ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ކައިވެނި ކުރައްވައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައްލެ ކައިވެނި ކުރެއްވީ އޭނާގެ ޕާސަނަލް އެސިސްޓެންޓަކަށް ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި މަރިޔަމް ޝާނާ ކިޔާ ބޭކަނބަލަކާއިއެވެ. އަދިވެސް ޝާނާ އުޅުއްވަނީ ސައްލެއްގެ ޕާސަނަލް ސެކްރެޓަރީ އަކަށެވެ. ސައްލެ ކައިވެނި ކުރެއްވީ ސެޕްޓެމްބަރ މަހު 09 ވަނަ ދުވަހު ގޭގައެވެ. ކައިވެނި ކުރެއްވީ އޮންލައިންކޮށެވެ.

ސައްލެ މީގެ ކުރިން ވެސް ކައިވެންޏެއް ކުރައްވާފައި ވެއެވެ. އެކައިވެންޏަށް ދަރިއަކު ވެސް ލިބިފައި ވެއެވެ. "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައްލެ ކުރިން ކުރެއްވި ކައިވެނި ރޫޅުނީ މިދިޔަ އަހަރު އޭޕްރީލް މަހުއެވެ.

މިއީ ޝާނާގެ ތިން ވަނަ ކައިވެނި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އޭނާގެ ވެސް ދިހަ އަހަރުގެ ފިރިހެން ކުއްޖަކު އެބަހުއްޓެވެ.

ޝާނާ ފުރަތަމަ ކައިވެނި ކުރީ 2009 ވަނަ އަހަރުއެވެ. އެކައިވެނި ރޫޅުނީ 2015 ވަނަ އަހަރުގެ ނޮވެމްބަރ މަހުއެވެ. ދެވަނަ ކައިވެންޏެއް އޭނާ ކުރީ 2016 ވަނަ އަހަރުގެ ޖަނަވަރީގައެވެ. އެކައިވެނި ވަނީ އެއްމަހާއި 26 ދުވަސް ފަހުން ރޫޅިފައެވެ.

ކުރީގެ ކައިވެނި ރޫޅުނުތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ސައްލެ ކައިވެނި ކުރެއްވި ޝާނާ ނިސްބަތްވަނީ މާލެ އަށެވެ.

ސައްލެ އަކީ "ރާއްޖެ ޓީވީ" ގެ މެނޭޖިން ޑިރެކްޓަރެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. Anonymous

    މަ މީހަކާ އިންނަ ދުވަހަކުން ނޫހުގަ ޖަހާލަދެއްޗޭ

    246
    7
    • ނަކް

      ހައްހާހައްހާ ދޯ؟ މީހަކު ހަމަ ޕަރސަނަލްކަމެއް ކުރިޔަސް މި ދިވެހިންނަށް ހާއްސަކޮށް ނޫސްވެރިންނަށް މިއަރާ ވަރުތަކެއްދޯ؟؟

      90
      9
      • ޛިވެއްސެއް

        6 ލައްކަ ރުފިޔާ ރަނައް ދެވޭނެނަމަ ނޫހުގަ ޖަހާނެ..😁😁😁

    • މިއަދު

      ޔަގީންނު...... އަންގާލައްޗޭ😂😂😂😂😂

      59
      2
  2. ލޫޓުވާ

    ސައްލެ އަކީ "ރާއްޖެ ޓީވީ" ގެ މެނޭޖިން ޑިރެކްޓަރެވެ. މިއީ ޙަޤީޤަތެއްބާ؟ މެމްބަރުކަމުގެ މަގާމް ނުގެއްލޭނެތޯ؟؟؟ އެމްޑީޕީ މެމްބަރުން ޤާނޫނަށްވުރެ މަތިވާނެތާ

    89
    9
    • ނިކް

      ކުރީގަ.. އަކުރަމު ފިލައިގެން ދިޔައީމަ ސައްލެ.. މިހާރު ޝެއަރ ބަދަލުކޮށްފަކަމަށްވަނީ މެންބަރުކަމަށްލީ.. އެހެން ނޫނަސް އަމިއްލަ ވިޔަފާރިއެއް ކުރުމަކުން މެންބަރުކަމެއް ނުގެއްލޭނެ

      11
      3
    • ސިނޯ

      ވރަނގަޅު ނު ކުތާއެއް

  3. ޒަމީން

    ސައްލޭ ކަލެޔަކައް އަދި ކަމެއް ނުކުރެވޭ.. ބަލާބަލަ އަހަރެމެންގެ ބުރުމާ ސޭޓު..

    81
    3
  4. ޝާނާ

    ދެމަފިރިން ދޭތެރެއަށް އެންމެ ފަހުން ޕާރސަނަލް ސެކްރެޓަރީ ވަދެ ނިންމާލީ ދޯ

    103
    5
    • ލާމު

      މީގަ އެބައޮތް އަނެއްކޮޅުވެސް. ދެމަފިރިން ދޭތެރެއަށް ސައްލެ ވަދެ ކައިވެނި ރޫޅުވާފައި އަހަރެއްގެ ފަހުން އަންހެންމީހާއާ ކައިވެނިކުރީ.

      27
      1
  5. ކެނެޑީ

    މަބުނީ ޒާތީވާހަކަތައް މިގޮތަށް ލިޔުން ހަޑިދޯ އަހަރުމެން އެންމެންގެ އަމިއްލަ ހާލު ނިކަން ވިސްނާލަބަލަ

    84
    7
  6. ޢަބުދުﷲ

    ÷ޕަރސަނަލް އެސިސްޓަންޓާއި ރައްޓެހިނުވެ އެފަފަ ވާހަކައެއް ނުދެކެވި ސީދާ ކައިވެނި
    ޖެންޑަރ އިން މިމައްސަލަ ކީއްވެތޯ ނުބަލަންވީ
    ޢާްއްމު މީހާ އާއި ސިޔާސީ ނުފޫޒު ގެ ތަފާތު

    45
    4
    • ޒީކު

      ޖެންޑައިން ބަލަން އެއީ ކުޑަކުއްޖެއްތޯ؟ ނޫނީ ގެވެށި އަނިޔާއެއް ރިޕޯޓުކޮށްފަ އޮތީތޯ؟؟މީހުންގެ އަމިއްލަކަންތަކާ އަމިއްލަ ވިޔަފާރިތަކުގެ މައްޗަށް ޖެންޑާގެ ދައުރެއް އޮންނަކަމެއް ނުދެނަހުރިން

      20
      1
  7. އައިޝާ

    މަރުހަބާ!

    35
    2
  8. ކުޑަހުސޭނު

    ބޮޑު ބޯކިބާ ގަނޑެއް

    54
    4
    • ލިޒް ޓެއިލަރ

      އެއީ ކީއްވެ؟ މަސްވެރިއަކަށް ނުވަތަ ފުޓްބޯޅަކުޅުން ތެރިއަކަށް ނުވީމަތަ؟

  9. ފާތުމަ.

    ކުރިންވެސް އިނީ މާލޭ މީގަކާ.މާލޭ މީގަކާ އިނދެވުނީނާ ދެން އެނިމުނީ.

    46
    8
    • އާޝޯޙު

      ކުރިން އިނދެގެން އުޅުނީ ކުޑަހުވަދޫ މީހަކާ

      26
    • ދިދަ ދަނޑި

      ތިޔާ ބުނީ ހެޔޮކޮށް.. ރަށް ރަށުން އައިސް މާލެ ފުންމާލާ ގޮތަށް ކޮންމެ މީހަކުވެސް ބަލަނީ ދެމަފިރިން ދޭތެރެއަށް ވަދެ ހާޖާނު ހަދައިގެންވެސް މާލޭ މީހަކާ އިނދެވޭތޯ..

      15
      22
  10. ކެނެރީގެ ވަގު

    މި މީހުން ކާރިއަށް ހެޔޮނުވާނެ އަންހެން މުއައްޒަފުންލާން. ފައިސާގެ ދަޅަދައްކައިގެން އަތު އަޅުވާނެ.

    56
    5
  11. ކޮތަރު

    2015 ގެ ނޮވެމްބަރ މަހު ކާވެނި ރޫޅުނު އަންހެނަކު 2016 ގެ ޖެނުއަރީ މަހު އެހެން ކާވެންޏެއް ކުރީ މިހާރު ޢިއްދައިގެ މުއްދަތެއްވެސް ނޯވޭތަ؟

    68
    2
    • ކާޅު

      ކޮތަރަށް ހާދަ އެއޗެއް ނޭގެޔޭދޯ؟ ނޮވެމްބަރމަހު 1ވަނަދުވަހު ވަރިކޮށްފިނަމަ ޖެނުއަރީ29ށް އިއްދަ ހަމަވާނެ. އިއްދަ ބަލަނީ ހިޖުރީ މަހުން.

