ކޮވިޑް-19 އާ ހެދި ފިލިޕީންސްގައި އަޅާފައިވާ ފިޔަވަޅުތަކުގައި ސަބަބުން، ބޭނުން ނުވެ ބަނޑުބޮޑުވާ އަންހެނުންގެ އަދަދުތައް އިތުރުވެފައިވާ ކަމަށް ކަމަށް އދ ގެ އާބާދީއާ ބެހޭ ފަންޑުން ބުނެފިއެވެ.

އެ ފަންޑުން ބުނެފައި ވަނީ، ކޮވިޑް-19 އާ ހެދި ފިލިޕީންސްގައި އަޅާފައިވާ ފިޔަވަޅުތަކުގައި ސަބަބުން ބޭނުން ނުވެގެން ބަނޑުބޮޑުވާ މީހުންގެ އަދަދު 2.6 މިލިއަންއަށް އަރާފާނެ ކަމަށެވެ.

އަދި ކަރަންޓީން ފިޔަވަޅުތަކުގެ ސަބަބުން މަސް ދުވަސް ތެރޭގައި، ވިހެއުމުގައި ތެރޭގައި މަރުވާ ކުދިންގެ އަދަދު 60 އަށް އަރާފައިވާ ކަމަށް އދ ގެ އާބާދީއާ ބެހޭ ފަންޑުން ބުނެފައި ވެއެވެ.

އދ ގެ އާބާދީއާ ބެހޭ ފަންޑުން ޔުނިވާސިޓީ އޮފް ދަ ފިލިޕީންސް ޕޮޕިއުލޭޝަން އިންސްޓިޓިއުޓްއާ ހަވާލާދީ ބުނެފައި ވަނީ، ފިޔަވަޅުތަކުގެ ސަބަބުން، ދެ މިލިއަނަށްވުރެ ގިނަ އަންހެނުންނަށް ދޭތެރެ ދުރުކުރާ ވަސީލާތްތައް ފަދަ އެއްޗެހި ނުލިބޭ ކަމަަށެވެ.

ފިލިޕީންސްއަކީ ދެކުނު އޭޝިއާ ސަރަހައްދުގައި އާބާދީގެ ގޮތުން ދެވަނައަށް އެންމެ ގިނަ މީހުން ދިރިއުޅެމުންދާ ގައުމެެވެ. އެ ގައުމުގައި މިހާރުވެސް 108.4 މިލިއަން މީހުން ދިރިއުޅެމުންދާއިރު، އޮކްޓޯބަރުން ފެށިގެން އެ ގައުމުގެ ކެޕިޓަލް ސިޓީގައި ކޮވިޑް-19ގެ ފިޔަވަޅުތަކަށް ވަނީ ލުއިތަކެއް ދީފައެވެ.

އެ ގައުމުގައި ފެތުރެމުންދާ ވަރު އިންތިހާއަށް ވަނީ އިތުރުވެފައެވެ. އެ ގައުމަކީ ދުނިޔެއިން 20 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އެގޮތުން އެ ގައުމުގައި މި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 314,079އަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 5,562އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު