ރާއްޖޭގައި މޭކަޕާއެކު، ފެޝަން ޑިޒައިނިން ކުރިއަރުވަން އުޅޭ މޭކަޕް އާޓިސްޓުންގެ ގޮތުގައި ފާހަގަކޮށްލެވޭ އެއް ނަމަކީ އދ.ހަންޏާމީދޫއަށް ނިސްބަތްވާ ނަދާ އާދަމް އެވެ. މޭކަޕްގެ ދާއިރާގައި ރާއްޖޭގައި ނަން ވިދާލެވޭ ނަދާއަކީ، ދިވެހި މޮޑެލުންގެ ތެރޭގައި އާ ނަމެއް ނޫނެވެ. އަބަދުވެސް މޭކަޕަށް ޝައުގުވެރިކަން ހުންނަ ނަދާ، މިހާރު އިންސްޓަގްރާމްގައި ތަފާތު ކޮށް ހެދުން ފަރުމާކޮށް، ތަފާތު އެބަ ދައްކައެވެ. އޭނާގެ މަސައްކަތް ފެންނަ ޝޫޓަކަށްފަހު، ޝޫޓެއް ނަގަމުން އެ ދަނީ ކޮންމެވެސް އާ ވައްތަރެއްގެ ހެދުމެއް އާއްމުންނަށް ދައްކަމުންނެވެ. ތަފާތު ހެދުމެކެވެ. ބުރަބޮޑު މަސައްކަތެކެވެ.

ނަދާ ބުނިގޮތުގައި، އޭނާއަކީ ކުރިންވެސް ފެހުމަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. ފެހުމުގެ މަސައްކަތުގެ ފެށުން ގުޅިފައި އޮތީ އޭނާގެ މަންމަ އާއިއެވެ. ނަދާ ފަހަން ދަސްކުރީ މަންމަ ކައިރިންނެވެ.

"ކުޑައިރު ވަރަށް ބުދު އެއްޗެހި ހިފައިގެން، އެއަށް އެއްޗެހި ފަހާ ހަދަން. މަންމައަކީ ފަހާ މީހެއް ވީމަ ކަންނޭނގެ އަސްލު،" ނަދާ ބުންޏެވެ.

ނަދާ ޑިޒައިނިންއަށް ނުކުމެފައި ވަނީ، މި ދާއިރާގައި ތަފާތު އާކަންކަން ހާސިލްކުރުމަށެވެ.

"ގިނަ ފަހަރަށް މީހުން ފޮތިންތާ ގިނަ އެއްޗެހި ހަދާފައި މި ނެރެނީ، އަޅުގަނޑު އަސްލު ބޭނުންވަނީ، އަސްލު ބޭނުން ނުކުރާ ކަހަލަ އެއްޗެހި ބޭނުންކޮށްގެން ހެދުން ތައްޔާރުކުރަން" ނަދާ ބުންޏެވެ.

ނަދާ ބުނީ، އެފަދަ ހެދުމެއް ޑިޒައިން ކުރުމަށް އޭނާ ފުރަތަމަ ފޮތި ގަނެ، ބޭނުންވާ ޑިޒައިންއަކާއި، ޝޭޕަކަށް ފަހަނީ ކަމަށެވެ. އަދި އެއަށްފަހު އޭނާ ބޭނުންވާ ގޮތަކަށް އެ ހެދުން ފަރުމާ ކުރަނީ ކަމަށް ނަދާ ބުންޏެވެ. އޭނާ މިގޮތަށް އާ މަސައްކަތެއް ދައްކާލާއިރު ފުރަތަމަ އިހްތިޔާރު ކުރަނީ ހެދުމެވެ. އަދި އެއަށްފަހު މޮޑެލްއަށް އެ ކޮންސެޕްޓާއި ހުރިހާ އެއްޗެއް ކިޔާ ދެއެެވެ.

އެގޮތުން މި ލިޔުމުގައި ނަދާއަށް އެންމެ ފާހަގަކޮށްލެވޭ އޭނާގެ ޑިޒައިނިންގއާއި މޭކަޕްގެ ފަސް ޝޫޓެއްގެ ދައްކާލާނަމެވެ.

