެއްނު! އަޖައިބެއް.

    130
    5
    • ބެއްޔާ

      އެއީ ނަހުލާގެ ބަދަލުގައި

      31
  4. ހުސޭނުބޭ

    ތިހެދީ ހަމަ ހަދަންޖެހޭ ގޮތަށް! 4 ހަމަކޮށްފައި ބަހައްޓަންވާނީ! އެހެންނޫނީ ލައުރާ ފަހަތުންވެސް ނައްޓާލަފާނެ!

    64
    2
  5. ނޫރު

    ހައްޖަ އެހެން ކަމަކާ އުޅެބަލަ...

    49
  6. އައިސް

    މި ނަހުލާ އެކަނިތަ ޤާސިމްގެ އަނބިންގެ ގޮތުގައި ތިބެނީ. މީނަގެ ރުހުމުގެ ވާހަކަ މިދައްކަނީ. ނަހުލާ ހީވަނީ ޤާސިމްގެ ފުރަތަމަ އަނބިމީހާހެން. މީނަގެ ރުހުން ނުލިބިދާނެތި ބިރުން

    106
    5
    • މަރީ

      ނޯ ބުނެފިއްޔާ މަގާމް ގެއްލިދާނެ.ޔޭސް ނުބުނެ ކުރާނެކަމެއް ނެތިގެނ މަގާމަށް އާޢެކޭބުނީ.ފިރިމީހާޔަށްވުރެ މަގާމާ ހައިބަތު މުހިއްމުވީ.މަގާމަށް އާއިރު ލީ ހެދުމުންފެށިގެން މީހާ ބަދަލްވެއްޖެ.ބަލަ ފިރިމީހާ އިތުރު މީހަކާ އިންނާކައް ނުޖެހޭނެ އެއްވެސް އަންބެއްގެ ރުހުން ހޯދާކަށް.އެއީ ފިރިމީހާގެ ކެރިފޯރުން ހުރިވަރަކުން އެފިރިހެނަކަށް ދީނުގަ ހުއްދަކަމެއް.

      20
      5
  7. ކަމަނަ

    ނަހުލާއަށް ޤާސިމަށް އަޅާނުލެވޭތީ އާދެސްކޮށްގެން އެހެން މީހަކު ހޯދައި ދިނިއްޔޭ....ސާބަސް...

    82
    6
  8. ކަނބުލޮ

    ޤާސިމްގެ އެހެން އަންހެނުންގެ ރުހުމަކީ ހަމަ އެކަނި ޢާއިޝާގެ ރުހުން ބާ!!!!

    73
    2
  9. ތުނބުޅި

    ބޮލުން ނައްޓާލީ ދޯ

    78
    3
  10. ހަވަރު

    ގިނަ އަނބިންނަށް ނަހުލާ އަށް ވިސްނޭ ވަރަށް ވިސްނޭނެނަމަ.

    53
    61
  11. ހުސެން

    ގާސިމް ހާދަ ކާމިޔާބޭ

    57
    9
  12. ޒަހޫ

    މީހުންގެ ޒާތީ ކަންކަމާ ނުބެހެމާ ދޯ؟ އެހެންނޫނަސް ދީނުގަ އޮވޭނުން 4 އަނބިން ގެންގުޅެވޭ ކަން.

    86
    15
    • ފަހޫ

      ދީނުގައި އޮވޭތަ ތިމާ ކޮންމެހެން އުޅެންނުޖެހޭ ވަޒީފާއެއްގެ އުޅެން ހަދައިގެން ބިޒީވެގެން ފިރިމީހާގެ ކަންކަމާ އަޅާނުލެވި ފިރިމީހާއަށް ވަގުތުނުދިނުން؟ ކޮންމެވެސް އެހެން ސްޓޯރީއެއް ޖެއްސިނަމަ. ފިރިއެއްގެ ފަރާތުން ބޭނުންވާ ކަންކަން ކިހިނެތްބާ ބޭނުންވާ އިރަކު ލިބޭނީ ފިރިމީހާއަށް އަދި އިތުރު 1 އަނބި ހޯދައި 4 ހަމަކޮށްދީގެން؟ މާނަ ނެގެނީ ފިރިމީހާ އެހެން މީހަކާ ބައްސަން ބޭނުންވަނީ ތިމަންނަ ކުރަންވާ އެފަދަ އެހެން ކަމެއް އޮވެގެންނޫންބާއޭ؟ ފިރިމީހާއަށްވުރެ ވަޒީފާ އިސްވާ ސްޓޯރީ އެހާ ބަލައެއްނުގަނެވޭ. އެވަޒީފާގެ ރޮނގުން ކަމުގެ މާހިރެއް ނޫން އޭނައަކީ ވަޒީފާ ދޫކޮށްނުލެވޭން.