      16
  12. ޖުލައި

    ސައްލެގެ ކޮއްކޮ، ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް މަހްމޫދު ސަލީމު ވެސް ހުންނެވީ ހުހަށް. އަލަށް ވެސް ކައިވެނި ނުކުރާ ކަމަށް މައުލޫމާތު ލިބޭ.

    39
  13. ސާބަސް

    މީކާކަށް އަންގަން ކުރި ޚަބަރެއްބާ؟

    38
    1
    • އައްސަރިބަސް

      ކަލެއަށް އަންގަން...

      10
      2
  14. ޓޯޕީ

    މިފަހަރު މަޖިލިސް މެމްބަރުން ޗުއްޓީގައި އޮތީ މިކުޅިވަރުތަ؟

    50
    • ސްޓޯކްޑް

      އާދެ އާދެ މަޖްލިސް މެމްބަރުން ކައިވެނިކުރާ މޫސުން ފެށިފަ މިއޮތީ، ދިވެހީންނަށް އަންނާނެ ތަފާތު މޫސުން އަބަދުވެސް

      62
  15. އަލިބެ

    ސަލީމުގެ ވިޔަފާރިތަކުން މީނަ ވައްކަންކުރި.

    17
    3
  16. ނޫނީ

    ޜުހޭނަމަ "އޮފީސް ލޯބި"، ނުވާނަމަ "ޖިންސީ ފުރައްސާރަ"

    49
    1
  17. ބުއްޅަބޭ

    ކައިވެނި ކޮށްގެން ކުރާކަމެއް ކުރަންވީ.
    ފަށްކަނޑައިދޭން ، ކައިވެންޏެއްކޮށް ރީތި ދިރިއުޅުމެއްގެ މަގުސަދުގައި ނޫނީ ކައުވެނި ކުރުމަކީ ރަނގަޅު ކަމެއްނޫން.ĺ

    24
    1
  18. ސުހައިލް

    މަރުޙަބަާ

    12
    1
  19. ނ

    ކައިވެނި ކުރިއަސް އެކުގައި ދެމީހުން ފެނުނުން އޮތީ ދުރުގާ ކުރިންވެސް ވީ އެހެން ނަމެއްގާ އުޅުނީ....ފާތުން ނަކީ ރަނގަޅު ކުއްޖެއް

    17
    1
  20. އ. ޖ. އ

    ކުދިންްނޭ، ރަށު ކުފިންނޭ، ރައްޔިތުންނޭ ހިނގާށޭ...

    ސޭބޯން

    12
    2
  21. އިންސާނާ

    ތިޔައީ މަބުރެއްނު

    14
    1
  22. ކަމަނަ

    ކިތަންމެ އުފަލުގައި އުޅޭއާއިލާއެއް ހަލާކުކޮށްލަން މިޒަމާނުކުދިން ލަދެއް ނުގަންނާނެ ފައިސާއޯކޭ

    14
  23. މުހަންމަދު

    މުސްކުޅިން ބުނަނީ "ނަރުނުވަންނަ ދޭތެރެއަށްވެސް ނަގުދު ވަންނާނޭ."

    12
  24. ޅަބޭ

    ކައިވެނިއެކުރީ ސައްލެގެ ވޮލެޓާ. ކައިވެންޏައްވާނީ އަހަރެއް.

    10
    1
  25. ނަންނަ

    މިހާރު ހަމަޕާސަނަލްވީ މިސަރުކާރުވީމަތަ އެެެެެެެެެެހެެްޔާ ހެޔޮ ކިތައްމެވާހަކައެއް މީގެކުރީގަ މީހުންގެ އަބުރުކަތިލިކަމުގައިވިއަސް މީހުންގެ ޒާތީކައްތަކާބެހުނުކަމުގަވިއަސް ދޯ

    6
    1
  26. ހަހުރަ

    މިވަރު މީހަކާ އިނީމަ ކިހާވަރަކުން ދާނެބާއޭ މަ ހިތަށް އަރަނީ؟؟؟