1- ފިލްމީ ތަރި އާޝާގެ ޝޫޓް

މި ފޮޓޯ ޝޫޓަކީ މަޝްހޫރު ފޮޓޯގްރާފާ އަހުމަދު ސުނީ އާއެކު ނަދާ ކޮށްފައިވާ މަސައްކަތް ފެންނަ ޝޫޓެކެވެ. އާޝާގެ މި ހެދުން ޑިޒައިންކޮށް ގިނަ ބައެއްގެ ސަމާލުކަން ނަދާ ހޯދިއެވެ. ނަދާގެ ނަޒަރުގައި މި ހެދުން ތައްޔާރުކުރުން މާ ބުރަ މަސައްކަތަކަށް ނުވިޔަސް، ޔަގީނުންވެސް ހެދުން ތަފާތެެވެ. އަދި ހެދުމުގެ ކުލަވެސް ތަފާތެވެ.

ނަދާ ބުނީ، އާޝާގެ އެ ހެދުމަކީ ފޮތިން ހެދުމެއް ތައްޔާރުކޮށްލުމުގެ ނިޔަތުގައި ފެހި ހެދުމެއް ކަމަށެެވެ.

ނަދާ ބުނީ، އޭނާ ބޭނުންވީ ވަަރަށް ބޮޑަށް ފުއްޕާފައި އިންނަ ތަފާތު ހެދުމެެއް ޑިޒައިންކޮށްލުމަށް ކަމަށެވެ. އަދި މީގެ ކޮންސެޕްޓަކަށް އައިސްފައި ވަނީ ދިޕިކާ ގާލާ އިވެންޓެއްގައި ލާފައިވާ ފިޔާތޮށި ހެެދުމެވެ.

"އެ ބަލާލާފައި އަހަރެން ބޭނުންވީ، އެގޮތަށް ފުއްޕިފައި އިންނަ ގޮތަށް، ސީދާ އެގްޒޭކްޓް އޭތި ނޫންނަސް ނެރެން، ހަމަ 20 ވަރަކަށް މުށް ނެޓްފޮތި ގަނެގެން، ފަހާފޮތިން ރޫ ޖައްސާފައި އެއީ"

ނަދާ ބުނީ، އެ ހެދުން ތައްޔާރުކުރަން ހޭދަވީއެއް ދުވަސް ކަމަށެވެ.

ނަދާ އިންސްޓަގްރާމް ކުރި އެ ފޮޓޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައި ވެއެވެ.

2- މޮޑެލް އަފާއާއެކު ނަދާގެ އެންމެ ތަފާތު އެއް މަސައްކަތް

މިއީ ނަދާ ރާއްޖޭގެ އެންމެ ކުޅަދާނަ އަންހެން ފޮޓޯގްރާފާ ރައުއާއެކު ކޮށްފައިވާ މަސައްކަތެކެވެ. ނަދާ، އަފާއަށް ހާއްސަކޮށް، ތައްޔާރުކުރި އެ ހެދުމަކީ ބުރަބޮޑު މަސައްކަތެވެ. އެތައް ސަތޭކަ އާޓިފިޝަލް ފިނިފެންމާ ގަނެގެން، ފަތްތައް ނައްޓައިގެން ތަތްކޮށްގެން ހަދާފައިވާ ހެދުމެކެވެ. އެއީ ބުރަ މަސައްކަތެއްކަން ނަދާ ފާހަގަކުރެއެވެ. އެ މަސައްކަތުގައި އޭނާގެ ރަހުމަތްތެރިންވެސް ވަނީ ބައިވެރިވެފައެވެ.