      37
      4
  13. ވިޢާމް

    ގާސިމް އަކީ ފަގީރެއް

    57
    11
  14. ހަނާ

    ޤާސިމު ކިތައްމެ ގިނަ މީހުންނާ ކައިވެނި ބެއްލެވި އަސް މައްސަލަ ނުޖެހޭނެ ނުން.. ޤާސިމު ހުރިހާ އަނބިންނާ ކުދިންނައް ހުރިހާ ކަމެއް ވެސް ކޮއްދެއްވާ އަދި އެއްވެސް ޤާސިމު ގެ ބޭފުޅަކު ވެސް ބައްޕަ ގެ ައޅާލުން ނުލިބިގެން ޢުޅެން ނުޖެހޭ އަން ލައިކު އެހެން ސިޔާސީ ލީޑަރުން ދެ އަންބައް އިނދެފައި ދަރިން ލިބުމުން ކުޑަ މިނުން ހާލު ވެސް ބަލާ ނުލެވޭ ދޮށީ އަނބި ގެ ނުފޫޒު ގަދަ ކަމުން ދަރިޔަކާ އެއްކޮއް ފޮޓޯ އެއް ވެސް ނަގަން ނުކެރޭ ދެން ކިހިނެއް ރައްޔިތުންނައް ހަމަ ހަމަ ކަމާ އެކު ކަންތައް ކޮއްދެވޭނީ އެފަދަ ލީޑަރުންނައް ޖަވާބު ދާރީ ވާނެ ދުވަހެއް ވެސް އެބަ އޮތް.... !!

    58
    3
  15. Anonymous

    އަހަރެން އެހާ ލޯބިވާ ފިރިއެއް ހަމަހިލާ އެހެން އަންހެނެއް ފުއް އިނގިލި ކުރި ޖައްސަންވެސް ނުދޭނަން. ނަޙުލާއަށް ފިރިމީހާއަށް ވުރެ މިނިސްޓަރު ކަން މުހިންމުވީތީ ޚައިރާންވޭ.
    ދީނުގައި ގިނަ އަނބިން ހުއްދަވީ ކީއްވެކަންވެސް އެނގެން އެބައޮތް. ހަމަ ތަނަކުން ފެންނަ ޅަކުއްޖަކާ އިނުމަށް ވުރެ ހުވަފަތްވެ ނިކަމެތި ކުދިން ގިނަ ޢާއިލާއެއް ގެ އަންހެނަކާއި އިންނަމަ ގައިމު އެޔަތީމު ކުދިންކޮޅަށް އެހީތެރި ވެވުނީހެންނު. ނޫނީ ތިހާ ޅަމަންޖެއް ދަރިއަކާއި ދެވިނަމަ ބޮޑެތި ފިރިހެން ދަރިން އެބަތިބި. والله أعلم

    89
    12
  16. ✓kek

    meenayah neyngeneetha eynage ithuru dhe anbin hunnakan eynayah alhaalan؟

    22
    3
  17. ނުޒޫ

    އަދި ރާނީވެސް ގަބޫލުވާނެ އިތުރު އަނަބަކު ހޯދަން ކާކު ފައިސާ ހުރިއްޔާ ނޫނެކޭ ބުނާނީ ނޯޖަހައިފިއްޔާ ލާރިއެއް ނުލިބޭނެ

    48
    2
  18. ނަޖްވާ

    ފިރިޔަކު އެހެން މިހަކާ އިންނަން އަނބިމީހާގެ ހުއްދަ ހޯދަންޖެހޭ ކަމެއް ނުދެނެހުރިން! ޚަރަދު ކުރޭތޯ ބަލާނީ، ހުއްދަ އެއް ހޯދާކަށް ހިއެއް ނުވޭ ޖެހޭހެނެއް!

