ބޭނުންވާ ތަކެތި:

75 ގުރާމު މެކަރޯނީ ނުވަތަ ޕާސްތާ

1 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ

1 މެދުމިންވަރެއްގެ ފިޔާ (ކޮށާފައި)

4 ލޮނުމެދު (ރަނގަޅަށް ކޮށާފައި)

180 ގުރާމު ފެހި މުގު

6 ޖޯޑު ފެން

3 ޗިކަން ކިއުބު

1 ޖޮޑު ކޮތަނބިރި ފަތް (ކޮށާފައި)

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ، 10 މިނެޓު ވަންދެން މެކަރޯނީ ފެނު ކައްކާށެވެ. ފެނު ކައްކާ ފެން ފޮދުގެ ތެރެއަށް ލޮނުކޮޅެއް އަޅަން ވާނެއެވެ.

ދެން، ތެއްޔެއްގެ ތެރޭގައި ޒައިތޫނި ތެޔޮފޮދު ހޫނުކުރާށެވެ. އަދި، އެއަށްފަހު ފިޔައާއި ލޮނުމެދު އަޅާ ރަތްކުރަން ފަށާށެވެ. އޭގެފަހުން، ފެނާއި ފެހި މުގުކޮޅު އަދި ޗިކަން ކިއުބު އެޅުމަށްފަހު ކައްކަން ފަށާށެވެ. މިގޮތަށް، 45 މިނެޓު ވަންދެން، މަޑު ގިނީގައި ކައްކަން ވާނެއެވެ.

އެއަށްފަހު، މެކަރޯނީ ކޮޅާއި ކޮތަނބިރި ފަތްކޮޅު ތެލި ތެރެއަށް އެޅުމަށްފަހު، ފަސް މިނެޓު ވަންދެން ރަނގަޅަށް ހާކާލާށެވެ.