ރާއްޖޭގައި އުޅޭ ބިދޭސީންނަށް ވަރަށް އިހާނެތިކޮށް ކަންތައް ކުރެވޭ ފަހަރު އާދެއެވެ. އެ މީހުންނާއި ދިމާލަށް ބުނެގެން ނުވާނެ ކިތަންމެ އެއްޗެއް ބުނެވެއެވެ. އެ މީހުންނަށް އަނިޔާވެސް ކުރެވެއެވެ. މިއީ އަހަރުމެންގެ އާދަ ހުންނަ ގޮތެވެ. އެ މީހުން ރާއްޖެ އައިސް ދިވެހިންނަށް މަސައްކަތްތައް ފަސޭހަކޮށްދިނުމުގައި އުޅޭއިރު، މިއަދު ބައެއް ދިވެހިން އެ މީހުންނާއި މުހާތަބު ކުރާ ގޮތާއި، އެ މީހުން ރާއްޖެ ގެނައުމަށްފަހު ޖައްސާލި ހާލަތުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިިއްޔާ އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީގެ އަދަދު ބައިލައްކަށް އަރާއިރު، އެ މީހުންގެ ތެރޭގައިވެސް ދިވެހިންނާއި މެދު ހަމްދަރްދީވެ، ދިވެހިންނަށް ހެޔޮ އެތައް ބަޔަކު އުޅެ އެވެ. އެފަދަ ބައެއް ބިދޭސީންގެ ވާހަކަ ދިވެހިން މީސް މީޑިއާއަށްވެސް ބަންޑުންކޮށްލައެވެ.
މިއީވެސް ދިވެއްސަކު މީސް މީޑިއާގައި ހިއްސާކޮށްލި، ބިދޭސީއެއްގެ ވާހަކައެވެ.
އެ ޒުވާނާ ބުނެފައިވާގޮތުގައި، މިކަން ދިމާވީ ރޭގެ ވަގުތެއްގައެވެ. އޭނާ ދިޔައީ އިތުރު ދެ ރަހުމަތްތެރިންނާއެކު، މީހަކާއި ބައްދަލު ކޮށްލުމަށް ކޮފީއަކަށެވެ. އޭނާ ބުނެފައިވާގޮތުގައި، އޭނާ ހުރީ ވަރަށް އަވަސް އަރުވައިލައިގެންނެވެ. އަދި އޭނާ ސައިކަލު ޕާކް ކުރަން ނެގި ވަގުތާއެކު ދިޔައީ ސައިކަލު ލޮކް ނުކޮށް ކަމަށް އޭނާ ބުންޏެވެ.
"އަހަރެން އެ ކޮފީގައި ގާތްގަނޑަކަށް 30 އާއި 45 މިނިޓާއި ދެމެދުގެ ވަގުތެއް ނެގި، އަހަރެން ބޭރަށް ނުކުމެ ބަލާލިއިރު، އަހަރެންގެ ސައިކަލު މަތީގައި ފިރިހެނަކު އިން އެއްވެސް ކަމެއް ނުކޮށް، އަހަރެން އޭނާ ކައިރިން، ސައިކަލު މަތިން ފައިބަން އަންގަން އުޅުނުތަނުން، އޭނާ އަހަރެން ކައިރިން އެހި އެއީ އަހަރެންގެ ސައިކަލެއް ތޯ ނުވަތަ ނޫންތޯ". އެ ޒުވާނާ ފޭސްބުކްގައި ލިޔުނެވެ.
"މި ސައިކަލު ލޮކް ނުކުރަނީނުން، އެހެންވީމަ އަހަރެންނަށް ފެނުނީނަ އިންނަނީ ބޭބެ އަންނަންދެން". ބަންގްލަދަޝްއަށް ނިސްބަތްވާ އެ މީހާ ބުނި ކަމަށް އެ ޒުވާނާ ފޭސްބުކްގައި ލިޔުނެވެ.
