ދިވެހިންގެ ތެރޭގައި ކައިޒީން އާންމުންނަށް ތައާރަފްވެގެން ގޮސްފައި ވަނީ މޮޑެލް ކުރުމުގެ ތެރޭގައެވެ. ކައިޒީންއަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މަޝްހޫރު މޮޑެލް ކަމަށް ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެތައް ބައެއްގެ "ހިތްތަކުން" އޭނާ ވަނީ ޖާގަ ހޯދައިފައެވެ. އެކަމަކު، އޭނާގެ ފޭނުން އަބަދުވެސް ބޭނުންވާ އެއް ކަމަކީ ކައިޒީންގެ ފަރާތުން ތަފާތު ހުނަރެކެވެ. އިސްތިހާރުތަކުން ވެސް ކައިޒީން ފެނިއްޖެއެވެ.

އެކަމަކު، ކައިޒީންގެ އާ ހުނަރެއް ބަލަން ބޭނުންވާ އޭނާގެ އެތައް ފޭނުންނެއް އެބަ ތިބިއެވެ. އެމީހުންނަށް ވަނީ އުފާވެރި ޚަބަރެއް ދީފައެވެ.

"އަދިވެސް" ނޫހަށް ދިން އިންޓަވިއުއެއްގައި ލަވައަކުން ނުވަތަ ފިލްމަކުން ފެނިދާނެތޯ ސުވާލު ކުރުމުން ކައިޒީން ބުނީ "ސަޅި އޮފާއެއް" ލިބިއްޖެ ނަމަ، ؛ލަވައަކުން ފެނިދާނެ ކަމަށެވެ. އެކަމަކު، ފިލްމަކުން ފެނިގެން ނުދާނެ ކަމަށް ކައިޒީން ބުންޏެވެ.

ކައިޒީން ބުނި ގޮތުގައި، ހުސް ވަގުތުތަކުގައި އޭނާ ކުރާ ކަމަކީ ޔޫޓިއުބް ބެލުމެވެ. ބޮޑަށް ބިއުޓީ އެންޑް ފެޝަން ރިލޭޓެޑް ވީޑިއޯތައް ބަލާ ކަމަށް ބުންޏެވެ. މިއަދު ގިނަ ބަޔަކު އެންމެ އަޅައިގަންނަނީ ކައިޒީން އިސްތަށިގަނޑު ގެންގުޅޭ ގޮތަށެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ކައިޒީން ބުނީ ސްރީލަންކާ އާއި މާލޭގައި ވެސް ހާއްސަ، ޕާސަނަލް ހެއާ ސްޓައިލިސްޓެއް ހުންނާނެ ކަމަށެވެ.

"އެމީހުން ޓްރީޓްކުރަނީ ކައިގެ އިސްތަށިގަނޑަށް. ވީކްލީ އެމީހުން ކައިރިއަށް ދަނީ. ގޭގައި އަމިއްލައަށް މާބޮޑު ކަމެއް ނުކުރަން. ނެޗުރަލީވެސް ކައިގެ އިސްތަށިގަނޑު ފަންވާނެ. ކުރިން ބްލޮންޑްކޮށް އޮންނައިރު މަހަކު އެއް ފަހަރު ލަންކާގައި ހުންނަ ހެއާ ސްޓައިލިސްޓް ކައިރިއަށް ރީޓަޗިންގ އަދި ޓްރީޓްމަންޓް ނަގަން ދަން،" ކައިޒީން ބުންޏެވެ.

ކައިޒީން ބުނި ގޮތުގައި އޭނާ އަށް އެންމެ ކާތް ހިތްވާ އެއްޗަކީ ޕިއްޒާ އާއި ސަބްމެރީންއެވެ. އަދި އެންމެ މީރު ބުއިމަކީ އެވަކާޑޯ ސްމޫތީއެވެ.

ކައިޒީންއަކީ ވަރަށް ރުޅިގަދަ މީހެއްތޯ ސުވާލު ކުރުމުން އޭނާ ބުނީ "އަސްލު ވަރަށް ރުޅި ގަދަވާނެ" ކަމަށެވެ. އެކަމަކު، އެކަން ތަޖުރިބާ ކުރެވިފައި ހުންނާނީ ވަރަށް މަދު މީހަކަށް ކަމަށް ވެސް ކައިޒީން ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަންނި

    ބޭނުން ކައިއާ މެރީ ކުރަން އެވެސް ދެއަންބައް އޯކޭތަ...؟؟؟

    3
    1
  2. އިބޫ ސާލިހު

    ކައިޒީން އަކީ މުސްލި މެއްތަ..ޒަޔާން އަސްލު ރީއްޗެއް ނޫން.

    54
    4
    • އިބެ

      އަސްލުވެސް

    • ޒި

      ބޮލަށް ތި ހަދާ ގޮތްގޮތް ހަދާފަ ތިހެން މޭކަޕް ކުރީމަ ތިއަށްވުރެ މާ ރީތި ވާނެ ކުދިން ރާއްޖޭގަ އެބަތިބި. ކައިޒީން ވަރަށް ހަޑި. ޖޭ ވަނީކީ ނޫން. ޖަސްޓް ބީންގ އޮނެސްޓް!