    57
    17
    • ނަކް

      ޤަވާއިދަށް ބަދަލު ގެނެއްސި..

      22
      2
  19. ސިނެކް

    ވަޓްއިޒްދިސް ނޯވުމެން ނޯކުރައި ހެހެ

    16
    1
  20. ޢަދުނާނު

    އަހަރެންގެ ޢުމުރަކީ 56 . އަހަރެންގެ ތިބީ 6 ކުދިން . އަހަރެންނަކީ ސިންގަލް ބައްޕައެއް. އަހަރެންގެ އާމުދަނީއަކީ މުސާރަޔާ އަމިއްލަ އާމުދަނީއަށްލިބޭ 18 ވަރަކަށް ހާސް ރުފިޔާ. އުޅެނީ ބައްޕަގެ މުސްކުޅި ގޭގައި ގޮތަކަށް ހަދާލައިގެން. އެކި ޢުމުރުގެ 7 މީޙުންކުރެން އިންނަން އަހައިފިން. އާއެކޭ ނުބުނި. ގާސިމު ހަަމަ ވަރަށް ކާމިޔާބު

    27
  21. ަވިސްނާ

    އައިޝާއަށް ހަމަ ސާބަސް. ތިގޮތަށް ފިރިމީހާއަށް ވަގުތުނުދެވޭ އަޅާނުލެވޭ އަނބިން ކަންތައްކުރަންޖެހޭގޮތުގެ ނަމޫނާއެއްތީ. ފިރިމީހާ ރޭގަޑާ ދުވާލު މަސައްކަތް ކޮށްގެން ހޯދާ ފައިސާ ބޭނުންކޮށް ފިރިމީހާއަށް އަޅާނުލާ ހުރިހާ އަނބިންވެސް މިގޮތަށް ކަންތައްކުރުން ވަރަށް ރަނގަޅުވާނެ

    13
    9
    • ވަގުތު

      ބަލަ އަނބިމީހާ ދަރިން ބަލާތީތަ ވަގުތު ނުވެގެން މިއުޅެނީ. ނޫނީ ދެކޮޅު ނުޖެހޭތީ ޖޮބަށް ދާތީ ވަގުތު ނުވަނީތަ.

      11
  22. ނާޑ

    ދެން ވަގުތު ބުނެބަލަ ނަހުލާ ނޫން ކާކު ވަރިކުރީ.. ގައިމު މާމިގިލީ ކިޔަނީ ނަހުލާ އޭ ވަރިކޮށްފަ ހުރީ.. 5 ތަ؟

    9
    1
  23. ޣޯސް

    ކުރިންވެސް 4 ތިއްބެއްނު ދެން ކާކުތަ ވަރިކުރީ. ގައިމު 5 މީހުންނަކާ ނީދެވޭނެ. ނަހުލާއަކީ ފައިސާއާ ބާރާ މަގާމަށްޓަކައި އުޅޭމީހެއް. އެހެންވީމަ ގާސިމަށް އޯގާތެރިވެ އަޅާލާކަށް ބޭނުމެއްނުވާނެ. ވަރި ނުވެ އެހުންނަނީވެސް މިހާރު މަގާމު ގެއްލިދާނެތީ. އެހެންނޫންނަމަ 6 ކުދިންގެ އުމުރުން ދުވެސްވެފައިވާ ބައްޕައަށް މަގާމު ދޫކޮށްލާފަވެސް ވަގުތު ދޭނެ. ތިޔަ މިނިސްޓަރުކަމަކީ ހުނދުކޮޅަކުން ގެއްލިދާނެ އެއްޗެއް.

    20
  24. ހާމިދު ޝާހިދު

    ފިރިހެނުންގެ ހިތެއް ނުފުރޭނެ. ހާއްސަގޮތެއްގައި، ފައިސާ ގިނަ އިއްޔާ ދީނީ ގޮތުންވެސް އިތުރު ކައިވެނި ކުރުން އެއީ ވަރަށް އެދެވިގެންވާ ރަނގަޅު ކަމެއް.