"ރައުގެ އެެދުމުގެމަތިން ޖެއްސި ޝޫޓެއް އެއީ، އެއިރު ވެލެންޓައިންސް ޑޭ ވަރަށް ކައިރިވެފައި އިނީ، ދެން އަަހަރެން ހިތައް އެރީ ވެލެންޓައިންސް ޑޭއާ އެންމެ ގުޅޭނީ ރެޑް ރޯސް އިން ކޮންމެވެސް އެއްޗެއް ހެދީމައޭ، އެގޮތަށް ހިތައް އަރާފައި ޕްލާސްޓިކް މާތަކެއް ގަތީ ފިހާރައަށް ގޮސް، ގަތިން ވަރަށް ބައިވަރު، ދެން އެ މަލުގެ ހުރި ފިޔަތައް، ވަކިކޮށްފައި، ކޮންމެ ފިޔައެއް އެ ހުރީ ހެދުމުގައި ގްލޫ ލައިގެން ތަތްކޮށްފައި"

ނަދާ ބުނީ، އެ ހެދުމުގައި 2000 އަށްވުރެ ގިނަ ފިޔަ ތަތްކޮށްފައި ހުންނާނެ ކަމަށެވެ.

ނަދާ ބުނިގޮތުގައި، އެ މަސައްކަތަށް ގާތްގަނޑަކަށް ދެ ދުވަސް ހޭދަވިއެވެ. މިއީ އޭނާގެ ފިރިމީހާ އާއި، އޭނާގެ ގާތް ރަހުމަތްތެރިންގެ އެހީގައި ކުރި މަސައްކަތެކެވެ. އޭނާ ބުނޮތުގައި، ރައު ނެގި އެ މޮޑެލްއަށް އޭނާ ދިން ހިޔާލުތަކަށް ރައުވެސް ވަރަށް ގަޔާވިކަމަށެވެ.

3- މޮޑެލް ޖުވޭ، މިވެސް ތަފާތު!

މޮޑެލް ޖުވޭގެ ތަފާތު ހެދުމެއް ޑިޒައިންކޮށްލި އެކަކަށް ނަދާ ވާނެއެވެ. ޖުވޭ އެހުރީ ސީދާ ވަލު ރާނީ އަށް ހަދާފައެވެ. އެހާވެސް ޖުވޭ ރީތިކޮށްލާފައި އެ ހުރީ މާލޭގެ މަގުމަތިން ނަދާ އަށް ފެނުނު ނިކަ ގަހުގައި އެލިފައި ހުންނަ މޫތަކުންނެވެ. އެ ހެދުން ނަދާ ވަރަށް ޗާލުކޮށް ޑިޒައިންކޮށްލާފައިވާއިރު، ސުނީގެ މޮޅު ފޮޓޯތަކުން ހެދުމުގެ ފުރިހަމަކަން ވަރަށް ރީއްޗަށް ފެނިގެން ދެއެވެ.

"މަގުމަތިން ދާއިރު، ނިކަ ގަހުގައި އެލިފައި ހުންނަ އެ މޫތައް ފެންނަނީ، އެ ގަސް ހަމަ ފެންނައިރަށް ހިޔާލަށް އަންނަނީ، މީތި މިހެން އެލިފައި އިންނަންޏާ ހެދުމެއް ހެދީމަ ރީއްްޗަށް އިންނާނެދޯއޭ،" ނަދާ ކިޔާދިނެވެ.

ނަދާ ބުނީ، އެ ހެދުން ތައްޔާރުކުރަން ހޭދަވީ އެންމެ ދުވަހެއް ކަމަށެވެ. އެއް ރޭ ނުނިދާ މަސައްކަތްކޮށް، ފަތިހު ޝޫޓް ޖެއްސީ ކަމަށް ނަދާ ބުންޏެވެ.

"މާ ގިނަ ދުވަހަށް މީތި ނުއެއް ބޭންދޭނެއް އެއްނުން، މާބޮޑަށް ހަރުވެ ގޮތްގޮތް ވާނެތީ، އެ ދުވަހު ހަވީރު ގެނައީ، އެރޭ ނުނިދާ އިނދެފައި ފަތިހު ޝޫޓް ޖެއްސީ" ނަދާ ބުންޏެވެ.

4- މޮޑެލް ލަޔާ، ލ. އަތޮޅުގައި ނެގި ޝޫޓެެއް

މިއީ ނަދާ ލ. އަތޮޅަށް ނަރސިންގ ކޮމިއުނިޓީ ދަތުރުގައި ގޮސް ހުއްޓާ، ނަގާފައިވާ ޝޫޓެކެވެ. ކުޅަދާނަ ފޮޓޯގްރާފާ ސާލިހާއެކު ނަދާގެ ޑިޒައިން އެވެ.

