އަބަދުވެސް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ފެންނަނީ ވަރަށް ރީތިކޮށެވެ. އޭނާއަކީ ރީތިކަމަށް ލޯބި ކުރާ މީހެއްކަމުން ބޮޑު ހަފްލާއަކަށްދާއިރު، އޭނާ އަބަދުވެސް ހުންނަނީ އެހެން މީހުންނާ ތަފާުތުކޮށެވެ. އަޅަނީ އެހެން މީހުންނާއި ތަފާތު ހެދުންތަކެވެ. އެތައް ބައެއްގެ ސަމާލުކަން އޭނާ ހޯދައެވެ.

ޕްރިޔަންކާ ވަރަށް ފަހުން ޑަބްލިވް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާ ހަފްލާއަކަށްދާން ތައްޔާރުވުމަށް އެތައް ބައެއްގެ އެހީތެރިކަން ހޯދާ ކަމަށެވެ. ޕްރިޔަންކާ ބުނީ، އެއްވެސް މީހަކު ހޭލާއިރު، މިހާ ރީތިކޮށް ނުހުންނަ ކަމަށާއި، އެކަމަށް އެތައް ބައެއްގެ އެހީތެރިކަން ހޯދާ ކަމަށެވެ.

ޕްރިޔަންކާ ބުނިގޮތުގައި، އޭނާއަށް އެންމެ ކަމުދަނީ ރަތް ލިޕްސްޓިކްއެވެ. އަދި އިސްތަށިގަނޑު ރަނގަޅަށް ހުންނަ ދުވަހެއް ވިއްޔާ އެއީ މުޅި ދުވަސް އުފާވާނެ ވަރުގެ ދުވަހެއްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މިވަގުތު ޕްރިޔަންކާ ހުރީ އިންގްލޭންޑްގައެވެ. އެއީ އެތާގައި އޮތް ޕްރިޔަންކާގެ ގާތް އެކުވެރިއެއްކަމަށްވާ މެގަން އާއި ޕްރިންސް ހޭރީގެ ކައިވެނީގެ ހަފްލާއަށެވެ. ޕްރިޔަންކާ އެތަނަށް ގޮސް އުޅޭއިރު، އޭނާ އެ ބުނާ ބޮޑު ގުރޫޕުގެ އެހީ ހޯދާނެކަން ޔަގީނެވެ.