އެ ޒުވާނާ ބުނީ، އޭނާއަށް ސައިކަލު ލޮކް ނުކޮށް ދެވުނު ކަން އެނގުނީ އެއިރު ކަމަށެވެ. އަދި ބަންގްލަދޭޝް މީހާ ކުރި ކަމަކީ އޭނާގެ ސައިކަލު ގާޑު ކުރުން ކަމަށް އެ ޒުވާނާ ބުންޏެވެ.
"އޭނާ ހުރިހާ ކަމެއް ދޫކޮށްލާފައި، އެ ހުރީ ނުވެސް ދަންނަ މީހެއްގެ ސައިކަލު ގާޑު ކުރަން، އަދި އޭނާއަކީ ބަންގްލަދޭޝް މީހެއް".
އެ ޒުވާނާ ވަނީ، އެ ބަންގްލަދޭޝް މީހާއަށް ފަށްފަށުން ޝުކުރު އަދާ ކޮށްފައެވެ. އަދި އޭނާ ވަނީ މިއީ އިންސާނިއްޔަތުކަން ނޫން ވަކި ކޮން އެއްޗެއްތޯ ސުވާލު ކޮށްފައެވެ.
"އޭނާއަކަށް އަހަރެންނެއް ނޭނގެ، އޭނާއަކީ އެހެން ގައުމަކަށް ނިސްބަތްވާ މީހެއް، އޭނާ ކޮށްދިން ކަންތައްތަކަށް އަހަރެންނަށް ބަދަލުގައި އެއްޗެއް ދެވޭނެކަން ނޫނީ ނުދެވޭނެ ކަމެއްވެސް އޭނާއަށް ނޭނގޭނެ، މިއީ އިންސާނިއްޔަތުކަމަށް ނުވަންޏާ ދެން ކޮން ކަމެއް؟. އެކަމަކު އަހަރެންގެ ސައިކަލުގެ ސެކިއިރުޓީ އަހަރެން އާދެވެންދެން އެ ބެލީ، އޭނާގެ އަމަލުން އަހަރެންގެ ގޮތުން ބަލައިގަނެ، އުފާވި މަންޒަރު ﷲ ދެކެ ދެނެވޮޑިގެންވޭ، އެއީ އެއްވެސް ހާލަތެއްގައި އަހަރެންގެ ފަރުވާ ކުޑަކަމުން 60،000 ރުފިޔާގެ އަގުހުރި މުދަލެއް ނުގެއްލި ސަލާމަތް ވެގެނެއް ނޫން، އެކަމަކު އަހަރުމެންގެ މި މުޖުތަމައު އެންމެ ގިނަ މީހުން ކުށްވެރިކޮށް އުޅޭ ނަސްލެއްގެ މީހަކު އަހަރެމެންނަށް ވުރެ ބޮޑަށް އަހަރެމެންގެ މުދަލަށް އަޅާލީމަ". އެ ޒުވާނާގެ ސައިކަލު ވަގުގުންގެ ކިބައިން ސަލާމަތް ކޮށްދިނުމުން ލިޔުނު ސްޓޭޓަސް ނިންމާލަމުން ލިޔެފައި ވެއެވެ.
މީގެ ކުރިންވެސް މިފަދަ އެތައް ހާދިސާއެއް ވަނީ ހިނގާފައެވެ. އަދި އެތައް ބައެއްގެ ސަމާލުކަމާއި ލޯބި ބިދޭސީންނަށް ލިބިގެން ގޮސްފައި ވެއެވެ.
ސައިކަލުތައް ވަގަށް ނަގައި ވިއްކަމުންދާ ޒަމާނެއްގައި އެ ޒުވާނާ އެ ބިދޭސީ މީހާއަށް ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާ ކޮށްފިއެވެ. އެ ޒުވާނާގެ ސައިކަލު ހިމާޔަތް ކުރީތީއެވެ.