"އެ ދުވަސްކޮޅު ފޫހިވާތީ އަހަރެން ޖެހީ އިންސްޓަގްރާމްގައި، އެއްވެސް ފޮޓޯގްފާރާއެއް މޮޑެލްއެއް އެބަހުރިހެއްޔޭ ކޮލެބް ވޯކްއެއް ކުރާނެ، ޖެހީމަ އެ ފޮޓޯގްރާފާ މެސެޖް ކުރީ"

ނަދާ ބުނީ، އެ ކޮންސެޕްޓަކީ އޭނާގެ ހިޔާލެއް ކަމަަށާއި، އޭނާ ބޭނުންވީ ފަތުން ޖަންގަލް ތީމެއް ކަހަލަ ގޮތަކަށް ޝޫޓް ކުރިއަށްގެންދަން ކަމަށެވެ. އެ މަސައްކަތަށް ނަދާ ވަނީ ލ. ލިންކް ރޯޑްގައި އެކި ކަހަލަ ފަތްތައް ބަލަން ދުއްވާފައެވެ. އެގޮތަށް ދިޔަ ދުވަހެއްގައި ފިތުރޯނު ގަސްތައް ފެނިގެން، އެޚިޔާލު އޭނާ އަށް ލިބުނެވެ.

"ބޮޑު ރިސްކެއް ނެގީ، އޭގެ އެއް ދުވަސް ކުރިން ހެދުން ފަހާފަައި މޮޑެލް ލަޔާއަށް ހެޔޮ ވަރުތޯ ބެލުވިން. ދެން އަނެއް ދުވަހު ފަތިހު އެކޮޅުގައި އުޅޭ ރައްޓެެހިންނާއި، ކޯސްގައި ދިޔަ ރަހުމަތްތެރިންނާއެކު ވަރަށް ބައިވަރު ފިތުރޯނު ގަސްތަކުގެ ފަތްތައް ބިނީ ބިދެގެން ގެއަށް ގޮސް އެ އެއްޗެހި އެ ހުރީ ގްލޫ އިން ތަތްކޮށްފައި" ނަދާ ބުންޏެވެ.

އެ މަސައްކަތް އޭނާ އެ ދުވަހު ނިންމާލިއިރު، އެކަމަށް މުޅި ދުވަސް ހޭދަ ވިއެވެ. އަދި އެ ދުވަހު ޝޫޓް އޮތީ ހަވީރު އެވެ. ނަދާ ބުނާގޮތުގައި، އެ ދުވަހު ވާރޭ ވެހުމުން ޝޫޓް ނެގުމުގައިވެސް އުނދަގޫތަކެއް ދިމާވިއެވެ. އިންޑޯ ޝޫޓެއް އެ ދުވަހު ޖެއްސީ ކަމަށާއި، ނަމަވެސް އޭނާ ހިތްހަމަ ޖެހޭ ވަރު ނުވުމުން، އަނެއްކާވެސް ބޭރުގައި ޝޫޓް ޖައްސަން ބޭނުންވީ ކަމަށް ނަދާ ބުންޏެވެ. އަދި އަނެއްކާ އަލުން ކުރި މަސައްކަތް ދެވަނަ ފަހަރަށް ކުރިކަންވެސް އޭނާ ފާހަގަކުރިއެވެ.

ނަދާ ފާހަގަކުރިގޮތުގައި، އެ ހެދުމުގައި 15 ވަރަކަށް ކިލޯ ހުންނާނެ އެވެ.

މޮޑެލް ހުނޫއާއެކު ތަފާތު މަސައްކަތެއް!

މޮޑެލް ހުނޫއާއެކު ނަދާ ކުރި މި މަސައްކަތްވެސް ވަރަށް ތަފާތެވެ. ހެެދުން ތައްޔާރުކޮށްފައި އެ ހުރީ ކަރުދާސް ބޭނުންކޮށްގެންނެވެ.