    13
    6
  25. ތޮރާ

    މީހުން ނާއި އިނުމަށް ވުރެން ރަނގަޅުވާނެ ގދ ހޯޑެއްދޫ ރައްޔިތުން އަތުން ފޭރިގެންފައިވާ އެރަށުގެ އެއްބުރި އެރަށު ރައްޔިތުން ނާއި ޙަވާލު ކުރިއްޔާ

    13
    2
  26. ފަޒީ

    ތި އަންހެން ކުއްޖާއަށްވެސް އައިޝާއަށް ވީހެން ނުވިއްޔާ ކިތަންމެހާވެސް ރަނގަޅު ދޯ....

    20
    1
  27. ގަނިމް

    ގާސިމް ދަނީ ޢުމުރުން ދުވަސްވީ ބޭފުޅުންގެ ގަ އިގާ ޒުވާނުންގެ ހަޙައްގު ރަރައްކާތެރިކުރުމާ އި ގެންގުޅު މުގެ ފުރިހަ މަ ޖޯރުހުރިކަން ދިވެހި ޒުވާނުންނަށް އްކަ މުން.
    ޒުވާނުން ފޮނިނުކަނޑާ މިކަ މާ ވިސްނަބަލަ.

    11
    1
  28. ދަލޭކާ ދިޔެ

    މީހަކު، މީހަކާ އިނަސް، ވަރިކުރިޔަސް އެއީ ބަޔަކާ ބެހޭ ކަމެއް ނޫން! އެހެން މީހުންގެ ދިރިއުޅުމާ ދޭތެރޭ ތިހާ ހަސަދަވެރިވާކަށް ނުވާނެ.

    12
    6
  29. މަރީ

    ރުހުންނުދީ ކުރެވޭނެކަމެއް ނެތީމާ ޖެހޭނީ ރުހުންދޭން.

    13
    1
  30. ައަޕް

    ފިރިމީހާއަށް ވަގުތު ނުދެވޭތީ ފިރިމީހާއަށް އެހެން އަންބަކުތަ ހޯދަދޭންވީ؟ ތިމާ ވަޒީފާއިން ވަކިވާން އެއްވެސް ހުރަހެއް ނެތް. ފައިސާގެ ދަތިކަމެއް އޮތީކީ ނޫން. އެކަމު ފިރިމީހާއަށްވުރެ ވަޒީފާދެކެ ލޯބިވާތީ ފިރިމީހާއާ އަޅާނުލާ އެހެން މީހަކާ ހަވާލުކުރަން އެއުޅެނީ. ނޫނީ ތިމާގެ ޒާތީ އެހެން ކަމެއް އޮވެގެން ފިރިމީހާއަށް ޚިދްމަތް ނުކުރެވޭ މީހުންވެސް އެއްބަސްވާނެ ވަރަށް ފަސޭހައިން އެހެން އަންބެއް ހޯދަދޭން.

    12
    1
  31. Anonymous

    އަނބިމީހާގެ ރުހުންއޮތްތޯ ބަލަންނުޖެހެ. އަނބިމީހާ އާއއި ދަރިންނަށް ޚަރަދުކުރޭތޯ ބަލަންޖެހޭކަމަށް އޮންނަނީ

    11
    3
  32. ޙަހަހަހ

    ޢޭރުން ތާ ކަލޭ ފުރީވާނީ

    11
  33. ށަަބާސްް

    ދިވެހި ޒުވާން ފިރިހެނުންނަށް ގޮންޖަހާލީތާ، ތިސޮރު ހާދަ ޕަވަރުވެސް ގަދައޭ ދޯ

    • ޟ

      😂😂😂

  34. މަހުމޫދު

    ޟިލިޔުމުން ދައްކައިދެނީ ނަހުކާމެޑަމް މިކަމާ ވަރަށް ކަންބޮޑު ވެފައިވާކަން

  35. އާސިދާ

    ވަ ރިކުރާކަށް ނުވެސް ކެރޭނެ ޔޯ...