ޢެސޮރުގެ ފޮޓޯއެއްވެސް ނުނަގަންތަ؟ ހާދަ ރަނގަޅު މީހެކޭ ތިބިދޭސީ މިހާޔަކީ..
ތިވާނީ ތި ސައިކަލުން ވައްކަން ކުރާން އައި ބަންގާޅީއަކައް.
އަސްލު ބަންގާޅިންގެ ހަގީގަތެއް ނެންގޭނެ
އަނެއްކާ އަނެއް މަކަރެއް ބަންގާޅީން މިޖަހަނީ. ލާރި ހޯދާން.
ބަންގާޅީންނޭ ނުކިޔާ އެއީމިތާންގައުޅުއްވާ ބަންގާޅު ބޭފުޅުން އެބޭފުޅުންނައް މަގުަތީ މާސްކުނާޅާވެސް އުޅުއްވޭނެ އެވަރައް އިސްތިސްނާ ބައެއް އެއީ މީހަކައްނުވެސް ފެންނާނެ ފެނުނަސް އެއްޗެއްބުނާކައްވެސް ނުކެރޭނެ
ހަމަ ރަގަޅައް ތި ބުނީ ބަންގާޅިން ނެއް ނޫން ބަންގާޅު ބޭފުޅުން.
ޜާއްޖޭގެ ދެވަނައާބާދީ މިނޫންގައުމެއްގަ އެގައުމުގެ ޒުވާންއާބާދީއައްވުރެ ބޭރުމީހުން ގިނަގައުމެއްނެއް ކޮއްމެ ބޭރުމީހަކައް ޑޮލަރުއެކައުންޓެއް ހުޅުވާދީވަ ކޭޝްކާޑެއްދީފަ އެމީހުންގެ ގައުމައްއެކާޑު ފުނުވާގެން ރާއްޖޭގެ ބެންކުތަކުގަ ހުރިޑޮލަރުން ވިޔަފާރިކުރަނީ ކޮވިޑްތެރޭ އޭގެނަތީޖާފެއްނާނެ ގިނަމީހުންތިބީ އެބައެއްގެ ގައުމުގަ
މާމިގިލި މީހާ. މީހަކު ރަގަޅަށް ކަމެއް ކޮށްދިނީމަވެސް ތީތަ ކިޔަން އިނގޭ އެއްޗަކީ. ބިދޭސީއަކަސް ދިވެއްސަކަސް ކޮއްމެއް ގައުމެއްގެ މީހަކަސް ރގަޅު މީހުން އުޅޭ ގޯސް މީހުން އުޅޭ. ރަގަޅު އެއްޗެއް ބުނަން ނޭގެންޔާ އެއްމެ ރަގަޅުވާނީ އެއްޗެއް ނުބުނެ ހުރިއްޔާ. ގިނަ ދިވެހިންގެ އަދިވެސް ޝުކުރުކުރުމުގެ ސިފަ ގައިގަ ހަރެއްނުލާ.
ޕްްލީޒް ރިޕްލައި ޓު މާމިގިލީ. އެނޑު ޑޯންޓު ސޭއި ލައިކު ދެޓު. ހެއި ދިވެހިން އާ ގުޑު ބަޓު ސުޓުޕިޑު ޕީޕަލް. އައި ސުޓޭ އިންް މާލުޑިވުސު ފަރު 9 ޔަރުޒް.
ވަގުންގެ ކިބައިން ސައިކަލު ސަލާމަތްކުރީ ވަގު ބަންގާޅީއެއް.
ބިދޭސީ ބަޔަކު ދިވެއްސެއް މަރާލައިފި. އަނެއްް ދުވަސް: ބިދޭސީއަކު ދިވެއްްސެއްްގެ ސަކަލު ވަގުންްގެ ކިބައިން ސަލާމަތް ކޮއްފި. މިވަނީ ކިހިނެއްް؟