"އަސްލު އިންނަ ގޮތް ބަލާލަން ބޭނުންވީ، އަހަރެން ހީކުރީ ވަރަށް ހަޑިވާނެ ކަމަށް ޑްރެސް، އެކަމަކު ސަޅި ވަރަށް، އެއީ ޝައިންވާ ކަހަލަތަންކޮޅެއް ހަރު ގަނޑެއް"

ނަދާ ބުނީ، އެ ހެދުމުގައި ތަތްކޮށްފައި ވަނީ އެ ކަރުދާސް ކަަމަށާއި، އެއިން ބޮޅު ކަފާ ވަކި ވަކިން ތަތް ކުރީ ކަމަށެވެ.

"ކޮންމެ ބޮޅެއް އެހެރީ ވަކިން އޯވަލްކޮށް ކަފާފައި، ހެދުމެއް ހުނޫއަށް ފެހީ، ފަހާފައި ހުނޫއަށް ފިޓްކޮށްފައި އެ ހުރިހާ އެއްޗެއް ތަތްކޮށްފައި އެ ހުރީ" ނަދާ ބުންޏެވެ.

ނަދާ ބުނިގޮތުގައި، އޭނާއަށް މިކަމުގައި އަބަދުވެސް އެންމެ ބޮޑު އެއްބާރުލުމަކާއި، އެހީތެރިކަމެއް ދެމުން އަންނަ ބަޔަކީ މަންމަ އާއި ބައްޕަ އެވެ. އަދި މިހާރު އެ މަސައްކަތުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބެމުން ދަނީ ފިރިމީހާގެ ފަރާތުން ކަމަށްވެސް ބުންޏެވެ. ފިރިމީހާގެ އެހީތެރިކަމެއް ނުލިބި މިފަދަ މަސައްކަތެއް ނުކުރެވޭނެ ކަަމަށް ނަދާ ބުންޏެވެ.

އަދި މީގެ އިތުރުން، އޭނާ ވަނީ އެ މަސައްކަތުގައި ރަހުމަތްތެރިންނާއި، އާއިލާ މީހުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުންވެސް ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.

މިއީ ނަދާ އަމިއްލަ ހިތްހަމަ ޖެހުމަށް ކުރާ ކަމެކެވެ. އެކަމަށް ބޮޑު ހަރަދެއް ދިޔަ ނަމަވެސް، އޭނާ އެކަން ކުރަމުން ދަނީ ފިރިމީހާގެ ބޮޑު އެހީތެރިކަމެއް ލިބިގެން ކަން ނަދާ ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ޙަހަހަހ

  ނަދާ ވަރެށް ނެށް

  17
  37
 2. Anonymous

  ނަރަކައަށް ވަންނާނެ ދޮރެއް އޮރިޔާން ނިވާނުވާ ހެދުން ފެހުން

  109
  7
  • މީ

   މާތްﷲ ތެދު މަގުދަށްކަވާށި އާމީން. ހިލޭފިރިހެނުންނަށް ފެންނަގޮތަށް އަދި ހުދު ތިމާގެ ފިރިމީހާވެސް ބަލަމުން އެއްބާރުލުން ދީގެން މިކަމުން ކުރާ އަސްލު ފައިދާއަކީ ކޮބާތޯ؟ މިކަން ބޭކާރުނުކޮށް ހަމަ ހެޔޮގޮތުގަވެސް ކުރެވިދާނެ. އާޙިރަތް ނުގެއްލޭނެހެން ބުރަ މަސައްކަތް ކޮށްފިއްޔާ ހަގީގީ ހިއްހަމަޖެހުން ލިބޭނެ

   86
   2
 3. ސޯދު

  ނަދާވަރެއް ހަމަ ނެތް

  13
  57
 4. ސަލަފިއްޔާ

  ތި ބުރަ މަސައްކަތުން ތިކަން ކުރާ މީހާއާއި ކުރެވޭ މީހާއަށް ލިބޭނީ ހުސް ޢަޒާބު ކަމީ އެނގި ކަށަވަރުވެގެންވާ ކަމައް. އެ ގޮތަކީ އަންހެނާގެ ޢައުރަ އެ ވަނީ ކަޝްފުކޮށް ހެދުމުން އިސްރާފުކޮށް ﷲތަޢާލާގެ އަމުރުފުޅަށް އުރެދިފައި.