  3. Anonymous

    އެޅެނީ އެމީހުން ފިޔަވަޅުމަތީގައި ފިޔަވަޅެއް
    ބެލެނީ ފަރަންޖީ ވައްތަރުތަކާއި ބައްޓަމަށް
    އެދެނީ މީހުންގެ ލޯތަކާއި ސަމާލުކަމަށް
    އުޅެނީ މިކަންކަން ވެވިގެން ފަޚުރަކަށް
    އުފެދޭ ސުވާލު ހިނގޭ މަގާ މެދުގައި
    ކޮންފަދަޔަކުންބާ ދާނީ އާޙިރަތް؟؟

    8
    1
  4. ސާނީ

    މީދެން ކާކުތައް.......؟ ފަސްއިރު ފަސްނަމާދުކުރަންތައް.........؟

    12
    1
  5. ރީނދޫ ކުއްޖާ

    އިބޫ ސާލިހު ނުޖެހޭ ބަލާކައް... އޭނައަކީ މުސްލިމެއްތޯ ކަލޭ ތި ސުވާލުއުފައްދަނީ ކީއްވެ.. އޭނަ ހުރިގޮތުން އެއީ ކާފަރެކޭތަ ތިބުނަނީ؟ ކަލޭމެންދޭބަލަ އަފުގާނިސްތާނައް މިތަން ސީރިޔާއަށް ނުހަދާ

    3
    11
  6. ނަގުލު ފިއްތި

    ލޮލަށް މިރުސް އެޅިފަ ތިބިބަޔަކަށް މީން ރީތިވެގެން މިއުޅެނީ. މީނަގެ އެއްވެސް ފޮޓޯ އަކުން ހިނިތުންވެފަ އިންނަތަން ނުފެނޭ. މޫނު ކުނިކޮށްގެން އަބަދުވެސް. ދަތްޕިލަ ކުޑަކޮށް ދަށްކާލަ ބަލަ

    11
    1
  7. އަހަރެން..

    ކޮންއިރަކު އޯ ނެޗަރަލް ފަން އިސްތަށިގަނޑެއް އޮތީ... އެން މެ ކުޑައިރުވެސް އޮންނަނީ ހަ މަ ރާޅުބާނި އިސްތަށިގަނޑެއް... އާން ދެން ބޯ ހާވައިގެން އަބަދު އުޅެނީ...

    10
    1
  8. ދޮންބޭބެ

    ދުނިޔެ ބަލާ މުސީބާތްތަކާއި އާފާތްތަކާ ކުރިމަތިވެ އެތައްބަޔަކު ރެއާދުވާލެއްގެ މައްޗަށް މަރުވަމުންދާއިރު އަހަރެމެން ސައްސައްތަ މުިސްލިމު ޤައުމުން މި ފަދަ ކައިޒީނުންތައް އުފެދި ދީނާ ދުރުގޮތްތައް ފަތުރައި މާތްﷲ އުޅެން އެންގެވި އިމުން ބޭރުވެ ހަށިގަނޑުގެ ވަނާތައް ހިލޭ ފިރިހެނުންނަށް ދައްކައި އުޅޭއިރު މިއަދު މިކުރިމަތިވި ބޮޑު ރޯގާއަކީ މާތްﷲ ގެ ކޯފާކަން ކައިޒީންމެންކަހަލަ ކުދިން ދަންނަންޖެހެއެވެ. ޅަޒުވާން އުމުރުގައި ދުނިޔެއާ ވަކިވެދަނީ ކިތައްކިތައް ކުދިންހެއްޔެވެ. ކައިޒީނަށްވުރެ މާރީތި ދޮން މަޝްހޫރު ކުދިންވެސް ދުނިޔެ ދޫކޮށްފިއެވެ. އެހެންކަމުން ޤިޔާމަތްދުވަހަށާއި ކަށްވަޅުގެ ޢަޒާބަށް ބިރުވެތިވެ އުޅުން ރަނގަޅުކޮށް އިސްލާމީ ރިވެތި ޖިލްބާނުން ނިވާންކުރަންޖެހޭ މިމންވަރަށް ނިވާކޮށް މައިންބަފައިނަށް ހެޔޮކޮށްހިތައި 5 ވަގުތާއި އަދި އިތުރަށްވެސް ނަމާދުކޮށް އެހެންވެސް ފަރުޟާއި ސުނަތްތަކަށް ރައްކާތެރިވެ އުޅެން ނަޞޭޙަތްތެރިވަމެވެ. ކައިޒީނެވެ. ވިސްނާށެވެ. ފިކުރުކުރާށެވެ. ނޭނގޭނަމަ އެނގޭ ޢިލްމުވެރިންނާ ސުވާލުކުރާށެވެ. ޙަޤީޤީ ހިތްހަމަޖެހުންވެސް ލިބޭނީ މަތިވެރި ﷲ ގެ މަތިން ހަނދުމަކުރުމުންނެވެ. މާތްﷲ ތިބާއަށާއި އަހަރެމެން އެންމެންނަށް އަބަދުވެސް ހެޔޮމަގަށް މަގުދައްކަވައި އީމާންކަން މަތީގާއި މަރުގަންނަވާށިއެވެ.