  90
  5
 5. Anonymous

  ﷲ ގެ އަޒާބައި ކޯފާ އައިސް ތިމާގެ މައްޗަށް ވެރިވެގެންނާނީ ކުއްލިއަކަށް

  59
  2
  • އަލީ

   ﷲ ގެ އަޒާބާއި ކޯފާ ރަނގަޅަށް އުޅޭމީހުންނަށް ލިބެނީ ކީއްވެއޯ؟ އެއި އިމްތިހާނުދޯ؟

   12
   20
   • ހަދީ

    އާ އެއީވެސް އިމްތިހާނު މިހިރަ ބީތާޔާ

    23
    2
   • މީ

    ކަލޭ އަށް ނޭގޭތީތަ ތި އަހަނީ؟

    20
    2
 6. އަލީ

  ރާއްޖޭގެ ދީނީ ނަސޭހަތްދޭ ކުދިންގެ ކަމަކީ ސޯޝަލް މީޑިއާގަ ހުންނަ ނިވާކަންކުޑަ ހެދުންލާފައި ތިބޭ އަންހެން ކުދިންގެ ފޮޓޯ ބަލާފަ އެކުދިންނަށް ނަސޭހަތް ދިނުންތޯ؟ ރީތި އަންހެން ކުދިންނަށް ދީނީ ނަސޭހަތް ދިނުންމީ ހާދަ ކުރާހިތްވާ ކަމެކޭދޯ

  8
  26
 7. އަލީ

  ނަދާ ތިކުރާ މަސައްކަތައް އައްސަރިބަހާ ސާބަސް. ޔުއަރ ކްރިއޭޓިވިޓީ އިޒް މުޅިން އެހެން ލެވެލް އެއް. މިރާއްޖޭގަ މިފަދަ ފަންނުވެރިން ތިބުންމީ ނުހަނު ފަހުރުވެރިވާ ކަމެއް. ދެކެން ބޭނުންވަނީ އަދިވެސް މީގެ އިތުރު މަސައްކަތްތައް ފެނުން

  4
  28
 8. އަލީ

  ދީނީ ނަސޭހަތްދޭ ކުދިން ތަންކޮޅެއް ހަރުދަނާވާން ވެއްޖެ އެއްނު. ރާއްޖޭގަ ފަންނުވެރިން އުފެދުނަ ނުދީ ހުއްޓުވަމަކީ ރަނގަޅުކަމެއް ނޫން

  4
  37
 9. ދަރަނި ދަންތުރަ

  ފައްނުވެރިން އައުރަނިވާ ވާކަހަލަ އުފެއްދުންތަށް އުފައްދަބަލަ މޮޑެލުންނޭ ކިޔާފަ ބަރަހަނާ ވިޔަކަސް ކަމަކުނުދާނެ ގިޔާމަތްދުވަހުވެސް ކަލޭމެން ތިގޮތަށް މޮޑެލްކުރާނަންތަ ؟

  20
  1
  • ހޯސް

   ނޫނޭވާ ކަލޭމެނަށް އެހެދުން ފެންނަނީ ސެލޯފިން ގަނޑެއްހެންތަ. އެދުންވެރި ވިޔަސް ތިދެން ބޮޑުވަރު.

   3
   20
 10. ނަޒާހާ

  ހާދަ ދެރަ އޭ ގައުމު އިންޑިޔާ އަށް ވިއަކާލާބަ.. ޕްލީސް މިހާކު މިކަމާ ވެބަލަ.

  3
  3
 11. ފޭކް

  ތީގެ ހެދުމެއްގެ ބޭނުން ކިތައް ފަހަރު ކުރެވޭނެތޯ؟

  7
  1
 12. ބައްޕަ

  ނަދާ ތިލާކަހަލަ ހެދުން ޑިޒައިން ކުރާ ނަމަ ރނގަޅުވީސް!

  3
  3